mdp_banner

Sunday, February 12, 2017

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައިގެން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ މައްސަލަ އެ.ސީ.ސީއަށް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަރީފު މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައިގެން އިންތިޚާބަށް ނުފޫޒު ފޯރުވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެމް.ޑީ.ޕީން ހުށަހަޅައިފިއެވެ. އެމް.ޑީ.ޕީން އޭ.ސީ.ސީއަށް ހުށަހެޅި މައްސަލަގައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ޝަރީފު ތ. ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވުނު ޖަލްސާއެއްގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ދިވެހި […]

[ވިދާޅުވޭ...]

Monday, November 28, 2016

އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ޢަލީ ވަޙީދު ޗެއަރޕާސަންކަމުގެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވާފައިވާތީ އެކަން ހާމަކުރުމަށް ނެރޭ ނޫސްބަޔާން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޗެއަރޕާސަން ޢަލީ ވަޙީދު އެމް.ޑީ.ޕީގެ ޗެއަރޕާސަންކަމުގެ މަޤާމުންނާއި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމް.ޔޫ.އޯ) ގެ ނައިބު ލީޑަރުކަމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ. އެމަނިކުފާނު އިސްތިޢުފާދެއްވާފައިވަނީ އެމަނިކުފާނު ޖަލަށްލެވި، އަމިއްލަ ވަޒަނުން އަރުވާލެވި، ބޭރު ޤައުމެއްގެ ޙިމާޔަތުގައިހުންނަވައި، އިތުރަށް މަޤާމް ދެމެހެއްޓުމަށްވުރެ، ޕާޓީއާއި ރާއްޖޭގެ މިވަގުތުގެ ޙާލަތަށް ބައްލަވައި، ޖަމާޢަތުގެ މަސްލަޙަތަށްޓަކައި، ރާއްޖޭގައި ޤާއިމްވެހުރި ފަރާތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. އަދި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށާއި، ޤައުމީ މަޖިލީހުގެ މެމްބަރުންނަށާއި، […]

[ވިދާޅުވޭ...]

Monday, November 7, 2016

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި

14 ޖެނުއަރީ 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް/ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުޞަތު 2016އިލެކްޝަންސް ކޮމިޝަނުން ނޮވެމްބަރ 7 ވާ ހޯމަ ދުވަހުން ފެށިގެން 2016 ނޮވެމްބަރ 21 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ. ރީރެޖިސްޓްރޭޝަން ފޯރމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ […]

[ވިދާޅުވޭ...]

Tuesday, June 21, 2016

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މަޞްލަޙަތު އޮންނަ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ “ޞަދަޤާތު ފައުންޑޭޝަން” ގެ އެކައުންޓަށް 12000 ޑޮލަރު ޖަމާކޮށްދިނުމަށް އެދި އިސްލާމިކް މިނިސްޓަރު އެދިފައިވަނީ މާލިއްޔަތު ޤާނޫނާ ޚިލާފަށްކަމަށްވާތީ ، މި މައްސަލަ ބަލައިދިނުމަށް އެދި ޢޭ.ސީ.ސީއަށް

މިއަދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވި ސިޓީގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއަށްބަލައިދިނުމަށް އެދިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މަޞްލަޙަތު އޮންނަ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ “ޞަދަޤާތު ފައުންޑޭޝަން” އަށް އަބޫދާބީ ޚަލީފާ ފައުންޑޭޝަނުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ދީނީ ވަޤުފު ފަންޑަށް ޖަމާކޮށްފައިވާ 24،000 (ސައްވީސްހާސް) އެމެރިކާ ޑޮލަރުގެ ތެރެއިން 12،000 (ބާރަހާސް) އެމެރިކާ ޑޮލަރު ޞަދަޤާތު ފައުންޑޭޝަނުގެ އެކައުންޓަށް ޖަމާކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީއަށް އިސްލާމިކް […]

[ވިދާޅުވޭ...]

Sunday, May 29, 2016

އެމް.ޑީ.ޕީގެ މެމްބަރުނަށް ބާއްވާ މާހެފުން ޖޫން 3 ވާ ހުކުރު ދުވަހުގެރޭ

އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހުގެ ކުރިން އެމް.ޑީ.ޕީގެ ބާއްވާ މާހެފުމެއް މިހަފްތާގެ ޖުން 3 ވާ ހުކުރު ދުވަހުގެ ރޭ އޮންނާއެވެ. މާހެފުން ބޭވުމަށް ހަމަޖެހިފައިވަނީ ސޯސަންމަގުގައި ހުންނަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ޤައުމީ އިދާރާ ކުރިމަތީ ރޭގނޑު 20:00އިން 23:00އަށެވެ. އެމް.ޑީޕީގެ އާންމު މެމްބަރުންނާއި ، އެމް.ޑީ.ޕީއަށް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުންނަށް މި މާހެފުމަށް ދައުވަތު އަރުވަމެވެ.

