mdp_banner

Sunday, September 21, 2014

އެމްޑީޕީގެ އާއްމު ޖަލްސާއެއް މާދަމާ ރޭ ކާނިވަލް ސަރަހައްދުގައި އޮންނާނެ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ އާއްމު ޖަލްސާއެއް 22 ސެޕްޓެމްބަރ 2014 ވާ ހޯމަ ދުވަހުގެ ރޭ (މާދަމާ ރޭ) ކާނިވަލް ސަރަހައްދުގައި އޮންނާނެއެވެ. މި ޖަލްސާގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއަރޕާސަން އަލީ ވަހީދުގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގެ އިސްވެރިންނާއި ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެމްޑީޕީގެ މެމްބަރުންނާއި ޕާޓީއަށް ތާޢީދުކުރައްވާ އެންމެހާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ދައުވަތު އަރުވައެވެ.

[ވިދާޅުވޭ...]

Thursday, September 11, 2014

އެމް ޑީ ޕީގެ އާންމު ޖަލްސާއެއް މިމަހު 18 ވަނަދުވަހުގެރޭ އޮންނާނެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް ޑީ ޕީ) ގެ އާންމު ޖަލްސާއެއް 18 ސެޕްޓެމްބަރު 2014 ވާ ބުރާސްފަތިދުވަހުގެރޭ ކާނިވާސަރަހައްދުގައި އޮންނާނެއެވެ. މިޖަލްސާގައި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އާއި ޗެއަރޕާސަން އަލީވަޙިދުގެ އިތުރުން ލީޑަރޝިޕްގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެމް ޑީޕީގެ މެންބަރުންނާއި ތާއީދުކުރައްވާ ހުރިހާބޭފުޅުންނަށް މިޖަލްސާއަށް ދައުވަތުއަރުވަމެވެ.

[ވިދާޅުވޭ...]

Saturday, August 30, 2014

29 އޯގަސްޓް 2014 ވަނަ ދުވަހު ބޭއްވި އެމްޑީޕީ ލީޑަރޝިޕް އިންތިޚާބުގެ ވަޤުތީ ނަތީޖާ (ޗެއަރޕާސަންގެ ނާއިބު މާލީ )

29 އޯގަސްޓް 2014 ވަނަ ދުވަހު ބޭއްވި އެމްޑީޕީ ލީޑަރޝިޕް އިންތިޚާބުގެ ވަޤުތީ ނަތީޖާ (ޗެއަރޕާސަންގެ ނާއިބު މާލީ)

[ވިދާޅުވޭ...]

Saturday, August 16, 2014

ޕެޓީޝަން: ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް ފާސްނުކުރުމަށް ގޮވާލައި އިލްތިމާސްކުރުން

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް ފާސްނުކުރުމަށް ގޮވާލައި ޕެޓީޝަން ޑައުންލޯޑުކުރުމަށް މިލިންކަށް ފިތާލާށެވެ.

[ވިދާޅުވޭ...]

Saturday, August 2, 2014

އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެންބަރުންގެ ލިސްޓް

އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެންބަރުންގެ ލިސްޓް ޕީޑީއެފް ފޯމެޓްގައި

[ވިދާޅުވޭ...]

Thursday, July 10, 2014

ގަރާރު: ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން މިހާރު ހިންގަމުންދާ ޢުދުވާނާ ދެކޮޅަށް އަޑުއުފުލުން

އިސްރާއީލުގެ ދިފާޢީ ޙައްޤު ހިންގަނީކަމުގައި ބުނެ އިސްރާއީލުގެ ފަރާތުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން ނުހަނު ކަންބޮޑުވެ، ނުރުހުން ފާޅުކުރުމުގެ އަޑުން އެކަން އިންތިހާހަށް ކުށްވެރިކުރަމެވެ.

[ވިދާޅުވޭ...]

Tuesday, June 10, 2014

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޕޯސްޓަލް ވޯޓް ތަޢާރަފް ކުރަނީ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޕޯސްޓަލް ވޯޓް ތަޢާރަފް ކުރަނީ

[ވިދާޅުވޭ...]

Sunday, June 1, 2014

އެމްޑީޕީ ޗެއަރޕާސަންގެ ނާއިބު (މާލީ) އިންތިޚާބް 2014

MDP/2014/035 އެމްޑީޕީ ޗެއަރޕާސަންގެ ނާއިބު (މާލީ) އިންތިޚާބް 2014 މިޕާޓީގެ ޗެއަރޕާސަންގެ ނާއިބު (މާލީ) އިންތިޚާބް 29 އޯގަސްޓް 2014 ވާ ހުކުރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމަޤާމަށް ކުރިމަތިލައްވަން އެދޭ މެންބަރުން 15 ޖޫން 2014 ވާ އާދިއްތަ ދުވަހުން ފެށިގެން 24 ޖޫން 2014 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއަޓް ހ.ޝަރާޝާ ގްރައުންޑް ފްލޯރ އަށް އިންތިޚާބަށްކުރިމަތިލުމަށްއެދޭ ފޯމާއި ތާއީދުފޯމް ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށްއެދޭފޯމާއި ތާއީދު ފޯމް […]

[ވިދާޅުވޭ...]

Monday, May 12, 2014

އެމްޑީޕީ އަންހެނުންގެ ރޫޙް އަދި ޒުވާނުންގެ ހިތްވަރު އިންތިޚާބްގެ ދާއިމީ ނަތީޖާ

MDP/2014/031 އެމްޑީޕީ އަންހެނުންގެ ރޫޙް އަދި ޒުވާނުންގެ ހިތްވަރު އިންތިޚާބްގެ ދާއިމީ ނަތީޖާ 9 މޭ 2104 ވީ ހުކުރު ދުވަހު ބޭއްވި މި ޕާޓީގެ އަންހެނުންރޫޙް އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބްގެ ދާއިމީ ނަތީޖާ އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ. އެމްޑީޕީ އަންހެނުންގެ ރޫޙް އަދި ޒުވާނުންގެ ހިތްވަރު އިންތިޚާބްގެ ދާއިމީ ނަތީޖާ ޕީޑީއެފް ފޯމެޓްގައި

[ވިދާޅުވޭ...]

Saturday, May 10, 2014

އަންހެނުންގެ ރޫޙް އަދި ޒުވާނުނުްގެ ހިތްވަރު އިންތިޚާބުގެ ވަޤުތީ ނަތީޖާ

އަންހެނުންގެ ރޫޙް އަދި ޒުވާނުނުްގެ ހިތްވަރު އިންތިޚާބުގެ ވަޤުތީ ނަތީޖާ އަންހެނުންގެ ރޫޙް އަދި ޒުވާނުނުްގެ ހިތްވަރު އިންތިޚާބުގެ ވަޤުތީ ނަތީޖާ

[ވިދާޅުވޭ...]