mdp_banner

Tuesday, May 3, 2011

އެމްޑީޕީގެ ނޫސް ބަޔާން

ވަގުތުން ނެރުމަށް MDP-2011-PR-0004ނަންބަރު: ތާރީޚް: 3 މެއި 2011 (ހޯމަ) މާލެތެރޭގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގަމުން ގެންދާ ލާ އިންސާނީ އަމަލުތައް ކުށްވެރިކުރުން ދިވެހި ރައްޔިތުން އެތަކެއް ޤުރުބާނީތަކެއް ވެގެން ރާއްޖޭގައި ގާއިމްކޮށްފައިމިވާ ޒަމާނީ ޑިމޮކްރެސީގެ ރީތި ހަމަތަކާއި އުޞޫލުތަކާއި ޚިލާފަށް، ވެރިކަމުގެ ދަހިވެތި ކަމުގައި، 30 އެޕްރީލް 2011 ވަނަ ދުވަހުގެ ރެއިން ފެށިގެން، ރާއްޖޭގެ ވިޔަފާރީގެ އެންމެ ކާރުބާރޫ ބޮޑު ސަރަހައްދުތަކަށާއި، އަދި މާލޭގެ އެހެން ސަރަހައްދު ތަކަށް ޒުވާނުންގެ ނަމުގައި، އިދިކޮޅު [...]

[ވިދާޅުވޭ...]

Thursday, April 28, 2011

އެމްޑީޕީގެ ޚާއްސަ ދަންނަވާލުން

MDP/2011-DN-008

mdp-logo4

ޚާއްސަ ދަންނަވާލުމެއް

ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުސޫލުތަކުގެ މަތިން މިނިވަން އަދި އިންސާފްވެރި އިންތިޚާބުތައް ބޭއްވުމަކީ އަބަދުވެސް އެމްޑީޕީން އިސްކަން ދެމުން ގެންދާ ކަމަކެވެ. އެހެން ކަމުން މި އެޕްރީލް މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އިންތިޚާބު 2011 އަކީ ވެސް މިނިވަން އަދި އިންސާފްވެރި އިންތިޚާބަކަށް ހެދުމަށް އެމްޑީޕީން މިދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.
އެ ގޮތުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާތަނަށް ދެމިހުންނެވި ސ.މަރަދޫ ބަގީޗާގޭ ޙަސަން ޝާހް، އެމްޑީޕީ އިންތިޚާބު 2011 ގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ފާޅުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާކަމުގެ ޝަކުވާ މި ޕާޓީއަށް ލިބެމުން ދިއުމާއި ގުޅިގެން، މި އިންތިޚާބަކީ ދެފުށްފެންނަ މިނިވަން، އަދި އިންސާފުވެރި އިންތިޚާބަކަށް ހަދައި، މި އިންތިޚާބަކީ ނުފޫޒުން އެއްކިބާ ވެފައިވާ އިންތިޚާބެއް ކަމުގެ ޔަޤީންކަމާއި، އިތުބާރު އެމްޑީޕީގެ އެންމެހާ ލޮބުވެތި މެންބަރުންނަށް އެރުވުމުގެ ގޮތުން މި ހިނދުން މި ހިނދަށް ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ވަކިފަރާތަކަށް ތާއީދު ނުކުރައްވާ ބޭފުޅަކާ ހަވާލުކުރެއްވުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ އެންމެހާ މަސްއޫލިއްޔަތުތައް، މިޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ކެޔޮދޫ ދާއިރާގެ އެމްޑީޕީ ރައީސް އިސްމާޢީލް ޝަފީޢު އާއި، މިއަދުން ފެށިގެން ހަވާލުކުރެވިފައިވާ ވާހަކަ މިޕާޓީގެ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

28 އެޕްރީލް 2011

- ސެކްރެޓޭރިއަޓް –

[ވިދާޅުވޭ...]

