Maldivian Democratic Party » 17 ފެބްރުއަރީ 2010 ގައި އާޓިފިޝަލް ބީޗު ގައި ބޭއްވި އެމްޑީޕީގެ ޚާއްޞަ ޖަލްސާގެ ތެރެއިން

Thursday, February 18, 2010

17 ފެބްރުއަރީ 2010 ގައި އާޓިފިޝަލް ބީޗު ގައި ބޭއްވި އެމްޑީޕީގެ ޚާއްޞަ ޖަލްސާގެ ތެރެއިން

12 Comments »

  1. ލިބޭ މިހުރިހާ ކާމިޔާބީ ހެޔޮގޮތުގައި ހިފާ ރައްޔިތުންނަށް ތަނަވަސް ތިޔާގި ދިރިއުޅުމެއް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރާށެވެ. ގޮ* ބޯގެ ސްޓްރެޓަޖީ މިހާރު ބަދަލުކުރަމުން އެދަނީ މަކަރުވެރި ހިޔަޅެއް ފަދައިން މިރާއްޖޭގެ ވެރިކަން ހޯދުމަށެވެ. ގޮޅާބޯ އޮރިޔާން ވެގެން ނަމަވެސް މިރާއްޖޭގެ ވެރިކަން ބޭނުން ވާނެ އެވެ. އެ ޖައްލާދު ޖަހަމުން ދާމަޅިން ދިވެހިން ސަލާމަތް ކުރައްވާށިއެވެ. އަންނި އާއި ޓީމަށް މަރުހަބާ! އަދި މިވަޤުތު ހެޔޮވިސްނުނު އިއްޒަތްތެރި ދެ މެމްބަރުންނަށް އަލްހާން އާއި ޤަފޫރަށް ވަރަށް ހޫނު މަރުހަބާ އެއް އަރިސް ކުރަމެވެ.

    Comment by VENFUNNA — Sunday, February 21, 2010 @ 2:53 pm

  2. ސަރުކާރުގެ ސަމާލު ކަމަށް” އިންޑިއާއަކީ ކޮބާހެއްޔެވެ؟ ނުވަތަ ހިންދުސްތާނަކީ، މީގެ 75000 އަހަރު ކުރިން ޓެމިލްނާޑޫ ނުވަތަ ހޮމޯ އެރެކްޓަސްގައި ސަޕިންސްޒް ދަރިކޮޅުގެ ބަޔަކު އެންމެ ފުރަތަމަ އުޅުނު ހިންދުސްތާނެވެ. ބައެއް ތާރީޚީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އިންޑިޔާގައި އިންސާނުންގެ ދަރިފަސްކޮޅު ދެމިގެން އަންނަތާ 500000 އަހަރު ވެދާނެއެވެ. އޭޝިޔާއަށް ނިސްބަތްވާ ގިނަ ނަސްލުތައް ފެށިފައި ވަނީ ވެސް ހިންދުސް ތާނުގެ ތަފާތު ސަރަހައްދު ތަކުންނެވެ. މިގޮތުން ބަލާއިރު، އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 750 އަހަރު ކުރިން ދިވެހި ރާއްޖެއަށް އެންމެ ފުރަތަމަ (ދީވީ ނަސްލުގެ) ބަޔަކު ހިޖުރަކޮށްފައި ވަނީ ވެސް އިންޑިއާ ނުވަތަ ހިންދުސް ތާނުގެ ކަންޏާ ކުމާރީ ސަރަ ހައްދުންނެވެ. ޖުމުލަ ގޮތެއްގައި ދިވެހިންގެ ނަސްލަކީ ދީވީ ނަސްލެވެ. ނަމަވެސް އޮޅުދޫ ކަރައިގެ ރެދިން ނުވަތަ ވެއްދާއިންނާއި، ސާންސްކިރިތް ބަހުން އެއީވެސް އިންޑި އަނުންނެވެ. ފުރަތޯ ސުމަތުރާ ( މިހާރުގެ ނަމުން ސުމަޓްރާ) އިންނާއި، އަރަބި އަދި އެފްރިކަން ނަސްލުގެ ދަރިކޮޅު ހިމެނެއެވެ. ނަމަވެސް ހުރިހާ ގޮތަކުން ދިވެހިންނާއި އެންމެ ބޮޑަށް ގުޅުން އޮތީ މައިގަނޑު ގޮތެއްގައި އިންޑިއާގެ އުޚުއްވަތް ތެރި ރައްޔިތުން ނާއެވެ.
    ތާރީޚީ ގޮތުން ވެރިކަމުގެ މައްޗަށް އޮތް ގުޅުމަށް ބަލާއިރު،1275 އެސް300 އަހަރު ކުރިން ވެސް އިންޑިއާގެ ޗޯލާ ރާޖާއިންގެ ރަސްކަމާއި ދިވެހިންގެ ރަސްކަމާއި ގުޅުން އޮތެވެ. ވަކިން ޚާއްސަކޮށް، ރާއްޖެއަށް ދިމާވި ބޮޑެތި ޙާދިސާތަކުން ސަލާމަތް ހޯދުމުގެ ގޮތުން ވެސް ރާއްޖޭގެ ބޯދާ ރަސްރަސް ކަލުން އަސްކަރީ އެހީ ހޯއްދެވީ އިންޑިއާގެ ކުންނޫރުގެ ރަސްރަސް ކަލުންގެ ފަރާތުންނެވެ. ދިވެހިރާއްޖޭގެ ގައުމީ ޙަޔާޔުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އުދުވަނީ ހަމަލައަކީ ޕޯޗްގީޒުންގެ ބަޔަކު މިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގާލުމާއި މިގައުމު 17 އަހަރު ވަންދެން އަޅުވެތި ކުރުންކަމަށް ވީހިނދު، އުތީމު މުޙައްމަދު ތަކުރުފާނު ފަހުން އައްޞުލްޠާ ނުލް ޢާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޒަމު ސިރީ ސަވާދީއްތަ މަހާރަދުން ޕޯޗްގީޒުންގެ އަޅުވެތި ކަމުން ދިވެހި އުއްމަތް ސަލާމަތް ކޮށްދެއްވީ ވެސް އިންޑިއާގެ ކުންނޫރުގެ ( ކަންނައްނޫރު) އަލީރާޖާގެ އަސްކަރީ އެހީ ހޯއްދަވާއި ގެންނެވެ. ފަހުގެ ތާރީޚަށް ނަޒަރު ހިންގާއިރު، 3 ނޮވެމްބަރ 1988 ތަމަޅަ އުދުވާނީ ހަމަލާއިން ވެސް ދިވެހި އުއްމަތް ސަލާމަތްވީ އިންޑިއާގެ އަސްކަރީ އެހީ ހޯދާއި ގެންނެވެ. އެއީ މަރުޙޫމު ރަޖީވު ގާނދީގެ ޙިކުމަތްތެރި އަވަސް ފިޔަވަޅުންނެވެ.
    ކަންއޮތީ މިހެންކަމަށް ވީހިނދު، ދިވެހި ގައުމުގެ ތާރީޚީ ބަފަޔަކީ، އިންޑިއާއެވެ. އިންޑިއާގެ އެހީ ތެރިކަމާ ނުލާ ރާއްޖޭގެ ގައުމީ ތަރައްގީ ކުރިއަށް ގެންދެވޭނެ ހެއްޔެވެ؟ ނުގެންދެ ވޭނެއެވެ. ކާބޯތަކެތިން ގޮސް ބޭސްވެރިކަމުގެ ދާއިރާއަށް ބެލިއަސް އިންޑިއާގެ އެހީތެރިކަމާ ނުލާ މިގައުމުގެ ފުދުންތެރި ކަމެއް ނެތެވެ. ދަންނަ ވަންތޯއެވެ؟ ފިނި ހަނގުރާމަ ނިމިއްޖެއެވެ ދުނިޔެ ކޮލޮނައިޒް ކުރުމުގެ ނުބައި އަމަލު އިންސާނުންގެ މެދުން އެއްކިބާވެ ހިގައްޖެއެވެ. ޔޫރަޕްގެ އިއްތިހާދީންގެ ހިއްވަރާއެކު އދ އުފެދި ދުނިޔޭގެ ގައުމުތަކުގެ މުސްތަގިއްލު ކަމުގެ މައްޗަށް ބިރެއްނެތެވެ. ވީހިނދު، ދިވެހިރާއްޖޭގެ އެންމެ ބޮޑު އަވަށްޓެރި ގައުމަކީ ވެސް އިންޑިއާއެވެ. އެންމެ ބޮޑަށް ގުޅުން ބަދަހި ކުރަން ޖެހެނީ ވެސް އިންޑިއާގެ އުޚުއްވަތްތެރި ރައްޔިތުން ނާއެވެ.
    އަޅުގަނޑު މިސަރުކާރަށް ގޮވާލަނީ، ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނާއި އެއްގޮށްވާ ގޮތުގެ މަތިން އިންޑިއާއެކު ރަޙުމަތް ތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރަށްވާށެވެ. ރާއްޖޭގެ މުސްކުޅި ތާރީޚު ދައްކަނީ ވެސް މިޙަގީގަތެވެ. ޙަގީގަތަކީ މިއީކަމަށް ވީހިނދު، މިހަގީގަށް އޮޅުވާ ލުމަށްޓަކާ މަޢުމޫނު އަބުދުލް ގައްޔޫމު ވިދާޅުވާނެއެވެ މިސަރުކާރުގެ ސިޔާސަތަކީ ގައުމުގެ ހަރުމުދާ ވިއްކުމެވެ. މިއިބާރާތް ކޮޕީކޮށް މަވޯޓާ ޝަރީފް ވެސް މިމޭރުމުން ވާހަކަ ދައްކަވާނެއެވެ.

