ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، އެމްޑީޕީގެ އިސްވެރިންނަށާއި، އެހެނިހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި، އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި މެންބަރުންނަށާއި، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަމެވެ.
[ވިދާޅުވޭ...]
ލިޔުނީ: ފުނަމާ
ދިއްދޫއިން ފުރައިގެން ފެރީގައި އަހަރެން ދަތުރު ކުރަމުން ދިޔައިރު ގެއްލިފައި އިނދެވުނީ ދިއްދޫގެ ބިން ހިއްކާފައި އޮތްވަރުން އެކަމާ ވިސްނާށެވެ. އެހާކުޑަ ދުވަސްކޮޅަކުން އެވަރުގެ މަސައްކަތެއް ނިންމާލުމުން އަހަރެން ހަމަ ޙައިރާން ވެއްޖެއެވެ.
[ވިދާޅުވޭ...]
އިސްލާމީ އުއްމަތާ ކުރިމަތިމިލާ ބަރަކާތްތެރި ރަމަޟާން މަހުގެ އުފާވެރި މުނާސަބަތުގައި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށާއި، ދައުލަތުގެ އެންމެހާ ވެރިންނަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ވަރަށް އިޚްލާޞްތެރިކަމާއެކު ތަހްނިޔާއާއި މުބާރިކްބާދީ އަރިސްކުރަމެވެ.
އިސްލާމީ އުއްމަތަށް މިރަމަޟާން މަހުގެ ފުރިހަމަ މަންފާއާއި ފައިދާ ލިބި، ދިވެހި އުއްމަތަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި!
[ވިދާޅުވޭ...]
މީހުންގަނޑު ހޯބޯލަވަމުން ދުވާތީވެ އަހަރެންވެސް އެމީހުން އެދާދިމާލަށް ދުއްވައިގަތީމެވެ. ކުއްލިޔަކަށް ކުޑަކުއްޖަކު އަހަރެންގެ ކުރިމައްޗަށް އެރުމުން އެކުއްޖާގެ ގައިގައި ޖެހިދާނެތީވެ ހުއްޓެން ޖެހިއްޖެއެވެ.
” ބަލަ ފުނަމާ ބާރަށް ދުވެފައި ހިނގާބަލަ” ގޭދޮށު ކުއްޖެއް ކަމުގައިވާ “ޗަސްމީން” އަހަރެންގެ ކައިރިން ކުރިޔަށް ދުވެފައި ދަމުން އަހަންނަށް ގޮވާލިއެވެ.
[ވިދާޅުވޭ...]
މަޣްރިބު ނަމާދަށް ދަނިކޮށް، ދިރާގު ކައިރީ ހުރި މީހަކު އެއޮށް ރަގަޅު މައުމޫނުގެ ސަރުކާރު ވައްޓާލާ، އަންނިގެ ސަރުކާރު އައިފަހުން ރައްޔިތުންނަށް ކުރި އެއްވެސް ފައިދާއެއް ނެތޭ ބުނިއަޑު އިވުމުން ގާތަށްޖެހިލައި އަޑުއަހާލަން ހުރީމެވެ. މިމީހަކީ އަހަރެން މަސައްކަތެއްގައި ރާއްޖެތެރެއަށް ގޮސް ހުރި ރަށެއްގެ ދެކެފަރިތަ ރައްޓެއްސެކެވެ. އޭނާއަށް އަހަރެން ފެނުމުން ކޮބާ ޙާލު ކިހިނެއްހޭ އަހަރެން އަހާލީމެވެ.
[ވިދާޅުވޭ...]
ވިކްޓްރީ ކްލަބްގެ މަސްއޫލުވެރިޔާ، ކުޑަމައިނާގެ އަނބިކަނބަލުން، ފާތުމަތު ޖަލީލާ މ.ދުންތަރި މިއަދު ނިޔާވުމާ ގުޅިގެން، މި ފުން ހިތާމައިގައި ބައިވެރިވެ، އެމްޑީޕީގެ އެންމެހާ މެންބަރުންނާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާއި ސެކްރެޓޭރިއަޓްގެ ނަމުގައި އެ އާއިލާއަށް ތަޢުޒިޔާ ދަންނަވަމަވެ.
މި މަރުހޫމާގެ މޫނު ދެއްކުން އޮންނާނީ އާސަހަރާގައެވެ. ކަށުނަމާދުކުރުން އޮތީ މިރޭގެ ފަތިސް ނަމާދަށް ފަހު، އާ ސަހަރާ މިސްކިތުގައެވެ.
މާތް ﷲ މި މަރުޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.
[ވިދާޅުވޭ...]
ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއް ކަމަށްވާ އިބްރާހީމް ރަޝީދު، ވެލާނާގެ މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު އެޢިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި، އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށްފަހު، މި ޢިމާރާތް ހުޅުއްވައިދެއްވުމުގެ ގޮތުން، ދިވެހި ޤައުމީ ދިދަ، އެ ޢިމާރާތުގައި ނަންގަވައިދެއްވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ވެލާނާގޭ ތާރީޚުގެ މައްޗަށް ބައްލަވާލައްވަމުން، އެ ޢާއިލާގެ ބޭފުޅުންގެ ޚިދްމަތް މިއަދުވެސް ސަރުކާރުގެ ތަފާތު ދާއިރާތަކަށް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.
[ވިދާޅުވޭ...]
ދިވެހިރާއްޖޭގެ 45 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލޮބުވެތި މެންބަރުންނާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް މެންބަރުންނާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް އާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާއި، ޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީގެ ނަމުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ދެކަނބަލުންނަށާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މި އުފާވެރި މިނިވަން ދުވަހުގެ ތަހުނިޔާއާއި މުބާރިކްބާދީ [...]
[ވިދާޅުވޭ...]

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕްގެމެންބަރު އަދި އެމްޑީޕީގެ ޕަބްލިކް ރިލޭޝަންސް ކޮމިޓީގެ މެންބަރު، އަލްހާން ފަހުމީ އަށް މިޖުލައި މަހުގެ 9 ވަނަ ދުވަހު، ފިރިހެން ދަރިކަލަކު ލިބިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް، އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް އާއި، ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އަދި ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީގެ ނަމުގައި ތަހުނިޔާ ދަންނަވަމެވެ.
[ވިދާޅުވޭ...]
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދައުލަތުގެ ވަޒީރުންގެ މަޖިލިސް އިއްޔެ އަލުން ޢައްޔަން ކުރެއްވުމާ ގުޅިގެން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލޮބުވެތި މެންބަރުންނާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް އާއި، ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އަދި ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީގެ ނަމުގައި
މަރުހަބާ ދަންނަވަމެވެ.
[ވިދާޅުވޭ...]