Sunday, March 27, 2011

އިޢުލާން: ދެކުނު ޕްރޮވިންސްގެ އެމްޑީޕީ އިންތިޚާބާއި ބެހޭ

MDP/2011-014

ދެކުނު ޕްރޮވިންސްގެ އިންތިޚާބާއިބެހޭ

މިޕާޓީގެ އެތެރޭގެ އިންތިޚާބު 30 އޭޕްރިލް 2011 ގައި ބޭއްވުމަށް ކޮށްފައިވާ އިޢުލާން ނަންބަރު MDP/2011/I-005 އާއި ޙަވާލީދަންނަވަމެވެ. އެއިޢުލާންގައި ބަޔާންކޮށްފައިވާ ޕްރޮވިންސްގެ ރައީސުންނާއި ނައިބްރައީސުން ހޮވުމުގައި އައްޑޫސިޓީއާއި ދެކުނު ޕްރޮވިންސްގެ އިންތިޚާބުގައި ކުރިޔަށްދާނެ ގޮތާކާއި ބެހޭ ގޮތުން މިޕާޓީގެ ސެކްރެޓޭރިއަޓަށް ތަފާތު ޚިޔާލު އަންނަމުންދާތީ މިކަމާއި ބެހޭގޮތުން ޕާޓީގެ ލީޑަރޝިޕާއި ދާއިރާތަކުގެ ރައީސުންނާއިއެކު މިޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ އައްޑޫ އިން ހޮވާނީ އައްޑޫ ސިޓީގެ ރައީސް އަދި ނައިބް ރައީސްކަމަށާއި، ދެކުނު ޕްރޮވިންސްގެ ރައީސްއާއި ނައިބް ރައީސް އިންތިޚާބު ކުރާނީ ފުވައްމުލަކުންކަމަށެވެ.
ވީމާ އައްޑޫސިޓީއާއި ދެކުނު ޕްރޮވިންސްގެ ރައީސް އަދި ނައިބްރައީސް ކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ބޭފުޅުން 03 އޭޕްރިލް 2011 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން އެމްޑީޕީގެ މައި ސެކްރެޓޭރިއެޓަށް އައިޑީ ކާޑު ކޮޕީއާއި އެކު ސިޓީއަކުން ހުށައެޅުއްވުމަށް ދަންނަވަމެވެ. ފެކްސް އިން ނަމަ 3322960 މި ނަންބަރަށެވެ. އަދި އީ މެއިލް އިން ނަމަ ފޮނުއްވާނީ elections@mdp.org.mv އަށެވެ.
އަދި މި ޕާޓީގެ އިޢުލާން ނަންބަރު MDP/2011/I-005 އާއި ގުޅިގެން ސިޓީފޮނުއްވި ފަރާތްތަކުން ތާޢީދު ފޯމު ހުށަހަޅަން ނުޖެހޭނޭ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
27 މާރޗް 2011
ޚާދިމުކުމް

ޙަސަން ޝާހް
ސެކްރެޓަރީ ޖެނެރަލް

[ވިދާޅުވޭ...]

Saturday, March 19, 2011

އިއުލާނު: އެމް.ޑީ.ޕީގެ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ޕާޓީގެ ހަރުގެތަކުގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ފަހި ކުރުމަށް ގޮވާލުން

19 މާރޗް 201 ، ހޮނިހިރު
MDP/2011-008

30އޭޕްރިލް 2011 ވާ ހޮނިހިރުދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ އިންތިޚާބަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކުވަނީ ކުރިމަތިލައްވާފައެވެ. އެގޮތުން ތަފާތު އެކި ފެންވަރުގެ 13 މަގާމަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ޕާޓީގެ ވަރަށް ގިނަ މެންބަރުން ކުރިމަތިލައްވާފައިވާކަން މި ޕާޓީން އުފަލާއެކު ފާހަގަކުރަމެވެ.
ވީމާ މިއިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް މާލެ ސިޓީއާއި، އައްޑޫ ސިޓީ އަދި އަތޮޅުތަކުގެ އެމްޑީޕީ ހަރުގެތަކުގައި، ހަމަހަމަ އުސޫލަކުން ކެމްޕެއިން ހަރަކާތްތައް ހިންގުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް އެމްޑީޕީގެ ހުރިހާ ދާއިރާތަކަށް ގޮވާލަމެވެ.