    Comment by Hassan Mahir / Huludoo — Monday, February 22, 2010 @ 2:59 am

  3. އަމިއްލަ ޚިޔާލު.
    އިންސާނާ އަށް ކޮންމެ ދެރަކަމެއް ދިމާވާ ފަހަރުކު ގިސްލާ ރޮވެއެވެ. ފިޠުރަތުގެ އުސޫލުތަކުގެ މަތިން މިހެން އިންސާނާގެ ކުރިމައްޗަށް ދެރަކަމެއް ދިމާވާ ހަމަކޮންމެ ފަހަރަކު ވަނީ، ކީއްވެ ހެއްޔެވެ؟ އެކަންއެވަނީ ދެރަކަމެއް ދިމާވާ އިރު، އިންސާނާގެ ސިކުނޑީން އެކަން ހަމަ ޖެއްސުމަށް ޓަކާ ލޭގެ ތެރެއަށް ސިގުނަލް ތަކެއް ސިކުނޑިން ފޮނުވައެވެ. މިސިގުނަލް އިންސާނާގެ ހަށިގަނޑުގެ ތެރޭގައި އަދާކުރާ ދައުރަކީ، ގިސްލާ ރޮވުމަށް ބާރުއެޅުމެވެ. ޙަގީގަތުގައި ފިޠުރަތުގެ މިހިކުމަތަކީ، ދެރަވުމާއި، އުފަލާއި ދެމެދު ހިނގާ ހަނގުރާމަ އެކެވެ. މިއީ ތެދެއްކަން ގަބޫލު ކުރެވެނީ ދެރަކަމެއްގެ މައްޗަށް މީހަކު ރޮވިއްޖެ ނަމަ، އެކަމެއްގެ މައްޗަށް ދެރަވުމުގެ އިހްސާސް އިންސާނާގެ ޒަމީރުން ފިލާދެއެވެ.
    މިމޭރުމުން ވިސްނާ އިރު، ވެރިކަމުގެ ބާރުތަކާއި އަދި ނޫސްވެރިކަމާއި، މާސްމީޑިއާ ކަމުގައި ވިޔަސް ހަރުދަނާވެ ދޮންވެ ފަތްކާވަނީ ފިޠުރަތުގެ އުސޫލުން ފާޑުކިޔެވި ކަންކަމާ މެދު ބަހުސްކުރެވި އެފަދަ ކަންކަމުގެ މައްޗަށް ނަޢަރާ ކުރެވި ގެންނެވެ. މިއަދު މިރާއްޖޭގެ ސިޔާސީ މަސްރަހުން ގައުމުގެ ސިޔާސީ އަދި ދުސްތޫރީ ވެށީގައި ހިނގަމުން މިދާ ސުލްހަވެރި ހަނގުރާމައަކީ، ވެރިކަން ހަރުދަނާވުމާއި، ނޫސްވެރިކަން ހަރުދަނާ ވުމާއި، މުޅި މާސްމީޑިއާ ހަރުދަނާ ވުމުގެ އަލާމާތެވެ. ވެރިކަމުގެ ގާނޫނީ އަދި އިޖުތިމާޢީ އަދާލަތު ހަރުދަނާވެ މުޅި ވެރިކަމުގެ ޙުކޫމަތު ދޮންވެ ފަތްކާވުމެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، އިންސާނާގެ ކިބައިން ހުރިހާ ކަމެއްގެ މައްޗަށް އަދުލުވެރިކަން ފެންނަން ޖެހެއެވެ. ވިސްނަވާށެވެ’ އަނިޔާވެރިކަމުން އިންސާނުން އެއްކިބާވުމަށް ﷲ ސުބުހާނަހޫ ވަތަޢާލާ މުޅި އިންސާނިއްޔަތުގެ މައްޗަށް ގޮވާލެއްވި ހިނދު، އެންމެ ފުރަތަމަ އަނިޔާވެރިކަން އެކަނލާގެ އަމިއްލަ ޒާތުފުޅުގެ މައްޗަށް ހަރާމް ކުރެއްވިއެވެ. ﷲ ތަބާރަކަ ވަތަޢާލާގެ މިޙިކުމަތުން އިންސާނާގެ ދިރިއުޅުމުގެ ވެށި ހަރދުނާކޮށް، ތިމާކުރާ ކޮންމެ އަމަލެއްގެ މައްޗަށް ތެދުވެރި ވާށެވެ.
    މަތީގައި ނަންގަނެވުނީ، ފިޠުރަތުގެ ހަގީގަށް ކަމުގައި ވީހިނދު، ނޫސްވެރިކަމުގެ ރިވެތި ސިފައަކީ، ކޮބާ ހެއްޔެވެ؟ (1) ރިވެތި އަޚުލާގާއި، (2) ދުސްތޫރީ ޤާނޫނުގެ މައްޗަށް އިޙްތިރާމް ކުރުމާއި، (4) ޖާނަ ލިސްޓެއްގެ ކިބައިގާ ހުންނަން ޖެހޭ ޝަޙްސީ ސިފަތަކާއި، (5) އެކަމުގެފަންނު ވެރިކަމާއި (6) ތެދުވެރިކަމެވެ. މިމުހިއްމު ހަ ސިފަތަކުން އެއްކިބާވެ ނޫސްވެރިކަން ކުރުމަކީ، މުޖުތަމަޢުގެ ހަލާކެވެ. ޙަގީގަތުގައި މިއަދު ރާއްޖޭގެ ނޫސް ވެރިންނަކީ، ސިޔާސީ ގޮތުންނާއި، އިޖުތިމާއީ ގޮތުން މުޖުތަމަޢުގެ އެންމެހާ ކަންކަމުގެ މައްޗަށް ވަފާތެރި ބަޔަކަށް ވާންޖެހެއެވެ. ޚާއްސަކޮށް، މިއަދު ރާއްޖެއަކީ، ސިޔާސީ ގޮތުން މުޅި މުޖުތަމަޢު ބަދަލު ވަމުންދާ ގައުމަކަށް ވީހިނދު، ނިއުސް ރޫމުގައި އިންނަ މީހާގެ ބޭބޭ ވެރިކަމުގެ މައްޗަށް ނުރުހުނަސް އަދި ރުހުނަސް ވަކިފަރާ ތަކަށް ނުޖެހި ޚަބަރު ލިއުއްވާ ނުވަތަ ގެނަސް ދެއްވާ ބައެއްގެ ގޮތުގައި ވުމަކީ، ޔަގީނުން ވެސް ރާއްޖޭގެ ސިޔާސީ މުސްތަގު ބަލް ހަރުދަނާ ކުރުމަށް ޖާނަލިސްޓުން ނަށް މަސައްކަތް ކުރެވިދާނެ ދާއިރާކަށް ވީހިނދު، މި ލޮބުވެތި ވަޠަނުގެ ރައްޔިތުންގެ ވިސްނުމާއި، މުޖުތަމަޢުގެ ވިންދާއި، ގުޅުންހުރި އެންމެހާ ކަންކަމުގެ މައްޗަށް ޙައްގު ގޮތުގައި ނޫސްވެރިން ރަތްކާތެރި ވާން ޖެހެއެވެ. މިސާލަކަށް ނިއުސްރޫމުގައި މަސައްކަތް ކުރާތީ ގާތްތިމާގެ މީހާގެ އެދުމަށް ވުރެ، ބޮޑަށް މުޖުތަމަޢުގެ މަސްލަޙަތުގެ މައްޗަށް އިސްކަން ދެއްވަން ޖެހެއެވެ. އެހެންކަމުން އިންސާނާގެ ޠަބީޢީ ވިސްނުމަށް ހެއުބަދަލު އަންނާނީ ފިޠުރަތުގެ އުސޫލުން އިންސާނާގެ ވިސްނުމަށް އަންނަ އިލްމީ ބަދަލު ތަކެއްގެ ސަބަބުން، އިންސާނާގެ ދިރިއުޅުމުގެ ވެށީގައި ހިނގާ ކަންކަމުގެ މައްޗަށް ފާޑުކިޔެވި ނަޢަރާ ކުރެވި ގެންނެވެ. މިއަދު ރާއްޖެއިން މިފެންނަނީ މިކަމުގެ ހެއު އަލާމާތެވެ.
    މަތީގައި ނަންގަނެވުނު ކަންކަން ޠަބީޢީ އުސޫލުން ބަދަލުވިޔަސް އަޖާއިބު ވާފަދަ ޠަބީޢީ ސިފައެއް އިންސާނާއަށް ލިބެއެވެ. އެހެނީ، ދުނިޔޭގެ ތަޖުރިބާއިން ދައްކާގޮތުގައި އިންސާނެއްގެ ޠަބިއްޔަތުން ފިލާނުދާ ބޮޑު ވަބާއަކީ ގިނަދުވަހު ވެރިކަން ކޮށް، އެވެރިކަމުން އަލާ ނުކެނޑޭ ވެރިންގެ ވަބާއެވެ. މިސާލަކަށް ބައްލަވާށެވެ’ މިރާއްޖޭގައި 30 އަހަރު މެދު ނުކެނޑި ވެރިކަން ކުރެއްވި ކުރީގެ ރައީސުލް ޖުމުހޫރިއްޔާ ވެސް އެ އުޅުއްވަނީ ރިޔާސީ ރޭހުން ދުރަށް ދިއުމަށް އަމިއްލަ ޡަމީރު ތަންނުދީ ގެންނެވެ. ކީއްވެ ހެއްޔެވެ؟ ވެރިކަމުން އަލާ ނުކެނޑޭ ބަލި ޖެހުނީއެވެ. ދާދިފަހުން ގައުމީ ލީޑަރެއްގެ ގޮތުގައި ހުންނެވުމަށް ވީ ވަޢުދުގެ މަތިން ހަނދާން ނެތި ތިމާއަށް ސަޖިދަ ކުރާ ގައުމީ ނާގަވާރުންގެ އަނާޅީ ވިސްނުމަށް މަގުފަހި ކުރަނީއެވެ. މޫސާގެފާނުގެ ގައުމުގެ ފިރުއައުނު ހަލާކުވީ ވެސް ހާމާނުގެ ސަބަބުންނެވެ.

