ފުނަމާ

ހަގީގަތުގެ މައްޗަށް ކިތަންމެ ފަހެއް އެޅިކަމުގައި ވީނަމަވެސް ފޮރުވައެއް ނުލެވޭނެއެވެ. އެއްވެސް ބައެއްގެ މެދުގައި އަދުލުވެރި ކަމާއެކު އިންސާފު ގާއިމު ނުކުރެވޭ ކަމުގައި ވާނަމަ އެބައެއްގެ މެދުގައި ހަމަޖެހުމެއް ގާއިމެއް ނުކުރެވޭނެކަން އެންމެންވެސް ދަންނާނެއެވެ.
[ވިދާޅުވޭ...]
ފުނަމާ

މިއަދު މިހެން ބުނަނީ މިރާއްޖޭގެ މީހުން އެކަންޏެއް ނޫނެވެ. ބޭރުގެ މީހުންވެސް މިހެން ބުނާލެއް މަދެއް ނޫނެވެ. އިނގިރޭސި ވިލާތުން ތައުލީމު ހޯއްދެވިއެއް ކަމަކު ރާއްޖޭގެ ތާރީޚު އެންމެ ރަނގަޅަށް ދިރާސާ ކުރައްވައިގެން …..
[ވިދާޅުވޭ...]
ފުނަމާ

މިހާރުދެން ކިޔާނެ އެހެން އެއްޗެއް ނޭނގިގެން ކުރާނެ އެހެންކަމެއް ނެތިގެން އިދިކޮޅު ފަރާތްތަކުގެ މަސްލަހަތުގައި މުޑިވިއްދައި ދެމުން ގެންދާ ޓީވީ ޗެނަލުތަކުން ގޮވައި ނަގަނީ ފޯއްމުލަކުގައި ސާކުސަމިޓު ނުބާއްވައިގެން ފުއައް މުލަކުގެ ހުރިހައި ރައްޔިތުން ހިންހަމަ ނުޖެހިގެން އަތިރިމަތީގައި ތިބިވާހަކައެވެ.
[ވިދާޅުވޭ...]
ފުނަމާ
މިއީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. އަށްސަތޭކަ އަހަރަށްވުރެ ދިގު އިސްލާމީ ތާރީޚެއް މިގައުމުގައި އެބައޮތެވެ. ވެރިކަންކުރީ އިސްލާމީ ވެރިކަމެއްގެ ނަމުގައެވެ. ޝަރީއަތަކީ އިސްލާމީ ޝަރީއަތެވެ.
[ވިދާޅުވޭ...]
ފުނަމާ
އަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު އެންމެ ކުރީކޮޅުގައި އުފެދިގެންއައި ޕާޓީއެކެވެ. އެޕާޓީއަކީ ރާއްޖޭގެ ސިޔާސީ ޕާޓީގެ ދަފުތަރުގައި ރެޖިސްޓްރީ ކުރެވުނު ޕާޓީއެއް ނަމަވެސް ކުރީން އެޕާޓީއާއިމެދު މީހުން ދެކެމުންދިޔައީ އެއީ ދީނީހޭލުން ތެރިކަން އިތުރުކުރުމާއި ، މުޖުތަމައުގައި ހުރި ދީނީ ޚިލާފުތައް ނައްތާލައި އެގޮތުން ކުރިއަށްދާ ޢިލްމުވެރި ބޭފުޅުން އުޅުއްވަމުން ގެންދަވާ ޕާޓީއެއްގެ ގޮތުގައެވެ.
[ވިދާޅުވޭ...]
ލިޔުއްވީ: އަލްޙާފިޒް އަޙުމަދު ޒަކީ - އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް

ދެ ޢީދު ދެނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ދެނަމާދެވެ. ޢީދު ނަމާދު ޝަރުޢު ކުރެއްވީ، ހިޖްރައިން ދެވަނަ އަހަރުއެވެ. އެންމެ ފުރަތަމަ رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ ކުރެއްވީ ފިޠުރު ޢީދުނަމާދެވެ. ޢީދު ނަމާދަކީ، ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި ދަތުރުވެރިންނާއި ރަށުގައި ޤާއިމުވެތިބޭ މީހުންނާއި ، މިއެންމެންގެ މައްޗަށް ސުންނަތްވެގެންވާ ނަމާދެކެވެ..
[ވިދާޅުވޭ...]
ފުނަމާ
މިގައުމުގައި މިހާރުވަނީ ތަފާތު ނަންނަމުގައި ކޮމިޝަންތައް އުފައްދާފައެވެ. ހިންދަމާނުލެވޭ ވަރުގެ ބޮޑެތި މުސާރަތައް ކޮމިޝަންތަކުގެ މެންބަރުންނަށް ދެވެމުންދާކަމީވެސް ހަގީގަތެކެވެ. ކަންމިހެން އޮތްއިރު މިކޮމިޝަންތައް އުފައްދާފައިވާ މަގުސަދުތައް އެބަ ހާސިލްވޭބާވައޭ މިއީ އުފެދޭ ސުވާލެކެވެ؟ ތަފާތު އެކި މައްސަލަ ތަކުގެ ސަބަބުން ކޮމިޝަން ތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ހުރަސްތަކެއް އެބަހުރި ކަމުގައިވެސް ބައެއް ފަރާތްތަކުން ބުނަމުން ގެންދެއެވެ.
[ވިދާޅުވޭ...]
ފުނަމާ
ދުނިޔޭގައި ނެތްވަރުގެ ގާނޫނުއަސާސީއެއް ހަދައިގެން ދިވެހީން މިތިބީ ފިސާރި ފަޚުރުވެރި ކަމާއެކުގައެވެ. ނަމަވެސް ރާއްޖޭގެ ގާނޫނީ މާހިރުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކަކާއި ބަހުސްތަކެއް މިދަނީ ހިނގަމުންނެވެ. ރިޔާސީ ނިޒާމުގެ ސިފަތަކަށް ނުފެތޭ ކިތަންމެ ގާނޫނުތަކެއް ހުރިކަމުގައި ކުރީއްސުރެވެސް މިދަނީ ވާހަކަ ދައްކަމުންނެވެ.
[ވިދާޅުވޭ...]
ފުނަމާ

މިފަހަކަށް އައިސް ދިވެހި ފުލުހުން ތަފާތު ބޮޑެތި ކުށްވެރީން އަތުލައި ގަންނަނީ ފުލުހުންގެ އިންޓެލިޖެންސްްއަށް ލިބޭ މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް އެތަކެއް ހޯދުންތައް ހޯދުމަށްފަހު ބޮޑެތި ހެކިތަކާއި އެކުގައެވެ.
[ވިދާޅުވޭ...]
ފުނަމާ
މިނިވަންކަމަކީ އަދުލުއިންސާފާ ނުލައި ގާއިމު ކުރެވިދާނެ އެއްޗެއް ކަމުގައި ބަޔަކު ބުނާނަމަ އެބަޔަކީ ދުނިޔޭގެ ވަށްޓަފާޅިއާއި އާޖުފާޖު ނުދަންނަ ބައެއް ކަމުގައި ބުނާން ޖެހޭނެއެވެ. ދިވެހި ރާއްޖޭގައި މިއަދު މިއޮތް ތިންބާރު ވަކިކުރެވިފައިވާ ނިޒާމަކީ އެއްބާރުން އަނެއް ބާރަށް ނުފޫޒު ނުފޯރުވުމަށް ބާރުއަޅައި އުފައްދާފައިވާ ނިޒާމެކެވެ. މިއަކީ ދުނިޔޭގައި ދިވެހީން އަލަށް ގާއިމުކުރި ނިޒާމެއް ނޫނެވެ. ވެގެން މިއުޅޭ ގޮތަކީ ދިވެހީން އަދި މިކަމަށް އަލީއެވެ
[ވިދާޅުވޭ...]