Maldivian Democratic Party » މިނިވަން މުޥައްޞަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ދިޔުން ހުއްޓާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ގޮވާލައްވައިފި
mdp_banner

Tuesday, February 16, 2010

މިނިވަން މުޥައްޞަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ދިޔުން ހުއްޓާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ގޮވާލައްވައިފި

16 ފެބްރުއަރީ 2010

މީޑިއާ އާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާ ފަދަ މިނިވަން މުސްތަޤިއްލު މުޥައްޞަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ވަގުތުން ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ގޮވާލައްވައިފިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މިކަމަށް ގޮވާލެއްވީ އެޕާޓީގެ ހަރުގޭގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހި ދައުލަތުގެ އެހެން އެއްވެސް ބާރަކަށް އެބާރުގެ މައްޗަށް ގަދަނުވެވޭގޮތަށް، ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ލިބިގެންވާ ފަރާތަކީ ރާއްޖޭގެ ޖުޑިޝިއަރީ ކަމަށް ކަނޑައަޅާފައިވަނީ އެމްޑީޕީގެ މެންބަރުންގެ ބުރަ މަސައްކަތުންކަމުގައި މޫސަ ވިދާޅުވިއެވެ. ކަންމިހެން ހުރި ނަމަވެސް އެބާރުގެ ބޭނުން ނަހަމަ ގޮތުގައި ބައެއް ފަނޑިޔާރުން ހިފަމުންދާކަމަށާއި، އެބޭފުޅުންގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާނުކުރެއްވެނީ ކޮޓަރިކޮޅު ކުޑަވެގެން ކަމުގައި ވިދާޅުވުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމުގައި މޫސަ ވިދާޅުވިއެވެ. އަދި މިނިވަން މުޥައްޞަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ދިޔުން މިހާރުން މިހާރަށް ހުއްޓާލުމަށް އެ މުޥައްޞަސާތަކަށް މޫސަ ގޮވާލެއްވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ކުރިން ވެރިކަންކުރެއްވި ފަރާތްތަކުން ވެރިކަން ހިންގި ދުވަސްވަރު، ދިވެހިރާއްޖޭގައި މިނިވަންކަން ނެތުނީ ދިވެހި ގައުމިއްޔަތާއި، ރައްޔިތުން އެދޭ ގޮތް ފާޅުގައި ހާމަކުރުމުގެ މިނިވަންކަން ނެތުމުގެ ސަބަބުން ކަމުގައި މޫސަ ވިދާޅުވިއެވެ. ޤާނޫނު އަސާސީ އިން ލިބިދީފައިވާ މިނިވަންކަން ނިގުޅައިގަނެ، ބައެއް މީޑިޔާތަކުން މީޑިއާގެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށާއި، މިނިވަން މުޥައްޞަސާތަކުން އެމުޥައްޞަސާތަކުގެ އިމުން ބޭރުގައި މަސައްކަތް ކުރަމުންދާ މައްސަލައިގައި އެފަރާތްތްކާމެދު ޤާނޫނީ ފިޔަވަޅުއެޅެން ޖެހޭނޭ ކަމުގައި މޫސަ ވިދާޅުވިއެވެ.
އެމްޑީޕީ ހަރުގޭގައި ކޮންމެ ހޯމަ ދުވަހެއްގެރޭ ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާ ޚާއްޞަކޮށްފައިވަނީ ގައުމީ ދުވަސް ފާހަގަކުރުމަށެވެ. މި ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ގައުމީ ދުވަހުގެ ޒިކުރާ އާކުރުމުގެ ގޮތުން ވާހަކަ ދައްކަވާފައެވެ.

4 Comments »

  1. މި ހާރަންވުރެ ރައްޔިތުނާ ގާތް ގުޅުމެއް އުފެއްދެވުމަން،ޕާރޓީގެ ވެރިންނަން ވަރަށް އިޙްލާސްތެރިކަމާ އެކު ދަންނަވަން.