    Comment by Hassan Mahir / Huludoo — Monday, February 22, 2010 @ 2:47 pm

  4. މުޒާހަރާ ކުރުމުގެ އިންތަކާއި މުޒާހަރާ ކުރުމުގެ މަގުޞަދަކީ، ކޮބާހެއްޔެވެ؟ ގައުމެއްގެ ރައްޔިތުން ސަރުކާރެއްގެ ސަމާލުކަމަށް ކަންކަން ގެނައުމަށްޓަކާ ނުވަތަ ސަރުކާރެއްގެ ސިޔާސަތު ކަމުނުދާތީ އިހުތިޖާޖު ކުރުމުގެ ގޮތުން މުޒާހަރާކޮށް އުޅެއެވެ. އަދި މުޖުތަމެއްގެ ތެރޭގައި ހިނގާ އެހެނިހެން ކަންކަމުގެ މައްޗަށް ވެސް ދުނިޔޭގެ އެތަންމިތާގައި އެމީހުންގެ ގައުމީ ހައްގު ލިބިގަތުމަށް މުޒާހަރާކޮށް އުޅެއެވެ. ނަމަވެސް އެއީ އެއްވެސް ހާލެއްގައި ގައުމެއްގެ އަސްކަރީ ބާރުތަކާއި ދެކޮޅަށް ކުރާ ކަމެއްނޫނެވެ. މިސާލަކަށް ސަރުކާރެއް ވެއްޓުނަސް ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމިއޮންނަން ޖެހެއެވެ. ގައުމުގެ އަމަން އަމާންކަން ދެމިއޮންނަން ޖެހެއެވެ. މި ނަންގަނެވުނު ކަންކަމުގެ މައްޗަށް ނަޒަރު ހިންގާ އިރު، ގައުމެއްގެ އަމަން އަމާންކަން ދެމިއޮންނާނީ ގައުމުގެ އަސްކަރީ ބާރުތަށް ފުރިހަމަކަން މަތީ ދެމި އޮވެގެންނެވެ. ހަގީގަތުގައި ސަރުކާރެއް ދެކެ ރައްޔިތުން ނަފްރަތު ކުރިޔަސް ގައުމުގެ އަސްކަރީ ބާރުތަކުގެ ތެރެއަށް އެއްވެސް ހައިސިއްޔަތަކުން ވަދެގަތުމީ ދައުލަތެއްގެ މިނިވަންކމާއި، ސިޔާދަތު ގެއްލި މުޅި ގައުމު ނުރަށްކަލުގެ ތެރެއަށް ވެއްޓުންކަމުގައި ވީހިނދު، ރާއްޖޭގެ ދިފާޢީ ބާރު ރަމްޒް ކޮށްދޭ މައިމަރުކަޒް ދޮށަށް އެއްވުމަކީ، އެއްވެސް އިރެއްގައި ކޮށްގެންވާނެ ކަމެއްނޫނެވެ. އެހެނީ، ގައުމެއްގެ ދިފާޢީ ބާރުތައް ރަމްޒްކޮށް ދެނީ، ދައުލަތުގެ މިނިވަންކަމާއި، ސިޔާދަތެވެ. ގައުމެއްގެ އަމަން އަމާންކަމެވެ. ސިފައިންނާއި ފުލުހުންނަކީ، ގައުމެއްގެ ރަށްކައުތެރި ކަމުގެ މަސްދަރަށް ވީހިނދު، އެއްވެސް ބަޔަކު އެއްވެސް އިރެއްގައި ގައުމުގެ އަސްކަރީ ބާރުތައް ދެމިއޮންނަ މަރުކަޒުތަކުގެ ހުރުމަށް ކެނޑާއި ގެން ނުވާނެއެވެ.
    މިމޭރުމުން ވިސްނާއިރު، ސިފައިންގެ ކުރިމައްޗަށް އެއްވުމާއި، ދައުލަތާއި ސަރުކާރުގެ އަދި ސިފައިންނާއި، ފުލުހުންގެ އެންމެ އިސްވެރިޔާ ރައީސުލް ޖުމހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު އުޅުއްވާ ރިޔާސީ ގަނޑުވަރު ކުރި މައްޗަށް ޑީއާރުޕީ އަށް ނިސްބަތްވާ ބަޔަކު އެއްވުމުގެ ޙާދިސާއަކީ، މިރާއްޖެއަށް މިގެނެވުނު ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެމްޑީޕި އިއްތިހާދީ މެންބަރުންނާއި، ދިވެހި ސަރުކާރުން ކުރަމުން ދާ މަސައްކަތުގެ މައްޗަށް ހުރަސް އެޅުންކަމަށް ވީހިނދު، ދިވެއްސެއްގެ ޙައިސިއްޔަތުން ޑީއާރުޕީއަށް ނިސްބަތްވާ ބަޔަކު ހިންގި މިފިނޑި އަމަލު އިންތިހާއަށް ކުށްވެރި ކުރަމެވެ. އަޅުގަނޑުގެ ނަޒަރުގައި، މައްސަލަ ވަރަށް ސާފެވެ. މިއެއްވުން ބޭއްވުމުގެ ޙަގީގީ މަޤުޞަދަކީ، ރާއްޖެއަށް މިގެނެވުނު އިސްލާޙީ ބަދަލު ތަކުގެ މައްޗަށް ރައްޔިތުން އޮޅުވާލުމާއި، ޤައުމުގައި ހަމަނުޖެހުން އުފައްދާ ޤައުމު ބައިބައި ކޮށްލުމެވެ. މިކަމުގެ ފަހަތުގައި ތިބީ ޤައުމަށް ޣަދަރު ވެރިވީ ބޮޑެތި ސަޢުދާ ގަރުންނާއި، އެމީހުންގެ ފަރާތުން މަންފަޢަތައް ލިބުނު ބާޝާއިންނެވެ. މިއީ ޤަބޫލު ކުރެވޭނެ ކަމެއްނޫނެވެ. އެހެނީ، ޚުދުމުޚުތާރު ވެރިކަމެއް ވެއްޓި ޑިމޮކްރަސީ އަކަށް ޤައުމު ފުރޮޅިގެން ދާއިރު، ޅަ ޑިމޮކްރަސީ ހިމާޔަތް ކުރުމަކީ، ރައްޔިތުންނާއި ސަރުކާރުގެ މަސްޢޫލިއްޔަ ތަކަށް ވީހިނދު، ޤައުމުގެ އަމަން އަމާންކަން ޙިމާޔަތް ކުރުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރާ ގައުމުގެ އަސްކަރިއްޔާގެ މިނިވަންކަމާއި، ހުރުމަށް ދެމި އޮންނަން ޖެހެއެވެ.

