Maldivian Democratic Party » ހަރަކާތްތައް
mdp_banner

Monday, February 6, 2012

މެންބަރުންގެ ޚިޔާލު: މިހާރުދެން އަޅާނެ ހަރުއެއްޗެއް ނެތެވެ!

ފުނަމާ

މިގައުމަށް ބަޔަކު އިސްލާހީ ބަދަލުތަކެއް ގެނައުމަށް ނުކުތުމުން އެއްކަލަ މައިކަށި ބިންދާ ކަލޭގެ ނުކުމެ އެމީހުންގެ ފަސްފަހަތުން ހިނގާންފެށީ މާސޯލިހު މީހެއް ކަމުގައި ދަށްކައިގެންނެވެ. އެކަމަކު އޭނާގެ އެހުންނަ ވިޔަރި ގަދަކަމަކާއި ތާކުންތާކު ނުޖެހޭ ވިސްނުމުގެ ސަބަބުން އަބަދުވެސް އޭނާއަށް ޖެހުނީ އެއިރުވެސް އެކަހެރިވެގެން އުޅޭށެވެ

[ވިދާޅުވޭ...]

Sunday, February 5, 2012

މި މަހުގެ 17 ވަނަދުވަހު އެމްޑީޕީ އިން ބާއްވާ ސުލްހަވެރި އެއްވުމުގައި ބައިވެރި ވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ އައުމަށް ތައްޔާރު ވަމުން އެބަދޭ

ފަހަލަސަޢީދު

aa-etol-14-07-2010-139-450-x-240

އެމްޑީޕީގެ ޢަދުލު އިންޞާފްގެ ވައުދު ފުއްދުމަށްޓަކާ ފެށި އިންޞާފްގެ ދަތުރު، މީޒާނުގެ ތިލަފަތް ހަމަ ހަމަ ކުރުމުގެގޮތުން މިހިނގާ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ޞުލްޙަވެރި ބޮޑު އެއްވުމުގައި ބައިވެރިވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ އަންނަން ބޭނުންވާ އެމްޑީޕީގެ މެންބަރުންނާ ސަޕޯޓަރުން މާލެ ގެނައުމުގެ އިންތިޒާމް ޕާޓީގެ ދާއިރާތަކުންނާއި، ގޮފިތަކުންނާއި، ވަކިވަކި ފަރުދުން ދަނީ ހަމަޖައްސަމުންނެވެ.

[ވިދާޅުވޭ...]

ނޫސް ބަޔާން: ގދ.ނަޑެއްލާ އެމްޑީޕީ މެދުމިން ގޮފީގެ ނޫސް ބަޔާން

mdp-logo-150-x-157

އިސްލާމް ދީނުގެ ނަމުގައި 23 ޑިސެމްބަރ 2011 ގައި ކުރި މުޒާހަރާއަށް ފަހު ތަކުރާރުކޮށް އިސްލާމް ދީނާޢި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތާއި އުއްމަތުގެ ދަންނަބޭކަލުންގެ އިޖުމާއު އާއި ކަނޑައެޅިގެން ޚިލާފަށް، މުސްލިމް އަޚުންނާއި އުޚުތުންގެ ލޭ އޮހޮރުވުމަށް ގޮވާލައި، މުސްލިމް އަޚުންގެ މެދުގައި އޮންނަންޖެހޭ އުޚުއްވަތްތެރިކަމުގެ މަތިވެރި އުސޫލު މުގުރި ދިވެހި ޤައުމު ފަސާދަ ވެދާދިޔުމަކީ މި ގޮފީގެ 50 އެތައް މެމްބަރުންނެއް އެކަމުގައި ކަންބޮޑުވާ ކަމެކެވެ.

[ވިދާޅުވޭ...]

މާލެތެރޭގައި ބަޔަކު ހިންގަމުން ގެންދާ ގޭންގް މާރާމާރީތައް ކުރުމުއްދަތެއްގެ ތެރޭގައި ނިމުމަކަށް ގެނެސް ދެއްވާނެކަމުގައި ޢަލީ ވަޙީދު ވިދާޅުވެއްޖެ

ފަހަލަ ސައިދު

haruge-dheneh-nukiyeyne-15-01-2012-66

ފޮރުވިގެން އަޑީގައި ތިބިބަޔަކު މާލެތެރޭގައި ހިންގަމުން ގެންދާ ގޭންގް މާރާމާރީތައް ވަރަށް ކުރު މުއްދަތެއްގައި ޙައްލުކޮށް ރައްޔިތުން އަމިއްލަ ދިރުއުޅުމާ ތަރައްގީގެ ޙަރަކާތްތަކުގައި މިނިވަންކަމާ އެކު ދެމިތިބެވޭނޭ މާޙައުލެއް ގާއިމްކޮށްދެއްވާނޭކަމުގައި އެމްޑިޕީގެ ޕާލަމެންޓްރީގްރޫޕްގެ މެންބަރ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރުޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

[ވިދާޅުވޭ...]

ހެވީލޯޑް މޯލްޑިވްސްގެ ޕިކަޕެއްގެ ބިއްލޫރި ވެސް ތަޅާލައިފި

އިބްރާހީމް ރާމިޒް

heavy-load-400-x-274

މާލޭގައި އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މުޒާހަރާތަކުގައި އިދިކޮޅު ފަރާތްތަކުން ފަށާފައިވާ ބިއްލޫރި ތެޅުމުގެ ސިލްސިލާގެ ދަށުން ރޭ، އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑް މޯލްޑިވްސް ކުންފުނީގެ ޕިކަޕެއްގެ ބިއްލޫރި ވެސް ތަޅާލައިފިއެވެ.

