mdp_banner

Thursday, May 23, 2013

ޖޭއެސްސީގެ ރައީސް އާދަމް މުޙައްމަދު ޝަރީއަތްތަކަށް ނުފޫޒު ފޯރުވަމުންދާތީ އަންނަ ހޮނިހިރުގައި އެމްޑީޕީން މުޒާހަރާ ކުރަނީ

ޖުޑިޝަލް ސަރވިސް ކޮމިޝަން )ޖޭ.އެސް.ސީ(ގެ ރައީސް އާދަމް މުޙައްމަދު ޝަރުޢީ ކޯޓް ތަކުގައި ކުރިއަށްދާ މައްސަލަތަކަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުން ގެންދާތީ އެކަމާ ދެކޮޅަށް އިހްތިޖާޖް ކުރުމުގެ ގޮތުން އެމްޑީޕީން ބާއްވާ މުޒާހަރާ އަންނަ ހޮނިހިރު ދުވަހު )25 މޭ 2013( ހަވީރު 4 ޖަހާއިރު މާލޭގަ އުސްފަސްގަނޑުން އަދި ރަށްރަށުގެ ހަރުގެ ތަކުން ފެށޭނެއެވެ.

[ވިދާޅުވޭ...]

Monday, May 20, 2013

އެމްޑީޕީގެ ދޭތިން ފަހެތި ކެންޕެއިންގެ ހަރަކާތް މެލޭޝިއާގައި ބާއްވައިފި.

މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޯގައި ހަރަކާތްތެރިވަމުންދާ އެމްޑީޕީގެ ކެންޕެއިން އެޖެންޓުންނަށް އަމާޒުކޮށްގެން ޚާއްޞަ ބައްދަލުވުމެއް މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބާއްވައިފިއެވެ.

[ވިދާޅުވޭ...]

Sunday, May 19, 2013

އެމްޑީޕީ ސިޔާސަތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުމަށް އެމްޑީޕީގެ ޓީމްތައް ހަރަކާތްތެރި ވަމުން އެބަދޭ.

އެމްޑީޕީ ސިޔާސަތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުމަށާއި އެމްޑީޕީގެ ދޭތިން ފަހެތި ކެންޕެއިންގެ ދަށުން ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމް މިހަފްތާގައިވެސް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ކުރިއަށް އެބަދެއެވެ.

[ވިދާޅުވޭ...]

Saturday, May 18, 2013

އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙްކޮށްފި

އެމްޑީޕީގެ އެގްރިވިޔަފާރި ނުވަތަ ދަނޑުވެރި ކަމުގެ “ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” ސިޔާސަތުގެ މިނީ މެނިފެސްޓޯ ޤައުމީ ފެންވަރުގައި އިފްތިތާޙް ކޮށްފިއެވެ.

[ވިދާޅުވޭ...]

Friday, May 10, 2013

މަށެއް ނޫން ސަރުކާރަކަށް ވޯޓުލައިގެން މަށަށް ވާނޭ އެއް ވެސް ފައިދާއެއް ނޯންނާނެ – އަލީވަހީދު

މަށެއް ނޫން ސަރުކާރަކަށް ވޯޓުދީގެން ދިވެހިރައްޔިތުންނަށް ވާނޭ އެއްވެސް ފައިދާއެއް ނޯންނާނޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

[ވިދާޅުވޭ...]

Saturday, May 4, 2013

21 ރަށެއްގައި މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމަށް ޓީމުތައް ފުރައިފި.

“މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” މިނަމުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމަށް ޓީމުތައް ފުރައިފިއެވެ.

[ވިދާޅުވޭ...]

Thursday, May 2, 2013

ރާއްޖޭގެ 21 ސަރަޙައްދެއްގައި ޤައުމީ ފެންވަރުގައި މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން އޮންނާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، އަންނަ ހޮނިހިރު ދުވަހު) 4 މެއި 2013) ހަވީރު 4 ޖަހާއިރު ގދ. ތިނަދޫގައި “މިނިވަން މަސައްކަތްތެރިޔާ – ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” މިނަމުގައި މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙް ކޮށްދެއްވާނެއެވެ.

[ވިދާޅުވޭ...]

މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން އަންނަ ހޮނިހިރު ދުވަހު ހަވީރު

“މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” މިނަމުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން އަންނަ ހޮނިހިރު ދުވަހު ހަވީރު އޮންނާނެއެވެ. ގދ. ތިނަދޫގައި ބާއްވާ ރަސްމިއްޔާތުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު “މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު އެވެ.

[ވިދާޅުވޭ...]

Tuesday, April 30, 2013

ދިވެހި މަސައްކަތްތެރިންގެ ޙައްޤުގައި އެމްޑީޕީ 1 މޭ 2013 ގައި ނިކުންނަނީ.

“ދިވެހި މަސައްކަތްތެރިންގެ ޙައްޤުގައި އެމްޑީޕީ” މި ނަމުގައި 1 މޭ 2013 ވާ ބުދަ ދުވަހު ހަވީރު ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފަވެއެވެ. އުސްފަސްގަނޑު ސަރަޙައްދުން ހަވީރު 4 ހަޖާއިރު ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގައި ޝުޢޫރު ފާޅުކުރުމާއި އެކި ބޭފުޅުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

[ވިދާޅުވޭ...]

Saturday, April 27, 2013

އެމްޑީޕީ “އެއް ބުރުން” ޚާއްޞަ ޖަލްސާއެއް ރޭ އައްޑޫ ސިޓީގައި ބާއްވައިފި

އެމްޑީޕީން “އެއް ބުރުން” މި ނަމުގައި ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުހައްމަދު ނަޝީދު ޝަރަފްވެރިކޮށް ދެއްވި މި ޚާއްޞަ ޖަލްސާ ކުރިއަށް ދިޔައީ އައްޑޫ ސިޓީގެ ހިތަދޫގައެވެ.

[ވިދާޅުވޭ...]