    Comment by Hassan Mahir / Huludoo — Tuesday, February 23, 2010 @ 10:12 am

  5. ހުޅުހެންވޭރު ދާއިރާގެ އިއްޒަތްތެރި މެންބަރު ރީކޯ މޫސާ މަނިކުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކާރުކޮޅުން ބަނގުރާތަކެއް ފެނުމަކީ، އަޅުގަނޑުމެން އެމްޑީޕީގެ މެންބަރުން ލަދުވެތިވާން ޖެހޭކަމެކެވެ. ގިނަގުނަ ސުއާލުތަކެއް ހިތުގައި އުފެދޭ ކަމެކެވެ. އަދި މިހާދިސާގެ މައްޗަށް ހިތާމަކޮށް، މިމައްސަލަ ހަރުދަނާ ގޮތުގައި ތަހުގީގު ހިންގުމަށް ރާއްޖޭގެ އަސްކަރީ ބާރުތަކަށް ގޮވާލަމެވެ. ނަމަވެސް މޫސާ މަނިކު ރާއްޖޭގައި ނެތުމުން މިހާދިސާގެ މައްޗަށް ގިނަގުނަ ސުއާލު ތަކެއް އެބަ އުފެދެއެވެ. އެހެނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހޮޓާތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ އަންނަމަހުން ފެށިގެން ދިނުމަށް ސަރުކާރުން ނިންމިތާ 24 ގަޑި ނުވަނީސް ކަމަށް ވީހިނދު މިހާދިސާ ރަނގަޅަށް ތަހުގީގު ކުރަން އެބަޖެހެއެވެ.

    Comment by Hassan Mahir / Huludoo — Wednesday, February 24, 2010 @ 1:49 am

  6. މިރާއްޖޭގައި 30 އަހަރަށް ދެމިގެން ދިޔަ އަލް އުސްތާޛު މަޢުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމަކީ، ރާއްޖޭގެ އުތުރާއި ދެކުނުގެ ލޮބުވެތި ރައްޔިތުން ނަށް ޢިޖުތިމާއީ އަދާލަތުގެ ތެރެއިން ކެހިލިބުނު ވެރިކަމެކެވެ. އެއީ ތަރައްގީގެ ރަން 30 އަހަރެއް ނޫނެވެ. އެވެރިކަމަކީ، ޤާނޫނުތަކާއި، ގަވާއިދު ތަކުގެ މައްޗަށް ވެރިން ބޭނުން ފުޅުވި ކުލައެއް ޖައްސާ ފުލުސްކޯޓް އުފައްދާ އަދުލު އިންސާފް ޚަރާބު ކޮށްލި ވެރިކަމެކެވެ. އިޤުތިޞާދީ އިލްމު ނެތި ރާއްޖޭގެ ސެންޓަރަލް ބޭންކްގެ ގަވަރުނަރު ކަން ކުރަށްވާ ޖުމުލަކޮށް ދަންނަވާ ނަމަ، ދައުލަތް ހިންގުމުގެ އެންމެހާ ޤާނުނީ ބާރުތައް ވެރިޔާގެ އަންބޮނޑި ދަށަށްލާ ހިންގި ވެރިކަމަކީ، ދިވެހި ރައްޔިތުން ނަށް މުސީބާތް ކުރިމަތި ކުރުވި ވެރިކަމެކެވެ. ވަކިން ޙާއްސަކޮށް، ރާއްޖޭގެ އުތުރާއި ދެކުނުގެ ރައްޔިތުން ނަށް ޤަޢުމީ ތަރައްޤީގެ ރާޙަތުން މަޙުރޫމުވެ ކެހިލިބުނު ވެރިކަމެކެވެ. ސަބަބަކީ ކޮބާތޯއެވެ؟ ލާމަރުކަޒީ ވިސްނުންތަކުން އެއްކިބާވެ ދަޢުލަތް ހިންގުމެވެ. އެހެންކަމުން މަޢުމޫނުގެ 30 އަހަރުގެ ވެރިކަމަކީ ތަރައްގީގެ ރަން ޒަމާނެއް ކަމުގައި ހެދުމަށް ތިމާމެންގެ ދޫ އޮތަސް އެއްވެސް ބަޔަކު މަސައްކަތް ނުކުރާށެވެ. ޙައްޤު ބާޠިލު އެއްޗަކަށް ނެހެދޭނެއެވެ.
    މީލާދީ ސަނަތުން 1980 އަހަރުން 1990 އަހަރާއި ހަމައަށް މުޅި ދުނިޔޭގެ އިގުތިސާދު އޮތީ އިފާޖަހާ ދޮންވެ ފައްކާވެ ފައެވެ. އެހެންކަމުން ދުނިޔޭގެ ރަހުމަތްތެރި ގައުމުތަކުގެ ހިލޭ އެހީތައް އައީ ރާއްޖެއަށް އޮހެމުންނެވެ. ފަތުރުވެރި ކަމާއި، މަސްވެރިކަމުގެ ސިނާޢަތުން ރާއްޖެއަށް ލިބުނު ފައިސާތައް ދިޔައީ ބިލިއަނުން ގުނާ ލެވެމުންނެވެ. ވީހިނދު، މައުމޫނުގެ ޒަޢާމަތުގައި މިރާއްޖެއަށް ގެނަސް ދެއްވި ތަރައްގީއާއި ތަހުޒީބުގެ ހުރި އޮއްޓަރު ސަލާމަތް ބުއްދީގެ އަހުލުވެރިން މިރާއްޖޭގެ ކަންކޮޅު ތަކުން ކަމުގެ ހަގީގަށް ނިކަންދެކޭށެވެ’ ރާއްޖޭގެ އިތުރާއި ދެކުނުގައި ސާފްބޯފެން ފޮދެއް ނެތެވެ. ނަރުދަމާ ނިޒާމުގެ ޚިދުމަތެއް ނެތެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ރައްޔިތުން ތަރައްގީގެ ރާޙަތުން މަހުރޫމުކޮށް، ރާއްޖޭގެ އުތުރާއި ދެކުނު ފަޅުކޮށް، ރައްޔިތުން މާލެއަށް ހިޖުރަ ކުރާނެހާ ދަންތުރަ ސިޔާސަތުތައް ރާވާ ކުޑަސިޓީ ތަޢާރަފް ކުރި ސަރުކާރަކަށް ވީހިނދު، އެއީ ތަރައްގީގެ 30 އަހަރުގެ ޒަޢާމަތެއް ހެއްޔެވެ؟
    މިއަދު ރައްޔިތުން ވިސްނަންވީ އަދުގެ ސަރުކާރުން ދިވެހި ދައުލަތް ހިންގުމުގެ ސިޔާސަތު އޮތްގޮތާއި މެދުގައެވެ. ޔަޤީނުން ވެސް މިސަރުކާރުގެ ސިޔާސަތަކީ، ލާމަރުކަޒީ ޢުސޫލުތަކުގެ މައްޗަށް މިދަޢުލަތް ހިންގުން ކަމަށް ވީހިނދު، 2500 އަހަރަށް ފަހު ދިވެހި ރައްޔިތުންގެ ވެރިކަން ދިވެހިންގެ އައްމަޗަށް ފިރުކިގެން އައީ ޙިކުމަތް ތެރިކަމާއެކު، ބަޔަކު ގުރުބާންތަކެއް ވެގެންނެވެ. އެހެންކަމުން 30 އަހަރުގެ މަޢުމޫނުގެ ޚުދުމުޚުތާރު ވެރިކަމުގެ މައްޗަށް ވިސްނާ ޢިބުރަތް ޙާސިލް ކުރުމަކީ، ރާއްޖޭގެ ވެރިކަމުގެ މުސްތަޤުބަލް ކަނޑައެޅުމަށް ދިވެހިލޮބު ވެތި ރައްޔިތުން ނަށް މުހިއްމު ފުރުޞަތެކެވެ.

