mdp_banner

Wednesday, February 22, 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގައި ހުންނެވި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ހިތްވަރުފުޅުގަދަކަން ފާހަގަކޮށް، ޖެނީވާ ސަމިޓްގައި އެ މަނިކުފާނަށް އެވޯޑެއް ދެއްވައިފި އެވެ. އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ސަމިޓް ކަމުގައިވާ ޖެނީވާ ސަމިޓްގައި، ހިތްވަރުގަދަ ކަމުގެ އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ވަނީ ތަގްރީރު ވެސް ކުރައްވައިފަ އެވެ.

[ވިދާޅުވޭ...]

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ޒައިދު ރައާދު އަލް ޙުސައިންއާއި އެމް.ޑީ.ޕީގެ ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ. އަންގާރަ ދުވަހު ހެނދުނު ޖެނީވާގައި އޮތް މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ހީނަރުވަމުން އަންނަ ސިޔާސީ މަޝްރަޙާ ގުޅޭ ގޮތުން ޒައިދު ރައާދު އަލް ޙުސައިންނާއި ރައީސް ނަޝީދު ވަނީ މަޝްވަރާކުރައްވާފައެވެ.

[ވިދާޅުވޭ...]

Monday, February 20, 2017

ޖެނީވާ ސަމިޓް ފޯ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު ޖެނީވާއަށް ވަޑައިގަންނަވައިފި

ޖެނީވާގައި މިހާރު ކުރިއަށްދާ 9 ވަނަ ޖެނީވާ ސަމިޓް ފޯ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީގައި ބައިވެރިވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު ޖެނިވާއަށް އާދީއްތަ ދުވަހު ވަޑައިގަންނަވައިފިއެވެ. ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު އިންސާނީ ޙައްޤުތަކާ ގުޅޭ މި ސަމިޓުގައި އެކިއެކި ޤައުމުތަކުގެ ސިޔާސީ ކުށްވެރިންނާއި އިންސާނީ ޙައްޤުތަކަށް މަސަައްކަތްކުރައްވާ މުހިއްމު ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއަހަރުގެ ސަމިޓުގައި ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ތުރުކީ، ރަޝިޔާ، ވެނެޒުއޭލާ، އީރާން، ވިއެޓްނާމް، ޓިބެޓް، ކޮންގޯއާއި ހައްދުފަނަޅާފައިވާ އިސްލާމިކް ސްޓޭޓްގެ […]

[ވިދާޅުވޭ...]

Monday, February 13, 2017

ރައީސް މުޙައްމަދު ނަޝީދު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެންބުރި ފުރާވަޑައިގެންފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ސްރީލަންކާގެ ކޮލޮމްބޯއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި އިނގިރޭސި ވިލާތަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ހިޒް އެކްސެލެންސީ މައިތިރިޕަލަ ސިރިސެނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހެ އާއި ބައްދަލުކުރައްވާފައިވެއެވެ. އަދި އޭގެ ކުރިން ބޭރުގެ ގިނަ އަދަދެއްގެ ޑިޕްލޮމެޓުންނާވެސް ބައްދަލުކުރައްވާފައިވެއެވެ. އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއި، އެމް.ޑީ.ޕީގެ އިސްފަރާތްތަކާއި، ޤައުމީ […]

[ވިދާޅުވޭ...]

Monday, January 30, 2017

އެމް.ޑީ.ޕީގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު ލަންކާ އަށް ކުރައްވާ ދަތުރުފުޅު

އެމް.ޑީ.ޕީގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު ލަންކާ އަށް ކުރައްވާ ދަތުރުފުޅުގައި ޕާޓީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭގޮތުން މުހިންމު ކަންކަމާއި މެދު މައްޝްވަރާކުރައްވައިފި. މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވުނު ކަންކަމާއި ބެހޭ މައުލޫމާތު އިއްތިހާދު ވެވިފައިވާ ޕާޓީތަކާއި ހިއްސާކުރުމަށްފަހު ހާމަކުރާނެ ވާހަކަ ދަންނަވަމެވެ.

[ވިދާޅުވޭ...]

Thursday, January 19, 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޙައްސަ ޕެނެލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލް ގޯ އާއެކު ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ ހާއްސަ ޕެނެލެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު އެމެރިކާއަށް މިއަދު ވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދުގެ އިތުރު މި ޕެނެލްގައި ބައިވެރިވެވަޑައިގަންނަވަނީ އެމެރިކާގެ ކުރީގެ ނަައިބު ރައީސް އަލް ގޯ އާއި މަޝްހޫރު ފިލެންތްރޮޕިސްޓެއްކަމުގައިވާ ޖެފް ސްކޮލް އާއި ފިލްމް ޕްރޮޑިއުސަރ ހެދަރ ރައި އާއި މަޝްހޫރު ތިމާވެށީގެ ސައިންސްވެރިޔާ ޑރ. ޑޭވިޑް ސުޒުކީއެވެ. ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ މި […]

[ވިދާޅުވޭ...]