[ވިދާޅުވޭ...]

Sunday, February 28, 2016

ނިހާން ހުސެއިން މަނިކު، ރޮޒައިނާ އާދަމްގެ މޫނުފުޅަށް، އަނގަތެރެއަށް ފެންއަޅާފައި ބުރުވާލި މައްސަލަ އެޗް.އާރު.ސީއެމް އަށް

ނިހާން ހުސެއިން މަނިކު، ރޮޒައިނާ އާދަމްގެ މޫނުފުޅަށް، އަނގަތެރެއަށް ފެންއަޅާފައި ބުރުވާލި މައްސަލަ އެޗް.އާރު.ސީއެމް އަށް ހުށަހަޅައިފިއެވެ. ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސާ އަލްފާޟިލާ އާމިނަތު އީނާސް އަށް މިއަދު އެމް.ޑީޕީން މި މައްސަލަ ބަލައިދިނުމަށް އެދި ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ 24 ފެބްރުވަރީ 2016 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އޮތް ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް ތަޅުމުގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރ އަހްމަދު ނިހާން ހުސެއިން މަނިކު، […]

[ވިދާޅުވޭ...]

Tuesday, December 29, 2015

އެމް.ޑީ.ޕީގެ މެމްބާރޝިޕް ފޯމްގައި ރައީސް ނަޝީދުގެ ފިންގަރޕްރިންޓް ޖެހޭނެ އިންތިޒާމެއް ހަމަޖައްސައި ދެއްވުމަށްއެދި ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްފާޟިލް މުޙައްމަދު ޙުޝާމަށް ސިޓީއެއް ފޮނުވައިފިއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްފާޟިލް މުޙައްމަދު ޙުޝާމަށް ސިޓީއެއް ފޮނުވައިފިއެވެ. މި ސިޓީގައި އެމް.ޑީ.ޕީން އެދި ދަންނަވާފައިވަނީ 31 ޑިސެމްބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ކުރިން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ތެރެއިން ފިންގަރޕްރިންޓް ޖެހުމަށްފަހު ފޯމު ހުށަހަޅަންޖެހޭ މެމްބަރުންގެ ތެރޭގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާތީ އެމަނިކުފާނުގެ މެންބަރޝިޕް ފޯމު ފުރުމަށް ފަހު ފިންގަރޕްރިންޓް ޖެހުމަށް މި ޕާޓީގެ ފަރާތުން މި […]

[ވިދާޅުވޭ...]

Thursday, November 26, 2015

“ކުއްލި” 4 ވަނަ އަދަދު

“ކުއްލި” 4 ވަނަ އަދަދު

[ވިދާޅުވޭ...]

Tuesday, November 24, 2015

މާތްﷲ ގެ ހަޒްރަތަށް ދުއާ ކުރުމީ އަދަބު ލިބެންވާނެ ކަމެއް ނޫން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ މަޖިލިސްގެ މެމްބަރު (އިނގުރައިދޫ ދާއިރާގެ ރައީސް) ހަސަން އަހްމަދު އިއްޔެގެ ވަގުތެއްގައި ހައްޔަރު ކުރި ކުރުން ކުއްވެރިކުރަމުން ޝެއިހް ހުސެއިން ރަޝީދު ވިދާޅުވީ މާތްﷲ އަށް ދުއާކޮށް ދެންނެވުމުން ހައްޔަރު ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އިސްލާމިކް މިނިސްޓްރީއިން ދުއާކުރުމާއި ގުޅޭގޮތުން ސާރކިއުލާއެއް ނެރުމަކީ ކަންބޮޑުވަކަމެއް ކަމަށާއި މިގޮތަށް ސަރުކާރުގެ އަމަލުތަށް ގޮސްފައިވާތީ 27 ނޮވެމްބަރުގެ އިހްތިޖާޖުގައި ވީހާވެސް ގިނަ ދިވެހި ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އެދިލެއްވިއެވެ. އަދި 27 […]

[ވިދާޅުވޭ...]

Friday, November 20, 2015

ކުއްލި! އަދަދު 3 ނިކުމެއްޖެ

ކުއްލި! މި ފޮޅި ވިދާޅުވުމަށް މި ލިންކަށް ފިތާލާ

[ވިދާޅުވޭ...]