[ވިދާޅުވޭ...]

Tuesday, January 18, 2011

ތައުޒިޔާ ދެންނެވުން

އެމްޑީޕީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ޕާޓީގެ އިސް މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް ސެކްރެޓަރީ (ކޮށީގޭ) ޢަބްދުﷲ ސައީދުގެ ބައްޕާފުޅު، (ކޮށީގޭ) މުޙައްމަދު ސައީދު މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެން، މި ފުން ހިތާމައިގައި ބައިވެރިވެ، އެމްޑީޕީގެ އެންމެހާ މެންބަރުންނާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާއި، މި ޕާޓީގެ ލީޑަރޝިޕާއި، ސެކްރެޓޭރިއަޓްގެ ނަމުގައި އެ އާއިލާއަށް ތަޢުޒިޔާ ދަންނަވަމަވެ.
އަލްމަރުހޫމް މުޙައްމަދު ސައީދާއި، އެ މަރުހޫމްގެ އާއިލާއިން ގައުމަށާއި، މި ޕާޓީއަށް، އަދި ޚާއްސަކޮށް އެއާއިލާ ނިސްބަތްވެވަޑައިގަންނަވާ އަވަށް ކަމަށްވާ މައްޗަންގޮޅިއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާކަން، ރައްޔިތުންގެ މަޖިލީހުގައި މައްޗަން ގޮޅި އުތުރު ދާއިރާ ތަމްސީލުކުރަމުންގެންދާ މެންބަރުގެ ހައިސިއްޔަތުން އަޅުގަނޑު ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.
މަރުޙޫމް މުޙައްމަދު ސައީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތަށް އެދެމެވެ. އަދި އެއާއިލާ ބަރުދާސްތުކުރަމުންދާ ފުންހިތާމައިގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ފުރިހަމައަށް ބައިވެރިވަމެވެ.

މާރިޔާ އަޙުމަދު ދީދީ
ޗެއރަޕާސަން

[ވިދާޅުވޭ...]

Sunday, January 2, 2011

މައާފްކުރައްވާ!

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދިރާގުގެ ނެޓްވޯރކަށް ދިމާވި މައްސަލަތައް އަދިވެސް މުޅިން ހައްލުވެފައިނުވާތީ އަޅުގަނޑުމެންގެ ސައިޓް އަޕްޑޭޓްކުރުމުގައި ދަތިތަކާ ކުރިމަތިވާ ވާހަކަ މައާފާއެކު ދެންނެވީމެވެ.

[ވިދާޅުވޭ...]

Saturday, January 1, 2011

ތަހުނިޔާ ދެންނެވުން: އާ އަހަރުގެ ތަހުނިޔާ

mdp-logo

އަޅުގަނޑުގެ އުއްމީދަކީ މި ފެށުނު މީލާދީ އާ އަހަރަކީ ދިވެހި އެންމެހާ އަޚުންނާއި އުޚުތުންނަށް އުފަލާއި، ތަނަވަސްކަމާއި، ހިތްހަމަޖެހުމާއި ބާއްޖަވެރިކަމުން ފުރިގެންވާ އަހަރަކަށް ވުމެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ދުވެލި މެކުހަށް ޖަހައި، ފާގަތި ދިވެހިރާއްޖެއެއް ދިވެހީންނަށް މިންވަރުކޮށްދެއްވުމެވެ. ދިވެހި ޤައުމަށް އަދަށް ވުރެ މާ ފަހި، މާ ރޯޝަނީ މާދަމާއެއް ދެއްވުމެވެ.

[ވިދާޅުވޭ...]