Tuesday, January 10, 2017

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރުމަށް އެދި ފޮނުވާފަައިވާ މައްސަލައަކީ ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ދައުލަތުން ކުރައްވާ ކަމެއް

2010 ވަނަ އަހަރު ދިވެހިރާްއްޖޭގެ ދިފާޢީ ބާރުގެ ބެއްލެވުމުގެ ދަށުން މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އަބްދުﷲ ޔާމީން ކ. އާރަށުގައި ބެހެއްޓިކަމަށް ބުނާ މައްސަލައިގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޕްރޮސެކިިއުޓަރ ޖެނެރެލްގެ އޮފީހަށް މިހާރު ފޮނުއްވާފައިވާ މައްސަލައަކީ ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ދައުލަތުން ކުރައްވަމުން ގެންދަވާ ކަމެއް ކަމުގައިވާތީ ޕްރޮސެކިއުޓަރ ޖެނެރެލްގެ ޤަނޫނީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރައްވައި އެ މައްސަލަ […]

[ވިދާޅުވޭ...]

Monday, November 14, 2016

ރައިޒިން ޕީސް ފޯރަމްގައި ރައީސް މުޙައްމަދު ނަޝީދު ތަޤްރީރު ކުރައްވާނެ

އިނގިރޭސިވިލާތުގެ ކޮވެންޓްރީ ކައުންސިލާއި ކޮވެންޓްރީ ޔުނިވަރސިޓީ ގުޅިގެން ބާއްވާ ‘ރައިޒިން ޕީސް ފޯރަމް’ ނިންމާލުމުގެ ހާއްސަ ޙަފްލާގައި ރައީސް މުޙައްމަދު ނަޝީދު ނޮވެމްބަރ 15 ވަނަ ދުވަހު ވާހަކަފުޅު ދައްކަވާނެއެވެ. ހަމަނުޖެހުން ހައްލުކުރުމަށް މަޝްވަރާއާއި ޞުލްޙަވެރި އުސޫލް ބޭނުންކުރުމަށް ބާރުއަޅައި ދުނިޔޭގައި ހިނގަމުން އަނަން ބޮޑެތި ހަމަނުޖެހުން ޙައްލުކުރުމާ މެދު ދުނިޔޭގެ ލީޑަރުންނާއި ފަންނީ ޢިލްމުވެރިން ހިމެނޭ ގޮތަށް ބާއްވާ ޕީސް ފޯރަމް އޮންނާނީ އިނގިރޭސިވިލާތުގެ ކޮވެންޓްރީގައި ނޮވެމްބަރު 15 ން 16 އަށެވެ. މި އަހަރުގެ […]

[ވިދާޅުވޭ...]

Sunday, November 6, 2016

ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއާ ގުޅޭ ގޮތުން ވިލްޓަން ޕާކް ކޮންފަރެންސްގައި ރައީސް މުޙައްމަދު ނަޝީދު ތަޤްރީރުކުރައްވާނެ

ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއާ ގުޅޭ ގޮތުން ބާއްވާ ޙާއްސަ ކޮންފަރެންސެއްގައި ނޮވެމްބަރ 7 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދު ތަޤްރީރު ކުރައްވާނެއެވެ. އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހާއި، ސެންޓަރ ފޯ އެންވައިރަމެންޓް، ފިޝަރީޒް އެންޑް އެކުއަރކަލްޗަ ސައިންސާއި، ތަރައްެޤީވަމުން އަންނަ ޤާއުމުތަކާއި ޖަޒީރާ ޤައުމުތަކުގެ އދ. ގެ ހާއްސަ މަންދޫބުގެ އޮފީހާ ގުޅިގެން ބާއްވާ ވިލްޓަން ޕާކް ކޮންފަރެންސް އޮންނާނީ ބްރިޓިޝް ވަރޖިން އައިލެންޑުގައި ނޮވެމްބަރު 7 ން 9 އަށެވެ. ޖަޒީރާ ޤައުމުތަކުގެ […]

[ވިދާޅުވޭ...]

Sunday, October 23, 2016

ޕީ ޕީ އެމް ޝަރީއަތުގައި ރައީސް މައުމޫންގެ އެންމެހައި އިސްތިއުނާފްގެ ފުރުސަތުނިގުޅައިގަތުން ކުއްވެރިކޮއް، ރައީސް ޔާމީންގެ ނޭއްގާނީ އަމަލުތަކުގެ ޝިކާރައަށް އިތުރު ބަޔަކު ވުމުގެ ފުރުސަތު ނުދީ، އެންމެހައި ސިޔާސީ ޕާޓީތަކަޢި ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށް ގޮވާލެއްވުން.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ހިންގުން އެޕާޓީގެ މުޝްތަޝާރާ ޙަވާލުކުރުމަށް ސިވިލްކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަޟިއްޔާއިން ވަނީ ކަނޑައަޅާފައެވެ. ސިވިލް ކޯޓުގެ އެނިންމުން އެޕާޓީން އިސްތިއުނާފު ކުރުމަށާއި އަދި އެމައްސަލައަކީ އެޕާޓީގެ ރައީސްގެ މަސްލަޙަތު އޮތް މައްސަލައެއް ކަމަށް ވުމުން އެޕާޓީގެ ރައީސް ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އެމައްސަލަ އިސްތިއުނާފް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންގެ ތެރެއިން، ހުޅުދޫ ދާއިރާގެ މެންބަރު […]

[ވިދާޅުވޭ...]