19 މާރޗް 201 ، ހޮނިހިރު
MDP/2011-008
30އޭޕްރިލް 2011 ވާ ހޮނިހިރުދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ އިންތިޚާބަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކުވަނީ ކުރިމަތިލައްވާފައެވެ. އެގޮތުން ތަފާތު އެކި ފެންވަރުގެ 13 މަގާމަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ޕާޓީގެ ވަރަށް ގިނަ މެންބަރުން ކުރިމަތިލައްވާފައިވާކަން މި ޕާޓީން އުފަލާއެކު ފާހަގަކުރަމެވެ.
ވީމާ މިއިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް މާލެ ސިޓީއާއި، އައްޑޫ ސިޓީ އަދި އަތޮޅުތަކުގެ އެމްޑީޕީ ހަރުގެތަކުގައި، ހަމަހަމަ އުސޫލަކުން ކެމްޕެއިން ހަރަކާތްތައް ހިންގުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް އެމްޑީޕީގެ ހުރިހާ ދާއިރާތަކަށް ގޮވާލަމެވެ.
[ވިދާޅުވޭ...]
އެމްޑީޕީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ޕާޓީގެ އިސް މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް ސެކްރެޓަރީ (ކޮށީގޭ) ޢަބްދުﷲ ސައީދުގެ ބައްޕާފުޅު، (ކޮށީގޭ) މުޙައްމަދު ސައީދު މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެން، މި ފުން ހިތާމައިގައި ބައިވެރިވެ، އެމްޑީޕީގެ އެންމެހާ މެންބަރުންނާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާއި، މި ޕާޓީގެ ލީޑަރޝިޕާއި، ސެކްރެޓޭރިއަޓްގެ ނަމުގައި އެ އާއިލާއަށް ތަޢުޒިޔާ ދަންނަވަމަވެ.
އަލްމަރުހޫމް މުޙައްމަދު ސައީދާއި، އެ މަރުހޫމްގެ އާއިލާއިން ގައުމަށާއި، މި ޕާޓީއަށް، އަދި ޚާއްސަކޮށް އެއާއިލާ ނިސްބަތްވެވަޑައިގަންނަވާ އަވަށް ކަމަށްވާ މައްޗަންގޮޅިއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާކަން، ރައްޔިތުންގެ މަޖިލީހުގައި މައްޗަން ގޮޅި އުތުރު ދާއިރާ ތަމްސީލުކުރަމުންގެންދާ މެންބަރުގެ ހައިސިއްޔަތުން އަޅުގަނޑު ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.
މަރުޙޫމް މުޙައްމަދު ސައީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތަށް އެދެމެވެ. އަދި އެއާއިލާ ބަރުދާސްތުކުރަމުންދާ ފުންހިތާމައިގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ފުރިހަމައަށް ބައިވެރިވަމެވެ.
މާރިޔާ އަޙުމަދު ދީދީ
ޗެއރަޕާސަން
[ވިދާޅުވޭ...]
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދިރާގުގެ ނެޓްވޯރކަށް ދިމާވި މައްސަލަތައް އަދިވެސް މުޅިން ހައްލުވެފައިނުވާތީ އަޅުގަނޑުމެންގެ ސައިޓް އަޕްޑޭޓްކުރުމުގައި ދަތިތަކާ ކުރިމަތިވާ ވާހަކަ މައާފާއެކު ދެންނެވީމެވެ.
[ވިދާޅުވޭ...]

އަޅުގަނޑުގެ އުއްމީދަކީ މި ފެށުނު މީލާދީ އާ އަހަރަކީ ދިވެހި އެންމެހާ އަޚުންނާއި އުޚުތުންނަށް އުފަލާއި، ތަނަވަސްކަމާއި، ހިތްހަމަޖެހުމާއި ބާއްޖަވެރިކަމުން ފުރިގެންވާ އަހަރަކަށް ވުމެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ދުވެލި މެކުހަށް ޖަހައި، ފާގަތި ދިވެހިރާއްޖެއެއް ދިވެހީންނަށް މިންވަރުކޮށްދެއްވުމެވެ. ދިވެހި ޤައުމަށް އަދަށް ވުރެ މާ ފަހި، މާ ރޯޝަނީ މާދަމާއެއް ދެއްވުމެވެ.