    Comment by Hassan Mahir / Huludoo — Wednesday, February 24, 2010 @ 1:50 am

  7. ފަހުމީއެވެ’ ތިޔަ މައްސަލަ އަދި ވެވަހަކަށެ ވެންނޭނެއެވެ. ޒަމާނީ ޑިމޮކްރަސީގައި މިނިވަން މުއައްސަސާތައް އޮތުމުގެ ޙިކުމަތަކީ ކޮބާހެއްޔެވެ؟ ޑރ ޖަމީލެވެ’ ތިޔަ މައްސަލައިގެ ސީޢާ ވެށަވަތް ފުލްކި މީދާ ގެންގޮސް ފިއެވެ. ބުނަން ތޯއެވެ؟ ތަންކޮޅެއް ކުރީގެ ބޯދާ ވިސްނުން ތަކުގެ ތެރެއިން، ރަސްރަސް ކަލުންގެ ހިރިޔާފާތުރާ ދަށުން މަގާމުތަށް ލިބި އެކަމުގެ ލާލަޗްގައި ރަސްގެފާނަށް ސަޖިދަކުރި ބޯދާ ވިސްނުން އެއްމެން ދޫކުރާށެވެ. ގަބޫލުކުރަން ޖެހެނީ އެފަދަ ވިސްނުމާއި ބޯދާ ކައްޓަރު އުސޫލުތައް މިއަދު ދުނިޔެއިން ނެތި ހިނގައްޖެކަމެވެ. މިއަދު ދިވެހި ލޮބުވެތި ރައްޔިތުން ވިސްނަންވީ ވެރިކަމުގެ ސިޔާސަތުގެ މައްޗަށް ހައްދު ފަހަނަޅާ ދިއުމުގެ އާދަ ދޫކޮށްލުމެވެ. ތަޢުލީމީ ގާބިލު މިލަފްޒުގެ މައްޗަށް ތިމާ ބުގިސް ނުވުމެވެ. ދުނިޔޭގެ ތަހުޒީބު އުސޫލުތައް ދަސްކޮށް، ހައްދު ފަހަނަޅާ ދިއުމުގެ ވަބާއިން، މިންޖުވުމެވެ. ކޮމިއުނިޒަމްގެ ފިލޯސަފިކް އުސޫލުތައް އުފެއްދި އެކަމުގެ ބާނީ އަދި ރަޝިޔާގެ ވެރިކަން ކުރެއްވި ވަލަޑަމީރު ލެނިންގެ ފެންވަރަކީ، ގުރޭޑް ހަތެއްގެ ފެންވަރެވެ. ތަޢުލީމީ ގާބިލު ކަމުގެ މައްޗަށް އުއްމުލް ގުރާވެ އެއްވެސް ބަޔަކު ބޮޑާނުވާށެވެ. އެންމެ ބޮޑު ސަނަދަކީ، ހިލްމުވެރިކަމެވެ. މައުމޫނު ނެތަސް މިރާއްޖޭގެ ވެރިކަންކުރާނެ މީހުން އެބައުޅެވެ. މިރާއްޖޭގެ ރަސްކަންކުރި މަހާ ކަލިމިންޖާގެ ރަސްކަމާއި، ޝާންޝައުކަތު ވެސް މިއަދުނެތެވެ. ކުރީގެ ރައީސް މަޢުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ދަށްމަޅިތައް ވެސް އޮއްސި ނިމިއްޖެއެވެ. ހަގީގަތެއް ބުނަން ތޯއެވެ’ ރާއްޖެ ޗެމްބާރސްގެ ފަރާތުން ޑރ ޖަމީލު ތިޔަ މައްސަލައިގެ ގާނޫނީ ވަކީލެއްގެ ބައި އަދާކުރުމަކީ، ދެވަނަ ވިސްނުމެއްގެ މައްޗަށް ދާންޖެހޭ ކަމެއްނޫނެވެ. މިކަމުގައި ތިޔަހުރީ ދެމުރިގަށް ސިޔާސީ ކުލަޖެހިފައެވެ.
    ދައުލަތަށް ލިބޭ އާމްދަނީ މަދުވެއްޖެނަމަ، ސިވިލްސަރ ވެންޓުންގެ މުސާރަ ކުޑަކުރަން ޖެހެއެވެ. ވެގެންއުޅެނީ އެންމެ ކަމެކެވެ. ރަށުގައި އަފޫރުއްބަ ގާނޫނީ ވަކީލުން ގިނަވީއެވެ. ތެދެކެވެ’ ކަންކަމުގައި އިންސާނުންގެ ޠަބީޢީ ވިސްނުމަށް ބަލާއިރު، ވިސްނުމާއި، ޚިޔާލަކީ ތަފާތު އެއްޗެކެވެ. ދައުލަތް ހިންގުމުގެ ފުރަމާނަ ވެށީގައި ބައެއްމީހުން ލޯބިވަނީ ނުވަތަ ރުހުމުގެ ތަރުހީބު ދެވެނީ، އިންސާނާގެ ބޭރުފުށުން ފެންނަ ޖިސްމާނީ ސިފަތަކުގެ މައްޗަށެވެ. ނަމަވެސް އަޅުގަނޑުގެ ވިސްނުން ތަފާތެވެ. އަޅުގަނޑު ލޯބި ކުރަނީ ނުވަތަ ރުހުމުގެ ޒަމީރަކަށް ބަލަނީ ކަންކުރަން އޮންނަ ހަރުދާނާ އުސޫލުތަކާއި، ސިޔާސަތުގެ މައްޗަށެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ސިވިލްސަރ ވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަކީ، އެބަޔަކު ދައުލަތާއި ސަރުކާރަށް ގާނޫނީ އިމުގެ ތެރޭގައި އެއްބާރުލުން ދިނުން ކަމަށް ވީހިނދު، މި މައްސަލާގައި ފިނޭންސްގެ ޖަވާބުދާރީ ވުމަށް ބީރު ކަންފަތެއްދީ މިނިވަން މުއައްސަސާ ތަކުގެ ޙިކުމަތް އޮޅުވާލުމަކީ، ޑިމޮކްރަސީގެ ރޫޙާ ޚިލާފުކަމެކެވެ. ގައުމު ފަސާދަވުމެވެ.