    Comment by Shifau — Thursday, February 18, 2010 @ 10:40 am

  2. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޞިލް މޫސާ މަނިކު މީޑިއާ އާއި، އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާ ފަދަ މިނިވަން މުސްތަޤިއްލު މުއައްޞަސާ ތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ވަގުތުން ހުއްޓާލުމަށް ގޮވާލެއްވީ ސަބަބުތަކެއް ހުރެގެންނެވެ. މިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި ހުރި މައްސަލަތައް އަޅުގަނޑު މެންނަށް އެބަ އެނގެއެވެ. ވެގެންއުޅެނީ، އެންމެ ކަމެކެވެ. ޒަމާންވީ ބޯދާ ވެރިކަމެއްގެ އުސޫލުތައް ނެތި ދިއުމުން އެވިސްނުމުގައި ތިބި ކުރީގެ ވެރިކަމުގެ އުސޫލުތަކުގެ މައްޗަށް ތަބާޢަވެ ތިބި އަފޫރުއްބަތް ފަނޑިޔާރުންނާއި، ގާޞީންނާއި ނަމުން ބޮޑު ސަނަދު ކަމުން ޙިލްމުވެރިކަމެއް ނެތް ޤާނޫނީ ވަކީލުން ރާއްޖެއަށް މިގެނެވުނު ޑިމޮކްރަސީ ބަދަލުތައް ޤަބޫލު ކުރުމަށް ޡަމީރު ތަން ނުދެނީއެވެ. އެއީ ކީއްވެ ހެއްޔެވެ؟ ފަހަރެއްގައި ކުރިން އެމީހުންނަށް ލިބިފައި އޮތް މާއްދިއްޔަތުގެ މައްޗަށް ދެލޯކަނުވެ ނުވަތަ ކުރީގެ ވެރިކަމުގެ ތެރެއިން ރުހޭފަދަ ތަނަވަސް ކަމެއް ލިބި އެކަމުގެ ލާލަޗް ފިލާނުދަނީ ކަމަށްވެސް ވެދާނެއެވެ. ނޫންނަމަ، ޒަމާނީ ޑިމޮކްރަސީގެ ތަޙްޒީބު ވިސްނުމާއި، އިލްމުވެރިކަން ނުލިބި ތިއްބެވި ބޯދާ ވިސްނުންހުރި ބަޔަކު އަދުލުއިންސާފް ގާއިމުކުރުމުގެ ދާއިރާގައި ހަރަކާތްތެރި ވުމުގެ ސަބަބުން ދިމާވާ ކަމަކަށް ވެސް ވެދާނެއެވެ. ޑިމޮކްރެޓިކް ދުސްތޫރީ ޙަޔާތެއްގައި ދައުލަތެއްގެ މުހިއްމު 3 ބާރުތައް ވަކިވެއޮތުމާއި، މިނިވަން މުއައްސަސާތައް ވަކިވެ އޮތުމާޢި، މިނިވަންކަމާއެކު، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ގާނޫނީ ގޮތުން ލިބިދީފައި އޮންނަނީ އެއްވެސް ޙާލެއްގައި ސަރުކާރުން ވިޔަސް އަދި މިނިވަން މުސްތަގިއްލު މުއައްސަސާތަކުން ވިޔަސް އަދި ގާނޫނީ މިނިވަން ކަމުގެ ޙުދޫދުތަކުގެ ތެރެއިން ކަމުގައި ވިޔަސް ބާރުތައް ވަކިވެ އޮތުމާއި، މިނިވަން