mdp_banner

Monday, May 14, 2012

އިޢުލާން: އެމްޑީޕީ އިލެކްޝަން 2012

މި ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 16 ޖޫން 2012 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ.

[ވިދާޅުވޭ...]

އިޢުލާން: ތ. އޮމަދޫ ކައުންސިލުގެ ބައި-އިލެކްޝަން

ތ. އޮމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 30 ޖޫން 2012 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.

[ވިދާޅުވޭ...]

Wednesday, May 9, 2012

އިޢުލާން: އއ. މަތިވެރި ކައުންސިލާއި، އދ.ހަންޏާމީދޫ ކައުންސިލުގެ ބައި-އިލެކްޝަން

މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި އއ މަތިވެރި ކައުންސިލަށާއި އދ ހަންޏާމީދޫ ކައުންސިލުގެ މެންބަރުކަމަށް ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 17 މެއި 2012 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި ވަނަވަރުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ. ފެކްސްކުރައްވާނަމަ މި ޕާޓީގެ މައި ސެކްރެޓޭރިއަޓްގެ ފެކްސް ނަންބަރު 3322960 އަށް ފެކްސް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.

[ވިދާޅުވޭ...]

އިޢުލާން: އެމްޑީޕީ އިލެކްޝަންސް 2012

މި ޕާޓީން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް 2 ޖޫންގައި ބޭއްވުމަށް އިއުލާން ކުރެވިފައިވާ އިންތިޚާބުތައް ގައުމީ މަޖިލީހުގެ ގަރާރާއި އެއްގޮތަށް 16 ޖޫން އަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

[ވިދާޅުވޭ...]

Monday, May 7, 2012

އިއުލާން: އެމްޑީޕީ އިލެކްޝަން 2012

މި ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 16 ޖޫން 2012 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ.

[ވިދާޅުވޭ...]

Wednesday, April 25, 2012

އެމްޑީޕީގެ އިންތިޚާބް 2012

މި ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 2 ޖޫން 2012 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ. ވީމާ މިމަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ ސެކްރެޓޭރިއަޓަށް 03 މޭ 2012 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.

[ވިދާޅުވޭ...]

Monday, April 16, 2012

އެމްޑީޕީ އިންތިޚާބް 2012

މި ޕާޓީން ހުސްވެފައިވާ ބައެއް މަޤާމްތަކަށް މީހުން އިންތިޚާބުކުރުމަށް ބާއްވާ އެމްޑީޕީ އިންތިޚާބް 2012, 2 ޖޫން 2012 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމްޑީޕީ އިންތިޚާބު 2012 އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަންތައް (ކެންޑިޑޭޓް ނަންބަރު ތަރުތީބުން) ތިރީގައި މިވަނީ އެވެ. މި އިންތިޚާބް ތަކުގައި ވޯޓް ލެވޭނީ ޕާޓީގެ އަސާސީ ޤަވާއިދުގެ 95 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުން 12 އޭޕްރިލް 2012 ވަނަ ދުވަހާ ހަމައަށް މިޕާޓީގައި ރަޖިސްޓަރީވެ މެންބަރުންގެ ގޮތުގައި ދެމިތިއްބަވާ ބޭފުޅުންނަށެެވެ.

[ވިދާޅުވޭ...]

Thursday, April 5, 2012

އެމްޑީޕީ އިލެކްޝަން 2012

މި ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 2 ޖޫން 2012 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ.

[ވިދާޅުވޭ...]

Tuesday, April 3, 2012

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 103 ވަނަ ބައްދަލުވުމުގެ އެޖެންޑާ

ޖަލްސާ ބާއްވާ ތަން: ދަރުބާރުގޭ ދޮށިމޭނާ މާލަމް
ތާރީޚް: 03 އޭޕްރިލް 2012 (އަންގާރަ) ގަޑި: ހަވީރު 5:00

އެޖެންޑާ

1. ރިޔާސަތުން އަންގާ އެންގުން.

2. ކެބިނެޓް އާއި ޕާލިމެންޓަރީ ގްރޫޕް އާއި ސެކްރެޓޭރިއަޓުން ޤައުމީ މަޖިލީހުގެ މެންބަރުންނަށް މަޢުލޫމާތު އެރުވުން އަދި ޤައުމީ މަޖިލީހުގެ މެންބަރުން މިކަންކަމާ ބެހޭގޮތުން ސުވާލުކުރުމަށް ދެވޭ 20 މިނިޓް.

[ވިދާޅުވޭ...]

Sunday, March 25, 2012

އިޢުލާން: އެމްޑީޕީ އޮފީހުގައި ވަޒީފާއަދާކުރުމުގެ ފުރުޞަތު

މިޕާޓީގެ، ޤައުމީ ސެކްރެޓޭރިއަޓްއަށް ތިރީގައި މިދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.

ރިސެޕްޝަނިސްޓް
ބޭނުންވާ އަދަދު 1

[ވިދާޅުވޭ...]