    Comment by Hassan Mahir / Huludoo — Wednesday, February 24, 2010 @ 5:45 pm

  8. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ އަންނަ މަހު ފުރަތަމަ ދުވަހުން ފެށިގެން ދޭގޮތަށް އިކްނޮމިކް މިނިސްޓަރީން އިއުލާން ކުރުމާއި ގުޅިގެން މުޅި މުޖުތަމަޢުގެ ތެރޭގައި އުފެދި އަދި އުފެދެމުންދާ މައްސަލަ ތަކުގެ ސަބަބުން މުޅި މުޖުތަމަޢު ފަސާދަ ވެދާނެކަމުގެ ބިރު އެބައޮތެވެ. އެހެނީ މިއަންނަ ހުކުރު ދުވަހު ރާއްޖޭގެ ތަފާތު ސަރަހައްދު ތަކުގައި މި މައްސަލައާއި މެދު މުޒާހަރާތައް ކުރުމަށް ގިނަބަޔަކު ދަނީ ތައްޔާރު ވަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމުއްޔާތަށް ކަމަށް ވީހިނދު، ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީ ވެސް މިކަމުގައި ހިމެނެއެވެ. ހަގީގަތަކީ، މިއީ ކަމަށް ވާއިރު، މިކަމުގެ ސަބަބުން މުޅި ގައުމުގެ މަސްލަހަތު އެފުށުން މިފުށަށް ޖެހި އަޅުގަނޑު މެންގެ ޕާޓީގެ އިތުބާރާއި، ތާއިދު ރައްޔިތުންގެ ކިބައިން ގެއްލި ހިނގައި ދާނެއެވެ.
    އެހެންކަމުން މިގަވާއިދު ގެޒެޓް ނުކުރުމަށް ވަރަށް އިޚްލާސްތެރި ކަމާއެކު، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ކުރަމެވެ. ކަންއޮތީ މިހެންކަމަށް ވީހިނދު، އެ މަނިކުފާނު ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު ދެއްވާ ރޭޑިއޯ ޙިޠާބުގެ ތެރެއިން، އެ ގަވާއިދު ގެޒެޓް ނުކުރަށްވާނެ ކަމަށާއި، ބަނގުރަލާއި އޫރުމަހާއި، އޫރުމަހުން އުފައްދާ ތަކެތި ދިވެހި ރާއްޖެއަށް ގެނައުމާއި، ދިވެހިރާއްޖޭގައި ގެންގުޅުމާއި ބޭނުން ކުރުމުގެ ގަވާޢިދުގެ މައްޗަށް ރޭޑިއޯ ޙިޠާބުގައި ވާހަކަ ދެއްކެވުން މުހިއްމެވެ. އަދި އެ ގަވާއިދު ކަނޑަ އެޅިގެން ގެޒެޓް ނުކުރަށް ވާނެ ކަމުގައި މުޅި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަންނަ ހުކުރު ދުވަހުގެ ރޭޑިއޯ ޙިޔާބުގައި އިއުލާންކޮށް ދެއްވުން މުހިއްމެވެ. އެއީ މުޅި އުއްމަތުގެ މައްޗަށް ފައިދާ ހުރިގޮތެވެ. އަދި އެމްޑީޕީ ހަރުދަނާވުމާއި ބައިބައި ވުމުގެ މައްޗަށް އޮތް އިމްތިހާ ނެއްވެސް މެއެވެ.

    ޙަޞަން މާހިރު ހުސައިން
    އާބާދުވާދީ /ސ.ހުޅުދޫ

    Comment by Hassan Mahir / Huludoo — Thursday, February 25, 2010 @ 4:24 am

  9. ވަޖުދީއެވެ’ ކުރީގެ ސަރުކާރުން 800 އެތަށް ފަރާތްތަކަށް ބަގުރާ ގަތުމުގެ ރަސްމީ ލައިސަންސް ދެއްވާފައި އޮތް ހިނދު، އެއީ ލާދީނީ ސަރުކާރަކަށް ނުވިއެވެ. އިސްލާމީ މަރުކަޒްގައި ބޭއްވި ރަސްމީ ޖަލްސާއެއްގައި ސަރުކާރުގެ އަދި ދައުލަތުގެ އެންމެ އިސްވެރިޔާ ވިދާޅުވެފައި ވަނީ، އެމީހަކު ބޭނުންވާ ދީނަކަށް އުޅުމުގެ މިނިވަންކަން އޮންނަންވާނެ ކަމުގައެވެ. ނަމަވެސް ލާދީނީ ސަރުކާރަކަށް ނިވިއެވެ. ދައުލަތުގެ އިއްޒަތާއި ހައިބަތު ހިމެނޭ ގައުމުގެ ރައީސުލް ޖުމުހޫރިއްޔާ އުޅުއްވި ރިޔާސީ ގަނޑުވަރުގައި ކުރީގެ ސަރުކާރުގައި ޚިދުމަށް ކުރެއްވި އިސްމަގާމެއްގެ ވެރިޔަކުގެ ޙިއްސާ އޮށް ކުންފުންޏަކުގެ ތެރެއިން ނަސާރާ ދީންފެތުރުމުގެ ހަރަކާތްތަކެއް ހިންގި ހިނދު އެއީ ލާދީނީ ސިޔާސަތު ގެންގުޅުއްވި ސަރުކާރަކަށް ނުވިއެވެ. ކުރީގެ ރައީސުލް ޖުމުހޫރިއްޔާގެ ފްޓޮގުރާފަރު ލާދީނީ ހަރަކާތެއްގައި ބައިވެރިވި ކަމަށް ބުނާ މައްސަލަ އެއީ ވެސް ކުރީގެ ސަރުކާރަކީ، ލާދީނީ ސިޔާސަތު ގެންގުޅުއްވި ސަރުކާރަކަށް ނުވިއެވެ. ލަނޑާ ގިރާވަރުގައި ބޮޑު ބުދު ބަހައްޓާ އަފޫރުއްބަ ނާޗަރަންގީ ވެރިކަމުގެ ބޮޑުން ޝާމިލުވެ ހިންގިއިރު، އެއީ ކުރީގެ ސަރުކާރުގެ ލާދީނީ ސިޔާސަތު އޮތް ކަމަކަށް ނުވިއެވެ. ރާއްޖޭގައި އުފެދުނު ބޮޑެތި ދީނީ އިލްމުވެރިންގެ ތުނބުޅި މަތިމަސް ޗިލީސޯސް ޖަހާ ބޭލި ހިނދު، ކުރީގެ ސަރުކާރަކީ، ލާދީނީ ސަރުކާރަކަށް ނިވިއެވެ. އަޅުގަނޑުގެ އަޚް ޑރ ޙަޞަން ސަޢީދު ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ކަމަށް ކުރިމަތި ލެއްވުމުން ކުރީގެ ސަރުކާރުގެ ބޮޑުންގެ ބަޔަކު އަޑީގައި ތިބެ ޑރ ޙަޞަން ސަޢީދާއި، އެމަނިކުފާނުގެ ބޭބެ ޕްރޮފެސަރ ޢަބްދުއްﷲ ސަޢިދަކީ، ނަސާރާ ދީނަށް ހިއްވަރުދެއްވި ބަޔަކަށް ވިއެވެ. އެއީ މަކަރުވެރިކަމުގެ ކިއްލާއެއް ދެމެހެއްޓި ސަރުކާރަކަށް ނިވިއެވެ.
    އަޅުގަނޑުގެ އަޚް ވަޖުދީއެވެ’ ތިމާގެ އަތުގައި ގަލަން އޮތަތީވެ ހިތުންނުފިލި ކުރީގެ ސަރުކާރުގެ މައްޗަށް ސަޖިދަ ނުޖަހާށެވެ. މާތްވެގެންވާ އިސްލާމް ދީނުގެ ޙިދާޔަތު ގަބޫލުކޮށް އެދީނުގައި ފައިތިލަ ސާބިތުކޮށް ދުނިޔޭގައި އުޅެމުންދާ އިންސާނެއްގެ ހައިސިއްޔަތުން މިސަރުކާރުން ވިޔަސް އަދި ކުރީގެ ސަރުކާރުން ވިޔަސް ރާއްޖޭގައި ބަނގުރާ ވިއްކުން ފުޅާކޮށް އެކަމަށް ހިއްވަރުދެއްވާ އެއްވެސް ސަރުކާރަކަށް އަޅުގަނޑު ވެސް ސާބަސް ނުދޭނަމެވެ. ނަމަވެސް ވަޖުދީގެ ގަލަމުގެ މިސާލަކީ، އައްޑޫ މީހުންގެ މިސާލު ބަހުންނަމަ، ރަށްކެޑެގޭ ކަލޭގެ ކޭވަކާގެ މިސާލެވެ. މަޢާފް ކުރައްވާށެވެ’ މިއީ ބޭއިންސާފުގެ މައްޗަށް އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުޢޫރުތަކުގެ މިންވަރެކެވެ. ބަނގުރަލުގެ މައުޞޫޢުގެ މައްޗަށް އެއްވެސް އެއްޗެއް ބުނާކަށް އަޅުގަނޑު ނެތީމެވެ. ނަމަވެސް ޑޮކްޓަރު ބިލާލުގެ ޢިލްމީ ނަޒަރިއްޔާ އަށް އަޅުގަނޑު ތަރުޙީބު ދެމެވެ. ވަޖުދީއެވެ. ބޯދާ ވިސްނުމާއި ހައްދު ފަހަނަޅާ ދިއުމުގެ އުސޫލުތައް އަޅުގަނޑު މެން ދޫކުރަން އެބަޖެހެއެވެ. މިކަމުގައި އަޅުގަނޑު އިންސާފުން އެއްކިބާ ކުރީ ވަޖުދީގެ ގަލަންކޮޅެވެ. އެހެނީ، މިސަރުކާރުން ބަނގުރަލާ މެދު އަމަލުކޮށް ފައިވާގޮށް ބަޔާންވެ ވަޖުދީ 25 ފެބްރުއަރީ 2010 ދުވަހު ލިއުއްވި ސަފްޙާގައި ހަމައެކަނި ލާދީނީ ސިޔާސަތެއް ގެންގުޅުއްވާ ކަމަށް ތުހުމަތު ކުރެއްވީ މިސަރުކާރުގެ މައްވަށް ވުމެވެ..