މުއައްސަސާތައް ގާނޫނީ ގޮތުން މުސްތަގިއްލުވެ އޮތުމުގެ ބޭނުމަކީ، ނާޖާއިޒް ގޮތުގައި އެއްވެސް ބަޔަކު ބޭނުން ކުރުމަށް ނޫނެވެ. ފަހަރެއްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ޚިޔާލެއްގެ ގޮތުން މިކަމަށް ގޮވާލެއްވީ ތަހުޒީބު ވިސްނުން ތަކުން އެއްކިބާވެ މިބާރުތައް ބަޔަކު ބޭނުން ކުރަށްވަނީކަން ތޯއްޗެކެވެ. އެހެންކަމުގައި ވާނަމަ، އެއީ ކޮންމެ ދިވެހި ދަރިއަކު ހުއްޓުވަންޖެހޭ ކަމެކެވެ.
    ހަގީގަތުގައި ދިވެހި ދައުލަތުގެ އެހެން އެއްވެސް ބާރަކަށް އެބާރުގެ މައްޗަށް ގަދަ ނުވެވޭގޮތަށް، ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ލިބިގެންވާ ފަރާތަކީ ގާނޫނީ ގޮތުން ރާއްޖޭގެ ޖުޑިޝިއަރީ ކަމަށް ކަނޑަ އަޅާފައި ވަނީ އެމްޑީޕީގެ މެންބަރުންގެ ބުރަ މަސައްކަތުންނެވެ. ކަންމިހެން ހުރި ނަމަވެސް އެބާރުގެ ބޭނުން ނަހަމަ ގޮތުގައި ބައެއް ފަނޑިޔާރުން ހިފަމުންދާ ކަމަށާއި، އެބޭފުޅުންގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާ ނުކުރެއްވެނީ ކޮޓަރިކޮޅު ކުޑަވެގެން ކަމުގައި ވިދާޅުވުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމުގައި މޫސަ ވިދާޅުވީ ޔަގީނުން ވެސް މޫސަމެންގެ ތަޖުރިބާގެ އަލީގައެވެ. އަދި މިނިވަން މުޥައްޞަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ދިޔުން މިހާރުން މިހާރަށް ހުއްޓާލުމަށް އަޅުގަނޑު ވެސް ދިވެހި ރާއްޖޭގެ ސިޔާސީ ޝަރުޢީ އެއްވެސް މަޙުކަމާ އަކަށް ގެންގޮސް އަދަބު ލިބިފައިނުވާ އަދި މިސަރުކާރުގެ އަސްގޮއިކަން ވެސް ލިބިފައިނުވާ ދިވެހި ދަރިއެއްގެ ޙައިސިއްޔަތުން ގޮވާލަމެވެ. އަދި ދިވެހި ގައުމީ ޕާޓީއަކީ، އެމްޑީޕީ އިއްތިހާދީ ސަރުކާރު ގާނޫނީ ގޮތުން ވަށްޓާލުމަށް ސިޔާސީ ރަނގަޅު ވިސްނުން ހުރި ހަރުދަނާ ސިޔާސީ ޕާޓީއަކަށް ހެދުމަށް އަވަހަށް ކޮންގުރެސް ބާއްވަވާ އެޕާޓީގެ އާއްމު މެންބަރުންގެ ޚިޔާލުތަކުގެ މަތިން ޕާޓީގެ މަގާމްތައް އިންތިޙާބުކޮށް، ޕާޓީ ހިންގުމަށް 22 އާއިލީ މެންބަރުން އެޕާޓީގައި ހިއްސާކުރާ ދަރިއެއްގެ ހައިސިއްޔަތުން ގޮވާލަމެވެ.

