mdp_banner

Tuesday, November 17, 2015

މަޖިލިހުގައި ބިރުދެއްކިކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް އެދި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފަށް އެމް.ޑީ.ޕީން ސިޓީއެއް ފޮނުވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން މިއަދު އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފަށް ފޮނުވި ދިޓީގައި އެދިފައިވަނީ ދިވެހި ރާއްޖޭގެ ރައްޔިތުނގެ މަޖިލިސް ކުރާގޭގައި މަޖިލިހުގެ އިއްޒަތްތެރި މެމްބަރަކު އެހެނ މެމްބަރުންތަކަކަށް ބިރުދެއްކި ކަމަށްބުނާ މައްސަލައެއް ބަލައިދިނުމަށްއެދިއެވެ. މި ހިނގާ ނޮވެމްބަރ 16، 2015 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަލްފާޟިލް މުޙައްމަދު މުޞްޠަފާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އިތުބާރު […]

[ވިދާޅުވޭ...]

Thursday, November 12, 2015

ކުއްލި – 12 ނޮވެމްބަރ 2015

ކުއްލި ޢަދަދު 2

[ވިދާޅުވޭ...]

Tuesday, November 10, 2015

ކުއްލި ޙާލަތުގައި ސިޔާސީ ހަބަރު ގެނެސްދިނުމަށް ފޮޅިއެއް ނެރެފި

ކުއްލި! މި ފޮޅި ވިދާޅުވުމަށް މި ލިންކަށް ފިތާލާ

[ވިދާޅުވޭ...]

Monday, November 9, 2015

ކުއްލި ޙާލަތުގައި ސިޔާސީ ހަބަރު ގެނެސްދިނުމަށް ފޮޅިއެއް ނެރެފި

ކުއްލި! މި ލީފްލެޓް ބެއްލެވުމަށް މިލިންކަށް ފިތާލާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިރޭ ކުއްލި! މިނަމުގައި ފޮޅިއެއް ނެރެފިއެވެ. މިރޭ ނެރުނު މި ފޮޅީގެ ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް މުޅި ދިވެހިރާއްޖޭގައި އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ހަބަރުތަށް ރައްޔިތުންނާއި ހަމަޔަށް ލީފްލެޓެއްގެ ޒަރީއާއިން ފޯރުކޮށްދިނުމެވެ.

[ވިދާޅުވޭ...]

Thursday, October 29, 2015

ފައިސާގެ ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވި ޕޮލިސް ކޮމިޝަނަރުގެ މަޤާމުން ހުސެން ވަހީދު ވަކިކުރެވި އަލުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރުމުން ކޮރަޕްޝަނަށް މަގުފަހިވާނޭކަމަށް ބުނެ މި މައްސަލަ ބަލާދިނުމަށް އެދި ސިޓީއެއް ފޮނުވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން އެންޓި ކޮރަޕްޝަން ކޮމިޝަންއަށް، ފައިސާގެ ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވި ޕޮލިސް ކޮމިޝަނަރުގެ މަޤާމުން ހުސެން ވަހީދު ވަކިކުރެވި އަލުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރުމުން ކޮރަޕްޝަނަށް މަގުފަހިވާނޭކަމަށް ބުނެ މި މައްސަލަ ބަލާދިނުމަށް އެދި ސިޓީއެއް ފޮނުވައިފިއެވެ. މޯލްޑިވްސް ޕޮލިސް ސާރވިސްގެ ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި ހުސެއިން ވަހީދުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވި ޕޮލިސް ކޮމިޝަނަރުގެ މަޤާމުން 23 އޮކްޓޫބަރު 2015ގައި […]

[ވިދާޅުވޭ...]

ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛު ޙަސަން ލަޠީފަށް އެއް މަސްދުވަހުގެ މުއްދަތަށް އެމަނިކުފާނާއި ބައްދަލު ނުކުރެވޭ މައްސަލަ އެޗް.އާރު.ސީ.އެމަށް

26 އޮކްޓޯބަރ 2015 ގައި ހޯމް މިނިސްޓަރ އަލްފާޟިލް ޢުމަރު ނަސީރު ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛު ޙަސަން ލަޠީފަށް އެއް މަސްދުވަހުގެ މުއްދަތަށް ރައީސް މުޙައްމަދު ނަޝީދުއާއި ބަނދުގައި ތިބޭ އެހެންވެސް ފަރާތެއްގެ ވަކީލެއްގެ ހައިސިއްޔަތުންވެސް ބައްދަލުނުކުރެވޭނެ ކަމަށް އަންގާފައެވެ. މިހެން އަންގާފައިވާތީ މި މައްސލަ ހިއުމަން ރައިޓްސް ކޮމިޝަނަށް އެމް.ޑީ.ޕީން ބަލައިދިނުމަށް އެދި ހުށަހަޅައި ސިޓީއެއް ފޮނުވަައިފިއެވެ. ކޮންމެ މީހަކުވެސް އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ […]

[ވިދާޅުވޭ...]