    Comment by Hassan Mahir / Huludoo — Thursday, February 25, 2010 @ 3:48 pm

  10. ކުރީގެ ސަރުކާރަކީ، މަކަރު ވެރިކަމުގެ ޞަޤާފަތެއް ދެމެހެއްޓި ޑިމޮކްރަސީގެ ހަތުރެކެވެ.
    ޙަޞަން މާހިރު، ހުޅުދޫ
    އުއްމަތެއްގެ ތެރޭގައި ހިނގާ ދީނީ އަދި އިޖުތިމާޢީ އިގްތިސާދީ ނުވަތަ ސިޔާސީ ކަންކަމުގެ ހަގީގަތް ނާޖާއިޒް ފައިދާތަކެއް ހާސިލު ކުރުމުގެ ގޮތުން އޮޅުވާލުމަކީ، އުއްމަތެއްގެ މައްޗަށް ޚިޔާނާތް ތެރިވުމެވެ. މިސާލަކަށް ކުރީގެ ސަރުކާރުން މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، 800 އެތަށް ފަރާތްތަކަށް ބަގުރާ ގަތުމުގެ ރަސްމީ ލައިސަންސް ދެއްވާފައި އޮތް ހިނދު، އެއީ ލާދީނީ ސަރުކާރަކަށް ޑިމޮކްރަސީގެ އަދުއްވުންގެ މެދުގައި ނުވިއެވެ. އަދި އިސްލާމީ މަރުކަޒްގައި ބޭއްވި ރަސްމީ ޖަލްސާ އެއްގައި ކުރީ ސަރުކާރުގެ އަދި ދައުލަތުގެ އެންމެ އިސްވެރިޔާ ވިދާޅުވެފައި ވަނީ، އެމީހަކު ބޭނުންވާ ދީނަކަށް އުޅުމުގެ މިނިވަންކަން އޮންނަންވާނެ ކަމުގައެވެ. ނަމަވެސް ލާދީނީ ސަރުކާރަކަށް ނުވިއެވެ. ދައުލަތުގެ އިއްޒަތާއި ހައިބަތު ހިމެނޭ ގައުމުގެ ރައީސުލް ޖުމުހޫރިއްޔާ އުޅުއްވި ރިޔާސީ ގަނޑުވަރުގައި ކުރީގެ ސަރުކާރުގައި ޚިދުމަށް ކުރެއްވި އިސް މަގާމެއްގެ ވެރިޔަކުގެ ޙިއްސާ އޮށް ކުންފުންޏަކުގެ ތެރެއިން ނަސާރާ ދީން ފެތުރުމުގެ ހަރަކާތް ތަކެއް ހިންގި ހިނދު އެއީ ލާދީނީ ސިޔާސަތު ގެންގުޅުއްވި ސަރުކާރަކަށް ނުވިއެވެ. ކުރީގެ ރައީސުލް ޖުމުހޫރިއްޔާގެ ފްޓޮގުރާފަރު ލާދީނީ ހަރަކާތެއްގައި ބައިވެރިވި ކަމަށް ބުނާ މައްސަލަ އެއީ ވެސް ކުރީގެ ސަރުކާރަކީ، ލާދީނީ ސިޔާސަތު ގެންގުޅުއްވި ސަރުކާރަކަށް ނުވިއެވެ. ލަނޑާ ގިރާވަރުގައި ބޮޑު ބުދު ބަހައްޓާ އަފޫރުއްބަ ނާޗަރަންގީ ވެރިކަމުގެ ބޮޑުން ޝާމިލުވެ ހިންގިއިރު، އެއީ ކުރީގެ ސަރުކާރުގެ ލާދީނީ ސިޔާސަތު އޮތް ކަމަކަށް ނުވިއެވެ. އިނގިރޭސި ވިލާތުގެ ރޮޔަލް ކަމުގެ ބޮޑު ސަލީބުގެ ލަގަބު ލިބި އެކަމުގެ ޝަރަފް ވެރިކަމުގެ މައްޗަށް ކުރީގެ ވެރިޔާ ބުގިސްވުމާއި ރާއްޖޭގައި އުފެދުނު ބޮޑެތި ދީނީ އިލްމުވެރިންގެ ތުނބުޅި މަތިމަސް ޗިލީސޯސް ޖަހާ ބޭލުމާއި، އަޅުގަނޑުގެ އަޚް ޑރ ޙަޞަން ސަޢީދު ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ކަމަށް ކުރިމަތި ލެއްވުމުން ކުރީގެ ސަރުކާރުގެ އާރާއި ބާރު އޮތް ދުވަސްވަރު ބަޔަކު އަޑީގައި ތިބެ އެމަނިކުފާނާއި، އެ މަނިކުފާނުގެ ބޭބެ ޕްރޮފެސަރ ޢަބްދުއްﷲ ސަޢިދަކީ، ނަސާރާ ދީނަށް ހިއްވަރު ދެއްވި ފޮތެއް ލިއުއްވި ބަޔަކަށް ހަނދާ، އެ މަނިކުފާނަށް އޮތް ތާއިދު ގެއްލުވި ހިނދު، ކުރީގެ ސަރުކާރަކީ، ލާދީނީ މަކަރު ވެރިކަމުގެ ޞަޤާފަތެއް ދެމެހެއްޓި ޑިމޮކްރަސީގެ ހަތުރެއްކަން ރަންގަލަމުގެ ވެރިންނަށް އެނގިވަޑައި ނުގަތެވެ.