[ވިދާޅުވޭ...]

މެންބަރުންގެ ޚިޔާލު: ޔޫއެންގެ ޓީމާ ކުރިމަތިލައި ބޭޒާރުނުވެ ސަލާމަތްވާނެބާ!

ފުނަމާ

ދިވެހިރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށް ދިވެހީން ފަށާފައިވާ ދަތުރުގައި ސަރުކާރަށް އެކިއެކި ގޮންޖެހުންތަކާއި ފިއްތުންތައް ކުރިމަތިކުރުވައިގެން މާޟީގެ އަނިޔާވެރިކަމުގެ ތެރެއަށް، ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހި ކުރުމުގެ ހިޔަޅު ވިސްނުމުގައި އިދިކޮޅު ފަރާތްތަކުން ފަށައިގެން ކުރިއަށް މިގެންދާ ހަމަނުޖެހުން ތަކުގެ ސަބަބުން ބޭރުދުނިޔޭގައި މިތިބަ ދިވެހީންގެ އެކުވެރީންނަށްވެސް މިއަދު މިއޮތީ ލޮލުފިޔައެއް ޖަހާލުން ދަތިވެފައެވެ. މާލޭގެ މަސްރަހު މުޅީން ނާމާންކޮށް ނިންމާލައިފިއެވެ.

[ވިދާޅުވޭ...]

ނޫސް ބަޔާން: ރ.މަޑުއްވަރީ އެމްޑީޕީ ގޮފިތަކުގެ ގުޅިފައިވާ ނޫސް ބަޔާން

mdp-logo-

މިހާރު މާލޭގައި ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ދިވެހި ރައްޔިތުންގެ ގެދޮރާއި މުދަލަށާއި، ދަޢުލަތުގެ މުދަލާއި ތަކެއްޗަށް އަދި އާންމު ރައްޔިތުންނާއި އަމަން ބަލަހައްޓާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާތެރިވާ ދަރަޖައަށް ކަންކަން ގޮސްފައިވުމާއި، ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ގެއްލުންތަކެއް ލިބިގެންދާތީ، މިކަންކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިހާރުން މިހާރަށް މިކަންކަން ހުއްޓާލުމަށް މަޑުއްވަރީގެ އެމްޑީޕީގެ ގޮފިތަކުން ގޮވާލަމެވެ.

[ވިދާޅުވޭ...]

Saturday, February 4, 2012

ފޮޓޯ: އެމްޑީޕީގެ ސިލްސިލާ ޖަލްސާ “އިންސާފުގެ ދަތުރު” .. 03 ފެބްރުއަރީ 2012

ފޮޓޯ:އަނދާ

[ވިދާޅުވޭ...]

އިންސާފުގެ ދަތުރު ނިންމާލާނީ މުޅިގައުމުގައި އަދުލު އިންސާފް ގާއިމްކޮށްދީފައި – އިންތި

ކުއްލިއްޔާ ހިމާޔަތްކުރުމަށް ކަމަށްބުނެ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޮގު މަޢުލޫމާތު ތަކެއް ދެއްވާފައިވާކަމަށް ޝެއިޚް މުޢީދު ވިދާޅުވި

އިބްރާހީމް ރާމިޒް

inthi-400-x-268

ފެބްރުއަރީ 17 ވަނަ ދުވަހަކީ ހަމައިން ނެއްޓިފައިވާ ރާއްޖޭގެ ޝަރުޢީ ނިޒާމް ހަމަމަގަށް އެޅުވުމަށް ދިވެހި ރައްޔިތުން ތެދުވާ ދުވަސް ކަމަށާއި، އެމްޑީޕީގެ އިންސާފްގެ ދަތުރު ނިންމާލާނީ މުޅި ގައުމުގައި އަދުލު އިންސާފް ގާއިމްކޮށްދީފައި ކަމަށް އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

[ވިދާޅުވޭ...]

އިންސާފުގެ ދަތުރަށް އެމްޑީޕީން ހުޅުވި ފަންޑަށް މިވީ ދެ ދުވަސް ތެރޭގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެމްޑީޕީ ފަންޑްރައިސިންގ ކޮމިޓީން ބުނެފި

މި ފަންޑަށް އެހީވުމަށް އެމްޑީޕީން ވަނީ އެޕާޓީއަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް ގޮވާލާފައި

އިބްރާހީމް ރާމިޒް

muzaaharaa-450-x-338

އަދުލު އިންސާފުގެ ދާއިރާ ސިޔާސީ ވަކި ބައެއްގެ މުށުތެރޭގައި ތާށިވެފައި އޮންނަ އޮތުމުން އެ ދާއިރާ މިނިވަން ކުރުމަށް މި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ “އިންސާފުގެ ދަތުރަށް” ތައްޔާރުވުމަށް އެމްޑީޕީން ހުޅުވި ފަންޑަށް މިވީ ދެ ދުވަސް ތެރޭގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެމްޑީޕީ ފަންޑްރައިސިންގ ކޮމިޓީން ބުނެފިއެވެ.

[ވިދާޅުވޭ...]

Previous Page »« Next Page