ލިޔުއްވީ: މޫސާ މަނިކު (ރީކޯ) - އެމްޑީޕީގެ ޗެއަރޕާސަން



އޮގްސްޓް މަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަސް ދިވެހިން ކުރެ ގިނަ ބަޔަކަ ފާހަގަކުރަނީ އެކެއް އަނެކެއްގެ ކިބައިން ހިއްވަރު ލިބިގެން ގައުމަށްޓަކާ ވަރުގަދަ ޖިހާދެއް ކުރެވުނު ދުވަހެއްގެ ގޮތުގައެވެ.
[ވިދާޅުވޭ...]

މި އުފާވެރި މިނިވަން ދުވަހުގެ ހެޔޮއެދުމާއި، ތަހުނިޔާ އެމްޑީޕީގެ އެންމެހާ މެންބަރުންނަށާއި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި، ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ، މުޙަންމަދު ނަޝީދުގެ ދެކަނބަލުންނަށް އަރިސްކުރަމެވެ.
[ވިދާޅުވޭ...]

ފުވައްމުލަކު ހޯދަނޑުގެ އެމްޑީޕީގެ އެންމެ އިސް އެއް ހަރަކާތްތެރިޔާ ކަމަށްވާ ޏ.ފުވައްމުލަކު، ވައިޓްރީޒް، މުހައްމަދު ހުސައިން (ދަނބުގޭކަލޯ) މިއަދު ހެނދުނުގެ ވަގުތެއްގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ) އާއި، އެމްޑީޕީގެ ލިޑަރޝިޕާއި، އާންމު މެންބަރުންގެ ނަމުގައި ތައުޒިޔާ ދަންނަވަމެވެ.
[ވިދާޅުވޭ...]
ޑރ.ޑީޑީ އަލުން މިނިސްޓަރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން މަރުހަބާ ދެންނެވުން
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމުގެ މަގާމަށް ޑރ.އިބްރާހީމް ދީދީ އަލުން އައްޔަންކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ތަހުނިޔާ އާއި، މަރުހަބާ ދަންނަވައެވެ
[ވިދާޅުވޭ...]

މާލެ ސިޓީގެ މޭޔަރު ކަމަށް ވަރަށް ތަނަވަސް އަޤްލަބިއްޔަތަކުން މާލެ ސިޓީ ކައުންސިލްގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު، ހ.އިސްދޫ، (މައިޒާން) އަލިމަނިކު ހޮވިވަޑައިގަތުމާއި ގުޅިގެން، އެމްޑީޕީގެ އެންމެހާ ލޮބުވެތި މެންބަރުންނާއި، މި ޕާޓީގެ ލީޑަރޝިޕާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި މަރުހަބާ އާއި، ތަހުނިޔާ އާއި މުބާރިކް ބާދީ ދަންނަވަމެވެ.
[ވިދާޅުވޭ...]


ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މި ޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުންނަށާއި، ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ތާޢީދުކުރައްވާ ހުރިހާ ފަރާތްތަކަށާއި، މި ޕާޓީގެ ގޮފިތަކާއި، ދާއިރާތަކާއި، ޕްރޮވިންސްތަކުގެ ހިންގާ ކޮމިޓީތަކުގެ މެންބަރުންނާއި، ސެކްރެޓޭރިއަޓްގެ މުޥައްޒަފުންނާއި، މި ޕާޓީގެ އެކި ކޮމިޓީތަކުގެ މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންނާއި، ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ އާއި، މި ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ އާއި ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އާއި ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ.
[ވިދާޅުވޭ...]
- މާލޭ އެމްޑީޕީ ހަރުގޭގައި ދިދަ ނަންގަވައިދެއްވާނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ ހެނދުނު ދިދަ ނެގުމާއި، ޚާއްސަ ދުޢާ އެއް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީގެ އެކްޓިވިޓީސް (ހަރުގެ) ކޮމިޓީން ބުނެފިއެވެ.
[ވިދާޅުވޭ...]
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމަށް މިއަދު އިންތިޚާބުވެވަޑައިގެންނެވި،ހިންނަވަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އިބްރާހީމް މުޙައްމަދު ޞާލިޙަށް މި ޕާޓީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީގެ ސެކްރެޓޭރިއަޓް އާއި، ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު މަރުހަބާ ވިދާޅުވެއެވެ.
[ވިދާޅުވޭ...]


ހދ.އަތޮޅު ކައުންސިލްގެ މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކައުންސިލުން ހުސްވެފައިވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އައްޔަން ކުރުމަށް މިއަދު އެ ދާއިރާގައި ބޭއްވި ވޯޓު ބޮޑު އަޤްލަބިއްޔަތަކުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް، ހދ.ކުޅުދުއްފުށީ އިރަމާގޭ ނަސްރުﷲ އިސްމާޢީލް ކާމިޔާބުކުރެއްވުމާ ގުޅިގެން އެމްޑީޕީގެ އާންމު މެންބަރުންނާއި، ޕާޓީގެ ގޮފިތަކާއި، ދާއިރާތަކުގެ ހިންގާ ކޮމިޓީތަކުގެ މެންބަރުންނާއި، ޕްރޮވިންސް ސެކްރެޓޭރިއަޓްތަކުގެ މެންބަރުންނާއި، ޕާޓީގެ ގައުމީ މަޖިލީހާއި، ސެކްރެޓޭޜިއަޓާއި، އެމްޑީޕީގެ ލީޑަރޝިޕާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އެ ގޮނޑި ކާމިޔާބު ކުރެއްވި ނަސްރުﷲ އިސްމާއީލަށާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރުންނަށާއި، ޖުމްލުކޮށް މުޅި އެމްޑީޕީއަށް ހޫނު މަރުހަބާއަކާއި ތަހުނިޔާއެއް ދަންނަވަމެވެ.
[ވިދާޅުވޭ...]
ވަގުތުން ނެރުމަށް
MDP-2011-PR-0004ނަންބަރު:
ތާރީޚް: 3 މެއި 2011 (ހޯމަ)
މާލެތެރޭގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގަމުން ގެންދާ ލާ އިންސާނީ އަމަލުތައް ކުށްވެރިކުރުން
ދިވެހި ރައްޔިތުން އެތަކެއް ޤުރުބާނީތަކެއް ވެގެން ރާއްޖޭގައި ގާއިމްކޮށްފައިމިވާ ޒަމާނީ ޑިމޮކްރެސީގެ ރީތި ހަމަތަކާއި އުޞޫލުތަކާއި ޚިލާފަށް، ވެރިކަމުގެ ދަހިވެތި ކަމުގައި، 30 އެޕްރީލް 2011 ވަނަ ދުވަހުގެ ރެއިން ފެށިގެން، ރާއްޖޭގެ ވިޔަފާރީގެ އެންމެ ކާރުބާރޫ ބޮޑު ސަރަހައްދުތަކަށާއި، އަދި މާލޭގެ އެހެން ސަރަހައްދު ތަކަށް ޒުވާނުންގެ ނަމުގައި، އިދިކޮޅު ޑީއާރުޕީ އާއި އެހެން ސިޔާސީ [...]
[ވިދާޅުވޭ...]