    Comment by Hassan Mahir / Huludoo — Friday, February 19, 2010 @ 3:46 pm

  3. ގަބޫލު ކުރަންޖެހޭ ވަރަށް ބޮޑު ހަގީގަތެއް އެބައޮތެވެ. އަލް އުސްތާޛު އަލްޙާން ފަހުމީ ޑީއާރުޕީން ސަސްޕެންޑްކޮށް، މަޢާފަށް އެދެން ޑީއާރުޕީން އެދުނީ އިންސާފުން ހެއްޔެވެ؟ ނުވަތަ އަލްޙާންގެ ކިބައިން ޑީއާރުޕީއަށް ކުރިމަތިވީ ކޮންފަދަ ކަމެއް ހެއްޔެވެ؟ އެންމެ ރަނގަޅެވެ’ އަދުގެ ސަރުކާރުން ޔަޙޫދީ ދައުލަތާއިއެކު، ޑިޕޮލޮމެޓިކް ގުޅުން ގާއިމުކުރުމަށް ދެސަރުކާރު ދެމެދު ވާހަކަ ދެއްކީ ޔޯލައެވެ’ ނުވަތަ ދެއްކިއެވެ. އެންމެ ރަނގަޅެވެ’ މިއީ ޑރ ޝަޙީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ޑީއާރުޕީ އިސްވެ އޮވެ ޑރ ޝަޙީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުގައި ވޯޓްނަގަން ޖެހޭ ކަމެއްތޯއެވެ؟ ތަންކޮޅެއް ބޯދާ ވިސްނުމުގެ ނަޒަރިއްޔާތުގެ ތެރެއިން މިކަން ގޯސްކަމަކަށް ވެދާނެއެވެ. ނަމަވެސް ފިނި ހަނގުރާމައަށް ފަހު ބައިނަލް އަގުވާމީ މުޖުތަމަޢުގެ ތެރޭގައި ހިމެނޭ ގައުމުތަކުގެ މެދުގައި ސިޔާސީ ގުޅުން ބަވަނަ ކުރުމުގެ ސިޔާސަތަކީ، ތަހުޒީބު ވިސްނުން ހިއްސާކޮށް، ގައުމުތަކުގެ މެދުގައި މިއަދު ކުރަމުން އަންނަ ލާޒިމު މާއްދާއަކަށް ވީހިނދު، ޑީއާރުޕީއަކީ، އެނބުރި ފަސްބަލާ ޕާޓީއެއް ނަމަ، މިހެންނުވީހެވެ’ ގެރިއައިނުގެ މިސާލުން ކަންކަމުގެ މައްޗަށް އަމަލު ކުރުމުން ތިމާމެންނަށް ކެހި ލިބުންނޫން އެހެންކަމެއް ނުވާނެއެވެ.
    ޙަގީގަތުގައި އަލްހާނު ފަހުމީއަކީ، ފަހުގެ ތާރީޚުގައި މިގައުމު ދުށް ވަރަށް ހިތްވަރު ހުރި ޒުވާނެކެވެ. އުއްމަތުގެ މައްޗަށް ވަފާތެރި ދަރިއެކެވެ. ޖެހިލުމެއްނުވާ އަފޫރުއްބަ ފަހުލަވާނެކެވެ. ކަންކަމުގެ މައްޗަށް ހައްޤު ފައުޅު ކުރުމުގައި ސާބިތުކަމާއި، މުސާފަޙާތު ކުރުމުގެ ރިވެތި ނަމޫނާއެކެވެ. އަލްހާނެވެ’ މުސްތަގުބަލް އެބައޮތެވެ. ތިޔަގުޅި ވަޑައިގަތީ ތަހުޒީބު ވިސްނުން ހިއްސާކުރާ އެމްޑީޕީއާއެވެ. އެމްޑީޕީ ގެންގުޅޭ ފިކުރަކީ ޠަބީޢީ ގޮތުން ދުނިޔޭގެ ގިނަ ގައުމުތައް ސިޔާސީ ގޮތުން ތަޖުރިބާ ކޮށްފައިވާ ޑިމޮކްރަސީގެ ބަދަލުތައް ކަމުގައި ވީހިނދު، އެއީ ފުހެވި ދާނޭ ފިކުރެއްނޫނެވެ. އެހެންކަމުން އެމްޑީޕީއާއި ގުޅުމުގެ ސަބަބުން އަލްހާނުގެ މުސްތަގުބަލަށް ބިރެއްނެތެވެ. ކާމިޔާބަށް އެދެމެވެ. އެހެންކަމުން ސާބިތުކަން މަތީ ރައްޔިތުންގެ ހައްޤުގައި މަޖިލީސް ތަމްސީލްކޮށް ދެއްވާށެވެ. އަލްހާނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުން އެދި ﷲ ދުޢާކުރަމެވެ.

    Comment by Hassan Mahir / Huludoo — Saturday, February 20, 2010 @ 2:17 am

  4. މީޑިއާއަށް ފާޑުކިޔަނީތަ؟ ދިވެހި އޮބްޒާވާގެ ނަމުގައި ބާކުޅަ ބަރަހަނާ ވެބްސައިޓަކަށް ސަޕޯޓްކޮއްގެން ވެރިކަން ހޯދަން މަސައްކަތްކުރި ބަޔަކު މިހާރު ދެން ކޮންކަމެއް މީޑިއާއި ބެހޭކަށް… މިހާރުވެސް ޓީވީއެމް ހިގަނީ ސީދާ ރައީސް އޮފީހުން އަންގާގޮތަށް.. ދެން ކޮން އިދިކީލަ ވާހަކައެއް.. މީޑިއާގެ މިނިވަންކަމޭކިޔައިގެން ތިދައްކަނީ…

    Comment by Ahmed — Sunday, February 21, 2010 @ 9:52 pm

Leave a comment