    Comment by Hassan Mahir / Huludoo — Friday, February 26, 2010 @ 3:56 pm

  11. އަމިއްލަ ޚިޔާލު،
    28 ފެބްރުއަރީ 2010 ވީ އާދީއްތަ ދުވަހުގެ މެންދަމު ގާތްގަނޑަކަށް ގަޑިން 1.34 ހާއިރު، އަޅުގަނޑު ހުރީ އަމިއްލަ ބޭނުމެއްގައި އައިޖީއެމް އެޗް ހޮސްޕިޓަލު ގައެވެ. ކުއްލިއަކަށް ފެނުނީ ދެޒުވާނަކު އެއް ފުރާއެއްގެ ޒުވާނެއްގެ ބުރަކަށި މަތީގައި ފޮތިގަނޑެއް އަޅާ ބާރުކޮށް ދުވެފައި އައިސް އިމޭޖެންސީ ރޫމަށް ވަދެގަތް މަންޒަރެވެ. ފަހަތުން ދެފުލުހުން ވެސް އިމޭޖެންސީ ރޫމަށް ވަދެގެންފިއެވެ. އެވަގުތު ތަނުގެ ތެރެއިން އެއްވެސް ހަމަނުޖެހުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. ނަމަވެސް ކަމަކުދާކަށް ނެތެވެ. އިރުކޮޅެއް ފަހުން ދުވެފައައިސް ހޮސްޕިޓަލުގެ ތެރެއަށް ވަދެގަތީ މިޒަމާނުގެ ނޯބޭރުނޯ ޒުވާން ފައުޖެކެވެ. މޫނުމަތިން ހީވަނީ، ރުޅިވެރިކަމުގެ އަލިފާން އޮހޮރިގެން ދާހެންނެވެ. އިރުކޮޅެއް ނުވަނީސް ބޮޑެތި ސިންގާ ތަކެއް ފަދައިން، މުޅި ހޮސްޕިޓަލް ތެރޭގައި އަޑުގަދަކޮށް ހަޅޭލަވަން ފަށައިފިއެވެ. ހޮސްޕިޓަލް ތެރޭގައި ބަލިހާލުގައި އެނދުމަތީގައި ތިބި މީހުންނާއި، ޑޮކްޓަރަށް ދެއްކުމަށްޓަކާ އެވަގުތު ހޮސްޕިޓަލް ތެރޭގައި ތިބި ބަލި މީހުންނާއި، ބަލިމީހުންގެ އެހީތެރިން ގަތްބިރުން އެކި ދިމަދިމާލަށް ދުއްވާއިގެން ފިއެވެ. ޑޮކްޓަރުންތައް ތިބީ ބިރުން ދެލޯ ބޮޑުވެފައެވެ. އަޅުގަނޑު ހިތަށް އެރިއެވެ. ޞުބްހާނައްﷲ އެވެ.
    ދަންނަވަން މިއުޅެނީ، އެއްމެ ވާހަކައެކެވެ. ރާއްޖޭގެ އުތުރާއި ދެކުނު ފަޅުކޮށް، ރާއްޖޭގެ ރައްޔިތުން މާލެ ހިޖުރަކަށް ތޮއްޖެހުމުގެ ސަބަބުން އުޅޭނެތަން ކުޑަވެ ލިބޭ އާމްދަނީން ދެކޮޅުނުޖެހި ދަރިން ތަރުބިއްޔަތު ކުރުމުގެ މައްޗަށް މައިންބަފައިން ވަނީ، އިހުމާލު ވެފައެވެ. މިކަމުގައި މައިންބަފައިންނާއި ވެރިކަމުގެ ބާރު ނުވަތަ ދައުލަތް ކުށްވެރި ކުރަމެވެ. އެހެނީ އުއްމަތުގެ މައްޗަށް އަދާކުރަން ޖެހޭ، ގައުމީ ވާޖިބުތައް ފުރިހަމަ ގޮތުގައި ކުރީގެ ސަރުކާރުން ދިވެހި އުއްމަތުގެ މައްޗަށް އަދާކޮށްފައި ނެތެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، ޒުވާނުން ހަލާކުވެ މުޅި މުޖުތަމަޢުގެ ތެރޭގައި މާރާމާރީ އިތުރުވެ ތަޅާފޮޅުމާއި، ލޫޓުވުމާއި، ވަށްކަން ކުރުމާއި ކަޓަރުއެޅުމާއި، މިފަދަ އެތައް ކަމެއްގެ ތެރެއިން މުޖުތަމަޢުގެ ބޮޑު ބައެއްވަނީ ހަލާކުވެފައެވެ. އެހެންކަމުން މިފަދަ ޒުވާނުންގެ ތެރެއިން ތަފާތު ހާދިސާތަކުގައި ޒަޙަމުވާ މީހުންނާއި، ނުވަތަ ކުށްވެރިންގެ ގޮތުގައި ތިބެ ބަލިވާ މީހުންނަކީ، މިފަދަ މަދަނީ ހޮސްޕިޓަލަކަށް ގެންގޮސް ބޭސްފަރުވާ ދޭންޖެހޭ ބައެއްނޫނެވެ. ސަބަބަކީ، އެފަދަ ކުށްވެރިން ނުވަތަ މާރާމާރީ ހިންގާ މަސްތުވެ ތިބި ޒުވާނުން މަދަނީ ހޮސްޕިޓަލަކަށް ގެންދިއުމަކީ، ނުރަށްކަލުން ފުރިގެންވާ ކަމެކެވެ. އެހެނީ އެފަދަ ހޮސްޕިޓަލަކުން ޚިދުމަތް ލިބިގަންނަ އާއްމު ރައްޔިތުންނަށް ކޮންމެފަދަ އަނިޔާއެއް ވެސް އެފަދަ ބަޔަކު ދީފާނެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެފަދަ ކުށްވެރިން ނަށް ބޭސްފަރުވާ ކުރަންޖެހޭނީ، މިލިޓަރީ ހޮސްޕިޓަލަ ކުންނެވެ. ނުވަތަ އެފަދަ އަސްކަރީ އެހީތެރިކަން ކުއްލި ގޮތަކަށް ފޯރުކޮށް ދެވޭފަދަ ތަނަކުންނެވެ. ހަގީގަތަކީ، މިއީ ކަމަށް ވީހިނދު، އަޅުގަނޑުގެ އުފަން ދަރިއަކު ޑޮކްޓަރެއްގެ ގޮތުގައި އައިޖީ އެމް އެމްޗްގައި މަސައްކަތް ކުރާހިނދު މިކަމުގެ މައްޗަށް އިންތިހާއަށް ކަންބޮޑުވެ ސަރުކާރުގެ ސަމާލުކަމަށް މަތީގައި ނަންގަނެވުނު ޚިޔާލު ހުށަހަޅާ އިލްތިމާސް ކުރަމެވެ.
    ހަޞ

    Comment by Hassan Mahir / Huludoo — Sunday, February 28, 2010 @ 2:25 am

  12. ގަބޫލު ކުރަމެވެ’ މުޖުތަމަޢެއްގެ ތެރޭގައި ސިޔާސީ ޕާޓީތަކުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި ހިމެނޭ އެންމެހާ ކަންކަން ސިޔާސީ ގޮތުން ކުރަންޖެހެއެވެ. މިމޭރުމުން ވިސްނާއިރު، މުޖުތަމަޢުގެ ތެރޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުން ސަރުކާރަށް ފާޑު ކިޔަންޖެހެއެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް ދިވެހި ގައުމީ ޕާޓީއަކީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޝަރުޠު ހަމަވާ އަދި ޕާޓީގެ އެހެނިހެން ގުނަވަން ފުރިހަމަ ގޮތުގައި މަސައްކަތް ކުރާ ޕާޓީއަކަށް ވުމަށް ގޮވާލަމެވެ. ފިނިފެންމާ ކުލާސްވެ ޚިދުމަތް ނުދެވޭ ފްލައިޓް ފަދަ ސިޔާސީ ޕާޓީތަކަކީ ދިވެހި ރައްޔިތުންނާއި ދަޢުލަތައް ގެއްލުން ހުރި ޕާޓީތަކެވެ.
    އައްޑޫ އަލްފަޤީހު އަލް އާލިމު އިބްރާޙިމް ބަހާއުއްދީން (ފަނޑިޔާރު ތައްޚާނުގެ ދޮންމަނިކުގެ ބޮޑު ހެލަވަން ވެސް ހުޅުދޫ އަތިރި މަތީގައި އެބަހުއްޓެވެ. އެހެލަވަނުން ގެރި ބޭނުންކޮށް ކޮފްރާއިން ތެއުހާނާ ނަހަދައެވެ. ވީހިނދު، އެހެލަވަނުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މިމޭރުމުން ވިސްނާ އިރު، ގައުމީޕާޓީގެ މިސާލަކީ މިއެވެ. ރަޖިސްޓްރީ ކުރުމަށް ފަހު ހިނގާދިޔަ ދިގު މުއްދަތުގައި ކޮންގުރެސް ނުބާއްވާ މެންބަރުންގެ ރުހުން އޮތް ގޮތުގެ މައްޗަށް ޕާޓީގެ ގުނަވަންތައް މަސައްކަތް ނުކުރާ އަދި އެޕާޓީގެ މެންބަރުން ނަށް ޕާޓީގެ ކަންކަން ހިނގާގޮށް އެނގިވަޑައި ނުގަންނަވާ ޕާޓީއަކަށް ވީހިނދު، މިއީ ސިޔާސީ ޕާޓީތައް ހިންގަންޖެހޭ ގޮށްތޯ އަޅުގަނޑުގެ ކިބައިން އަޅުގަނޑުގެ އާއިލީ 6 މެމްބަރުން އެބަ ސުއާލު ކުރެއެވެ. އެހެންކަމުން ތިޔަޕާޓީއަށް ނިސްބަތްވާ ޑރ މުޙައްމަދު ޖަމީލު އަހުމަދު ގައުމީ ޕާޓީގެ ނަމުގައި ދައްކަވާ ވާހަކަތަކުގެ މިސާލީ މަދިރިއެއްގެ އަޑުގެ މިސާލެވެ. ޖަމީލެވެ’ ދިވެހި ގައުމީ ޕާޓީން އިންތިޒާމުކޮށް ބޮޑު މުޒާހަރާއެއް ބާއްވަމާ ހިނގާށެވެ.

    Comment by Hassan Mahir / Huludoo — Sunday, February 28, 2010 @ 1:58 pm

Leave a comment