Tuesday, December 7, 2010

ތަހުނިޔާ ދެންނެވުން: ހިޖުރީ އާ އަހަރުގެ ތަހުނިޔާ

mdp

މިއަދު މި ފެށުނު ހިޖުރީ އާ އަހަރުގެ ތަހުނިޔާއާއި މުބާރިކް ބާދީ އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ޕާޓީގެ ކޮމިޓީތަކުގެ މެންބަރުންނަށާއި، ދާއިރާތަކުގެ ހިންގާ ކޮމިޓީގެ މެންބަރުންނަށާއި، އަންހެނުންގެ އިންތިޤާލީ ރޫހުގެ މެންބަރުންނަށާއި، ޤައުމީ މަޖިލީހުގެ މެންބަރުންނަށާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާމަނިކަށާއި، އެ ގްރޫޕްގެ މެންބަރުންނަށާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހު އާއި، ނައިބު ރައީސް އިބްރާހީމް ޙުސައިން ޒަކީއާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދެކަނބަލުންގެ އިތުރުން ދިވެހި އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އެމްޑީޕީގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަރިސްކުރަމެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ މި ހިޖުރީ އާ އަހަރަކީ ދިވެހި އެންމެހާ އަޚުންނާއި އުޚުތުންނަށް އުފަލާއި، ތަނަވަސްކަމާއި، ހިތްހަމަޖެހުމާއި ބާއްޖަވެރިކަމުން ފުރިގެންވާ އަހަރަކަށް ވުމެވެ. ދިވެހި ޤައުމަށް އަދަށް ވުރެ މާ ފަހި މާދަމާއެއް ދެއްވުމެވެ.

މާރިޔާ އަޙުމަދު ދީދީ
ޗެއަރޕާސަން

[ވިދާޅުވޭ...]

Sunday, November 21, 2010

މ.އޮމަދޫ އަލީ ޢަބްދުﷲ އަވަހާރަވުން: އެމްޑީޕީގެ ޗެއަރޕާސަންގެ ހުޅުވާލެވިފައިވާ ސިޓީއެއް

“ދާދި އަވަހަށް ނެތިފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް
ތާއަބަދު ދެމިހުންނަނިވި ޒިކުރާއަކަށް ނިމުމެއް ނެތޭ “

މ.އޮމަދޫ ޢަލީ ޢަބްދުﷲ، 19 ނޮވެމްބަރ 2010 ވީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ކުރެއްވުމަކީ އެ މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށާއި، އެތަކެއް ދިވެހިރައްޔިތުންނަށް، އަދި ވަކިން ޚާއްޞަކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެހާ މެންބަރުންނަށް ވަރަށް ފުން ހިތާމައެއް ކުރިމަތިކުރުވި ކަމެކެވެ.

[ވިދާޅުވޭ...]

Friday, November 19, 2010

ތަޢުޒިޔާ ދެންނެވުން: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުން

19 ނޮވެމްބަރ 2010

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަނބިކަނބަލުން، ލައިލާ އަލީގެ ބައްޕާފުޅު (އެލިއާ) އަލީ އަބްދުﷲ އަވަހާރަވުމާ ގުޅިގެން، މި ފުން ހިތާމައިގައި ބައިވެރިވެ، އެމްޑީޕީގެ އެންމެހާ މެންބަރުންނާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާއި ސެކްރެޓޭރިއަޓްގެ ނަމުގައި އެ އާއިލާއަށް ތަޢުޒިޔާ ދަންނަވަމަވެ.
މި މަރުހޫމުގެ މޫނު ދެއްކުން އޮންނާނީ އާސަހަރާގައެވެ. ކަށުނަމާދުކުރުން އޮތީ މިއަދުގެ ހުކުރު ނަމާދަށްފަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަލް (އިސްލާމީ މަރުކަޒު) ގައެވެ.
މާތް ﷲ މި މާތް މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

[ވިދާޅުވޭ...]