[ވިދާޅުވޭ...]
އިބްރާހީމް ރާމިޒް
[caption id="attachment_11341" align="alignright" width="448" caption="ރައީސް ލާމު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކުޑަކުއްޖެއްގެ އަތުގައި ކުރައްސަވަނީ .. ފޮޓޯ: އަނަސް "]

[/caption]
ޒަމާންވީ ޚުދުމުޚްތާރު ވެރިކަމަކުން މި ކުޑަކުޑަ ދިވެހިރާއްޖެ ސަލާމަތްކޮށް، ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީ ގެންނެވުމަށް ޖާނާއިމާލުން ޤުރުބާންވެވަޑައިގެން، އޭރުގެ ސަރުކާރުގެ ތަފާތު ފިއްތުންތަކާއި ޖަލުގެ ކަސްތޮޅުގެ އަނިޔާތަކަށް ކެތްކުރައްވައިގެން ކުރިޔަށް ވަޑައިގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބު ކާމިޔާބުކުރައްވައި ………
[ވިދާޅުވޭ...]

މިއަދު މި ފެށުނު ހިޖުރީ އާ އަހަރުގެ ތަހުނިޔާއާއި މުބާރިކް ބާދީ އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ޕާޓީގެ ކޮމިޓީތަކުގެ މެންބަރުންނަށާއި، ދާއިރާތަކުގެ ހިންގާ ކޮމިޓީގެ މެންބަރުންނަށާއި، އަންހެނުންގެ އިންތިޤާލީ ރޫހުގެ މެންބަރުންނަށާއި، ޤައުމީ މަޖިލީހުގެ މެންބަރުންނަށާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާމަނިކަށާއި، އެ ގްރޫޕްގެ މެންބަރުންނަށާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހު އާއި، ނައިބު ރައީސް އިބްރާހީމް ޙުސައިން ޒަކީއާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދެކަނބަލުންގެ އިތުރުން ދިވެހި އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އެމްޑީޕީގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަރިސްކުރަމެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ މި ހިޖުރީ އާ އަހަރަކީ ދިވެހި އެންމެހާ އަޚުންނާއި އުޚުތުންނަށް އުފަލާއި، ތަނަވަސްކަމާއި، ހިތްހަމަޖެހުމާއި ބާއްޖަވެރިކަމުން ފުރިގެންވާ އަހަރަކަށް ވުމެވެ. ދިވެހި ޤައުމަށް އަދަށް ވުރެ މާ ފަހި މާދަމާއެއް ދެއްވުމެވެ.
މާރިޔާ އަޙުމަދު ދީދީ
ޗެއަރޕާސަން
[ވިދާޅުވޭ...]
“ދާދި އަވަހަށް ނެތިފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް
ތާއަބަދު ދެމިހުންނަނިވި ޒިކުރާއަކަށް ނިމުމެއް ނެތޭ “
މ.އޮމަދޫ ޢަލީ ޢަބްދުﷲ، 19 ނޮވެމްބަރ 2010 ވީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ކުރެއްވުމަކީ އެ މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށާއި، އެތަކެއް ދިވެހިރައްޔިތުންނަށް، އަދި ވަކިން ޚާއްޞަކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެހާ މެންބަރުންނަށް ވަރަށް ފުން ހިތާމައެއް ކުރިމަތިކުރުވި ކަމެކެވެ.
[ވިދާޅުވޭ...]
