28 މާރޗް 2012 ވާ ހޯމަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިއަދު (15 މާރޗް 2012 ވީ ބުރާސްފަތި ދުވަހުގެ) ހަވީރު 4.00 ގެ ނިޔަލަށް ހަމަވިއިރު، އެއިންތިޚާބުގެ އެކި މަޤާމްތަކަށް ކުރިމަތިލައްވާފައިވާ ފަރާތްތައް ތިރީގައި މިވަނީ އެވެ.
[ވިދާޅުވޭ...]

ނ.އަތޮޅު މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 28 އެޕްރީލް 2012 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.
[ވިދާޅުވޭ...]

އެމްޑީޕީގެ ސިޔާސީ އެއްވެސް ހަރަކާތެއްގައި ކުޑަކުދިން ބައިވެރިނުކުރުވުމަށް މި ޕާޓީން އިލްތިމާސްކުރަމެވެ.
ވީމާ މި ޕާޓީގެ ދާއިރާތަކާއި ގޮފިތަކުން އަތޮޅުތެރޭގައި ހިންގާ ސިޔާސީ ޙަރަކާތްތަކުގައި ވެސް 18 އަހަރުން ދަށުގެ ކުޑަކުދިން ބައިވެރި ނުކުރުމަށާއި، ބެލެނިވެރިން ވެސް ކުޑަކުދިން ގޮވައިގެން އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކަށް ނުދިއުމަށް މި ޕާޓީން އިލްތިމާސް ކުރަމެވެ.
- ސެކްރެޓޭރިއަޓް-
[ވިދާޅުވޭ...]

ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުޙައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) އަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މަރުހަބާ ވިދާޅުވެއްޖެ އެވެ.
[ވިދާޅުވޭ...]

ހދ.އަތޮޅު ކުމުންދޫ ކައުންސިލާއި ތ، ގާދިއްފުށީ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 14 އެޕްރީލް 2012 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.
މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ހދ.އަތޮޅު ކުމުންދޫ ކައުންސިލް މެންބަރުކަމަށާއި ތ.ގާދިއްފުށީ ރަށުކައުންސިލަށް ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު 10 މާރޗް 2012 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް އިތުރުކޮށްފީމެވެ.
[ވިދާޅުވޭ...]
މާލޭ ސިޓީގެ ރާޅުގަނޑު ސަރަހައްދުގައި ހުންނަ އެމްޑީޕީ އަންހެނުންގެ ރޫޙްގެ ޖަގަހައިގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާ
1. މުޙައްމަދު މުސްޠަފާ / މ. ސީވޯލް، މާލެ ސިޓީ 77 ވޯޓު
2. އަޙުމަދު ޝަފީޤު / ހ. ރޭޑިއަންޓް، މާލެ ސިޓީ 19 ވޯޓު
3. ޢަބްދުލް ރަޝީދު ޢަބްދުﷲ / ދަފްތަރު ނަންބަރު 1397، މާލެ ސިޓީ 9 ވޯޓު
[ވިދާޅުވޭ...]

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާޞަބަތުގައި ހުރިހާ އަންހެނުންނަށް މަރުހަބާ ދަންނަވަމެވެ. ޚާއްޞަ ގޮތެއްގައި މި ދިވެހިރާއްޖެ ޑިމޮކްރަސީގެ ހަމަމަގަށް އެޅުވުމަށާއި، ދިވެހި ސިފައިންނާއި ފުލުހުންނާއި، މި ބަޣާވާތުގެ ސަރުކާރުގެ އަނިޔާވެރިކަމުން ދިވެހި އުއްމަތް ސަލާމަތްކުރުމަށްޓަކައި ހިއްވަރާއެކު ބުރަކޮށް މަސައްކަތްކުރާ އެންމެހާ ދިވެހި އަންހެނުންނަށް މަރުހަބާ ދަންނަވަމެވެ.
ދިވެހި އަންހެނުންގެ މި މަސައްކަތަށް މާތް ﷲ ހެޔޮ ތައުފީޤް ދެއްވާށިއެވެ! އާމީން
8 މާރޗް 2012
މާރިޔާ އަޙުމަދު ދީދީ
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު
[ވިދާޅުވޭ...]

އެމްޑީޕީގެ “އިންސާފުގެ ދަތުރާ” ގުޅިގެން ފުލުހުން ނުވަތަ ސިފައިންގެ ފަރާތުން އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިއްޖެ ނަމަ، ލަސްނުކުރައްވައި 7792458 އަދި 7776512 މި ނަންބަރުތަކަށް ގުޅުއްވާ އެ މަޢުލޫމާތު ދެއްވުން އެދެމެވެ.
ފޮޓޯ އާއި ވީޑިއޯ ނުވަތަ ހެކިބަސް ހުށަހެޅުމަކީ މިފަދަ މަޢުލޫމާތުތަކުގެ ސައްޙަކަން ދެނެގަތުމަށް ވަރަށް މުހިންމު ކަމަކަށްވާތީ މިފަދަ ހެއްކެއް ލިބިފައިވާ ނަމަ، އެ ފަދަ ލިޔެކިޔުންތައް ވެސް އެމްޑީޕީ އަންހެނުންގެ ރޫހާ ހިއްސާކުރެއްވުން އެދެމެވެ.
8 މާރޗް 2012
އެމްޑީޕީ އަންހެނުންގެ ރޫޙް
[ވިދާޅުވޭ...]

ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ މާދަމާ، 8 މާރޗް 2012 ވާ ބުރާސްފަތި ދުވަހު 1600 އިން 2200 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް (ކެންޑިޑޭޓް ނަންބަރު ތަރުތީބުން) ތިރީގައި މިވަނީ އެވެ.
[ވިދާޅުވޭ...]

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 14 އޭޕްރީލް 2012 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސުމާ ގުޅިގެން މިޕާޓީން ކޮށްފައިވާ، ނަމްބަރު MDP/2012-008 (2 މާރޗް 2012) އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބަށް ވާދަކުރުމަށްޓަކައި ކެންޑިޑޭޓަކު ހޯދުމަށް އެމްޑީޕީ އިން ބޭއްވުމަށް މީގެ ކުރިން ހަމަޖައްސާފައިވާ ޕްރައިމަރީގެ ތާރީހް ބަދަލުކޮށް ދެން ޕްރައިމަރީ ބާއްވާ ތާޜީހަކީ 08 މާރްޗް 2012 ވާ ބުރާސްފަތި ދުވަސް ކަމުގައި ހަމަޖައްސާފީމެވެ.
ވީމާ މިއިންތިހާބަށް ކެންޑިޑެންސީ ހުށަހަޅާފައިވާ ފަރާތްތަކުން އިންތިހާބަށް ވާދަކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކޮށް އެމްޑީޕީގެ ސެކްރެޓޭރިއަޓްއަށް 10 މާރޗް 2012 ވާ ހޮނިހިރު ދުވަހުގެ 1600ގެ ނިޔަލަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާ ލިޔުންތަކާއި ތަކެތި ފެކްސް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ފެކްސްކުރައްވާނަމަ މި ޕާޓީގެ ސެކްރެޓޭރިއަޓްގެ ފެކްސް ނަންބަރު 3322960 އަށް ފެކްސް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.
ވީމާ، މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.
07 މާރޗް 2012
-ސެކްރެޓޭރިއަޓް -
[ވިދާޅުވޭ...]