mdp_banner

Monday, June 17, 2013

މެނިފެސްޓޯ އޮޑީގެ މެންބަރުން ހދ. ނޮޅިވަރަންފަރު، ނޭކުރެންދޫ އަދި ވައިކަރަދޫގެ ހާލަތު ދެނެގަނެފި.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) މިހާރު ފަށާފައިވާ މެނިފެސްޓޯ އޮޑި ހދ. ނޮޅިވަރަންފަރު، ނޭކުރެންދޫ އަދި ވައިކަރަދޫއަށް ދަތުރުކޮށް އެ ތިން ރަށުގެ ރައްޔިތުންނާ ބައްދަލުކޮށްފިއެވެ.

[ވިދާޅުވޭ...]

Sunday, June 16, 2013

ރައީސް ނަޝީދު ހޮވަންޖެހޭ ސަބަބަކީ ރައްޔިތު މީހާއަށް ދާއިމީ ފައިދާވާނެތީ – މަޖިލިސް މެންބަރުން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވެރިކަމަށް ހޮވަން ޖެހޭ ސަބަބަކީ ރައްޔިތު މީހާއަށް ދާއިމީ ފައިދާ ލިބިގެންދާނޭތީ ކަމަށް މެނިފެސްޓޯ އޮޑީގެ ދަތުރުމަތީގައި އުޅުއްވާ ޕާލަމެންޓް ގްރޫޕްގެ މެންބަރުން ވިދާޅުވެއްޖެއެވެ.

[ވިދާޅުވޭ...]

Saturday, June 15, 2013

މިއަދު ވެސް “ބޯޑިންގޕާސް އެއްބުރުން” ފަންޑް ރެއިޒިންގ ހަރަކާތް ކުރިޔަށް ގެންދިޔަ

އައްޑޫ ސިޓީގެ އެމްޑީޕީގެ ކެމްޕެއިން ޓީމުން ރާއްވަވައިގެން އެއްބުރުން ރައީސް ނަޝީދު ހޮވުމަށް މިހާރު ކުރިޔަށް ގެންދާ ހަރަކާތުގައި މިއަދު ވެސް “ބޯޑިންގޕާސް އެއްބުރުން” ފަންޑް ރެއިޒިންގ ހަރަކާތް ކުރިޔަށް ގެންދިޔައެވެ.

[ވިދާޅުވޭ...]

އޮމަދޫ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށް މިއަދު ބޭއްވުނު ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ

ތ. އަތޮޅު އޮމަދޫ ކައުންސިލުގެ ހުސްވެފައިވާ ގޮޑިއަށް މެމްބަރަކު ހޮވުމަށް މިއަދު(15 ޖޫން 2013-ހޮނިހިރު) ބޭއްވުނު ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާނު ކުރައްވައިފިއެވެ.

[ވިދާޅުވޭ...]

Thursday, June 13, 2013

މެނިފެސްޓޯ އޮޑީގެ މެންބަރުންނަށް ހދ. ކުމުންދޫއިން ޖޯޝުންފުރިގެންވާ މަރުޚަބާއެއް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) މިހާރު ފަށާފައިވާ މެނިފެސްޓޯ އޮޑި ހދ. ކުމުންދޫއަށް ބަނދަރު ކުރުމުން އޮޑީގެ މެންބަރުންނަށް ކުމުންދޫގެ ރައްޔިތުން ޖޯޝުން ފުރިގެންވާ މަރުޚަބާއެއް ދަންނަވައިފިއެވެ.

[ވިދާޅުވޭ...]

މެނިފެސްޓޯ އޮޑީގެ މެންބަރުން ހދ. ނެއްލައިދޫގެ ހާލަތު ދެނެގަނެފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) މިހާރު ފަށާފައިވާ މެނިފެސްޓޯ އޮޑި ހދ. ނެއްލައިދޫއަށް ބަނދަރުކޮށް، މެނިފެސްޓޯ އޮޑީގެ މެންބަރުން އެރަށުގެ ރައްޔިތުންނާ ބައްދަލު ކޮށް އެރަށުގެ ހާލަތު ވަރަށް ގާތުން ދެނެގަނެވިއްޖެކަމަށް އޮޑިން މައުލޫމާތު ދިނެވެ.

[ވިދާޅުވޭ...]

Wednesday, June 12, 2013

އެމްޑީޕީ ހަރުގެއެއް ހދ. ކުރިނބީގައި ހުޅުވައިފި.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން މިހާރު ފަށައިފައިވާ “އެއްބުރުން” ކެންޕެއިން ޕްރޮގްރާމް ތަކުގެ ތެރެއިން އެމްޑީޕީގެ ސިޔާސަތުތައް ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެމްޑީޕީން ދަތުރު ފަށައިފައިވާ މެނިފެސްޓޯ އޮޑީގެ ދަތުރުގެ ތެރޭގައި ހދ. ކުރިނބީގައި އެމްޑީޕީގެ ހަރުގެއެއް ހުޅުވައިފިއެވެ.

[ވިދާޅުވޭ...]

Tuesday, June 11, 2013

ތ. އޮމަދޫ އެމްޑީޕީ މެމްބަރުންނާއި އެމްޑީޕީއަށް ތާއީދުކުރައްވާ ބޭފުޅުންނަށް ބާއްވާ ޚާއްޞަ ބައްދަލުވުމެއް މިރޭ 9:00ގައި މާފަންނު މަދަރުސާގައި އޮންނާނެ

ތ. އޮމަދޫ ކައުންސިލްގެ ބައި އިލެކްޝަންއާއި ބެހޭގޮތުން ވާހަކަ ދައްކާ ޚިޔާލު ބަދަލުކޮށްލުމަށް ބާއްވާ ވަރަށް ޚާއްޞަ ބައްދަލުވުމެއް މިރޭ 9:00ގައި މާފަންނު މަދަރުސާގައި އޮންނާނެއެވެ. ވީމާ ތ. އޮމަދޫގެ އެންމެހާ މެމްބަރުންނާއި އެމްޑީޕީއަށް ތާއީދުކުރައްވާ ބޭފުޅުން މިބައްދަލުވުމަށް ވަޑައިގެނެނެވުމަށް ދަޢުވަތު އަރުވަމެވެ.

[ވިދާޅުވޭ...]

Monday, June 10, 2013

ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށާއި އެއްބުރުން ޖަލްސާއަށް މުޅި ހޯރަފުށި ތައްޔާރު ވެއްޖެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދާއި އެމަނިކުފާނާއެކު ހއ ހޯރަފުއްޓަށް ވަޑައިގަންނަވާ ކެމްޕޭން ޓީމަށް މަރުޙަބާ ދެންނެވުމަށާއި އެއްބުރުން ޖަލްސާއަށް މުޅި ހޯރަފުށި ތައްޔާރުވެއްޖެއެވެ.

[ވިދާޅުވޭ...]

އައްޑޫ ސިޓީއިން އިންތިޒާމް ކޮށްގެން “ބޯޑިންގ ޕާސް އެއްބުރުން” މި ނަމުގައި މާލޭގައި ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެއްބުރުން ހޮވުމަށްޓަކައި އައްޑޫ ސިޓީއިން އިންތިޒާމް ކޮށްގެން “ބޯޑިންގ ޕާސް އެއްބުރުން” މި ނަމުގައި މާލޭގައި ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ.

[ވިދާޅުވޭ...]