19 ނޮވެމްބަރ 2010
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަނބިކަނބަލުން، ލައިލާ އަލީގެ ބައްޕާފުޅު (އެލިއާ) އަލީ އަބްދުﷲ އަވަހާރަވުމާ ގުޅިގެން، މި ފުން ހިތާމައިގައި ބައިވެރިވެ، އެމްޑީޕީގެ އެންމެހާ މެންބަރުންނާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާއި ސެކްރެޓޭރިއަޓްގެ ނަމުގައި އެ އާއިލާއަށް ތަޢުޒިޔާ ދަންނަވަމަވެ.
މި މަރުހޫމުގެ މޫނު ދެއްކުން އޮންނާނީ އާސަހަރާގައެވެ. ކަށުނަމާދުކުރުން އޮތީ މިއަދުގެ ހުކުރު ނަމާދަށްފަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަލް (އިސްލާމީ މަރުކަޒު) ގައެވެ.
މާތް ﷲ މި މާތް މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.
[ވިދާޅުވޭ...]
މާލޭ އެމްޑީޕީ ހަރުގޭގައި ބެހެއްޓި މަޑަވެލީ ވޯޓު ފޮށީގެ ވަގުތީ ނަތީޖާ
1 އަލްފާޟިލް ޢަބްދުﷲ އަނީސް ލަގްޒަރީ ގދ.މަޑަވެލި 04 ވޯޓު
2 އަލްފާޟިލް ޝާފިޒް މުޙައްމަދު ރަޝީދު ހަނދުވަރު ގދ.މަޑަވެލި 10 ވޯޓު
3 އަލްފާޟިލާ ޝާދިޔާ ޝަމީމް ވެލީ ގދ.މަޑަވެލި 10 ވޯޓު
4 އަލްފާޟިލް އިލްހާމް މުހައްމަދު އިރުފެންނަގެ ގދ.މަޑަވެލި 12 ވޯޓު
5 އަލްފާޟިލް ޝިޢާރު ޒާހިރު ވިންޑްސްކްރީން ގދ.މަޑަވެލި 11 ވޯޓު
6 އަލްފާޟިލް އިބްރާހީމް މުޙައްމަދު ކަޝްމީރުވިލާ ގދ.މަޑަވެލި 11 ވޯޓު
ސައްޙަ ވޯޓު: 59
ބާޠިލް ވޯޓު: ނެތް
ވޯޓު ދިން މީހުންގެ ޖުމްލަ: 12
މަޑަވެލީގައި ބެހެއްޓި މަޑަވެލީ ވޯޓު ފޮށީގެ ވަގުތީ ނަތީޖާ
1 އަލްފާޟިލް ޢަބްދުﷲ އަނީސް ލަގްޒަރީ ގދ.މަޑަވެލި 36 ވޯޓު
2 އަލްފާޟިލް ޝާފިޒް މުޙައްމަދު ރަޝީދު ހަނދުވަރު ގދ.މަޑަވެލި 114 ވޯޓު
3 އަލްފާޟިލާ ޝާދިޔާ ޝަމީމް ވެލީ ގދ.މަޑަވެލި 99 ވޯޓު
4 އަލްފާޟިލް އިލްހާމް މުހައްމަދު އިރުފެންނަގެ ގދ.މަޑަވެލި 119 ވޯޓު
5 އަލްފާޟިލް ޝިޢާރު ޒާހިރު ވިންޑްސްކްރީން ގދ.މަޑަވެލި 115 ވޯޓު
6 އަލްފާޟިލް އިބްރާހީމް މުޙައްމަދު ކަޝްމީރުވިލާ ގދ.މަޑަވެލި 117 ވޯޓު
ސައްޙަ ވޯޓު: 600
ބާޠިލް ވޯޓު: 6
ވޯޓު ދިން މީހުންގެ ޖުމްލަ: 125
[ވިދާޅުވޭ...]
ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، އެމްޑީޕީގެ އިސްވެރިންނަށާއި، އެހެނިހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި، އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި މެންބަރުންނަށާއި، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަމެވެ.
[ވިދާޅުވޭ...]