Monday, October 26, 2015

އެމް.ޑީ.ޕީން އެކްޓިންގ ޕޮލިސް ކޮމިޝަނަރ އާއި ބައްދަލުކުރުމަށް އެދެފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން މޯލްޑިވްސް ޕްލިސް ސާރވިސް މިވަގުތު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ، ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު އަރީފާއި ބައްދަލުކުރެއްވުމަށް އެދި ސިޓީއެއް މިއަދު ފޮނުވައިފިއެވެ. އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސްގެ ރޭންކުގައި ހުންނަވަނިކޮށް، ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އަރީފް ޕްރޮމޯޓް ކުރުމަށް ފަހު، ފުލުހުންގެ އިދާރާ ހިންގުން އެމަނިކުފާނާއި ރައީސް އަބްދުﷲ ޔާމީން ހަވާލު ކުރެއްވީ، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައިި ހުންނެވި ހުސައިން ވަހީދު ވަކި […]

[ވިދާޅުވޭ...]

Monday, September 14, 2015

ސިޔާސީ އިދިކޮޅު ހަރަކާތްތަށް ހިންގުމަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން ކީއްވެބާ؟

ދިވެހި ރާއްޖޭގެ އެންމެ ބޮޑު އިނދިކޮޅު ސިޔާސީ ޕާޓީ އަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް ދައުރެއް ޑިމޮކްރެޓިކް ވެއްޓެއްގައި އަދާކުރަންޖެހޭ ފަރާތަކީވެސް މިވަގުތު އެމް.ޑީ.ޕީ އާއި އެހެނިހެން ސިޔާސީ އިނދިކޮޅު ޕާޓީތަކުންނެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އިނދިކޮޅު ސިޔާސީ ހަރަކާތް ހިންގުމަކީ އެއްގޮތަކަށްވެސް މުޖުތަމައު ބަލައިގަންނަކަމެއް ނޫންކަމުގެ ދަޅަ ދެއްކުމަށްފަހު ސިޔާސީ ޕާޓީތަކަށް އެކި އެކި ފިއްތުންތަށް ދަނީ ކުރިމަތިކުރުވަމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ ކަމަކަށް […]

[ވިދާޅުވޭ...]

Monday, August 17, 2015

އިނގިރޭސި ބޮޑުވަޒީރު ކެމަރަން އެމް.ޑީޕީގެ ޗެއާރޕާރސަންއަށް ޝުކުރު އަދާކުރައްވާ ސިޓީ ފުޅެއް ފޮނުއްވައިފި

ނިމިދިޔަ މޭ މަހުގެ 7 ވަނަ ދުވަހު ބޭއްވުނު އިނގިރޭސި ވިލާތުގެ އާންމު އިންތިޙާބުގައި ކޮންސަވޭޓިވް ޕާޓީ ހޯދެއްވި ބޮޑު އަޢްލަބިއްޔަތަށް މަރުހަބާ ދަންނަވާ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޑެވިޑް ކެމެރަންގެ އަރިހަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާރޕާރސަން އަލީ ވަހީދު ފޮނުއްވެވި ތަހުނިޔާގެ ސިޓީގެ ރައްދުގައި ބޮޑުވަޒީރު ޑޭވިޑް ކެމެރަން ޗެއާރޕާރސަން އަލީ ވަހީދަށް ޝުކުރު އަދާ ކުރައްވައިފިއެވެ. އެމަނިކުފާނުގެ ސިޓީފުޅުގައި އެމްޑީޕީގެ ޗެއާރޕާރސަން އަލީ ވަހީދުގެ ތަހުނިޔާގެ މެސެޖް ލިބިވަޑައިގަތީ ނުހަނު އުފަލާއި […]

[ވިދާޅުވޭ...]

Thursday, June 25, 2015

އެމްޑީޕީއަށް 10 އަހަރު

ސިޔާސީ ޕާޓީއަކަށް 10 އަހަރަކީ ސިޔާސީ ގޮތުން ދޮށީ އުމުރެކެވެ. ފުރަތަމަ 50 ސޮއި، މިއަދު 46،000 ސޮޔަށްވެ، މިޕާޓީއަށް މިއަދު ދިވެހި ރައްޔިތުންގެ 105،181 ވޯޓު ލިބިގެން ދިޔައީ ހަމަ އެންމެ 10 އަހަރު ދުވަހުގެ ތެރޭގައެވެ. މިއަދު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ދިވެހި ރާއްޖޭގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީއެވެ. އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އެންމެ ހިތްވަރުގަދަ މެންބަރުން ތިބި ސިޔާސީ ޕާޓީއެވެ. މިޕާޓީއަކީ ދިވެހި ޒުވާނުންގެ އުންމީދެވެ. އަންހެން […]

[ވިދާޅުވޭ...]