ބައެއް މީޑިޔާތަކުން އެމްޑީޕީ ބަދުނާމްކޮށް ވާހަކަދައްކަމުންދާތީ އެކަން ކުށްވެރިކުރުން
7 ފެބްރުއަރީ 2010
“ސަރުކާރު ހިންގާ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް” މިދިޔަ ހޯމަދުވަހު ސިވިލްސާވިސް ކޮމިޝަންގެ އޮފީހަށްވަދެ އަޑުގަދަކުރިކަމަށް ބުނެ ފަރުދީ ގޮތުން ބަޔަކު ހިންގާފައިވާ އަމަލެއް ޕާޓީގެ ބޮލުގައި އަޅުވައި މިޕާޓީ ބަދުނާމްވާ ގޮތަށް ބައެއް މީޑިޔާތަކުން ޚަބަރުފަތުރާފައިވާތީ އެކަމާ ހިތާމަކޮށް، މީޑިޔާގެ މި އަމަލު އެމްޑީޕީން ކުށްވެރި ކުރަމެވެ.
ކުރީގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އިޤްތިޞާދީ ގޮތުން ގައުމު ވެއްޓިފައިމިވާ ފުންއަނދަވަޅުން އަރައިނުގަނެވެނީސް ސިވިލްސާވިސް މުވައްޒަފުންގެ ކުރީގެ މުސާރައިޔާދަކުރުމަށް އެކޮމިޝަނުން ކުރާ މަސައްކަތާ ދެކޮޅު ހެދުމުގެ ގޮތުން ބަޔަކު ސިވިލްސާވިސް ކޮމިޝަނުގެ އޮފީހަށް ވަދެ އަޑުގަދަ ކުރުމަކީ އެއްވެސް ހާލެއްގައި އެމްޑީޕީ އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއް ކަމުގައި މިޕާޓީން ނުދެކެމެވެ. އަދި އެފަރާތްތަކާ މުޚާޠަބުކުރުމުގައި އެމްޑީޕީގެ އެކްޓިވިސްޓުންގެ ނަން ބޭނުންކޮށް ޕާޓީ ބަދުނާމްވާގޮތަށް ވާހަކަދެއްކުމަކީ މިޕާޓީން ވަރަށް ކަންބޮޑުވާ ކަމެކެވެ.
މިޕާޓީން އެއްވެސް ހާލެއްގައި ސަރުކާރުގެ ވެސް އަދި މިނިވަން މުޥައްސަސާއެއްގެ ވެސް ހުރުމަތް ކަނޑާލުމަށް އެއްވެސް ފަރާތަކަށް ހިތްވަރުދީފައެއް ނޯންނާނެއެވެ. އަދި މިފަދަ އަމަލެއް ބަޔަކު ކޮށްފައިވާނަމަ އެކަން ހިނގަން މެދުވެރި ސަބަބަކާއި، އެއަމަލު ހިންގިގޮތް ތަޙްޤީޤްކޮށް ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ.










މީ ސީދާ އެމްޑީޕީ މީހުންތަކެއް ކުރިކަމެއް މިތަނުގަ ހުރި އެކަކީ އަޅުގަނޑުގެ ވަރައްގާތް ތިމާގެ މީހެއް އެމްޑީޕީ ގެ އެކްޓިވިސްޓެއް ކަންކަން އުޅުވާލަން މަސައްކަތް ނުކުރައްވާ ސަރުކާރު މިއޮތީ މުޅިން ފޭލްވެފަ.
Comment by wagah — Monday, February 8, 2010 @ 5:22 pm
އެތަނުގަ ހުއްޓޭ އައިޑީޕީ މީހަކުވެސް.. އެހެންނޫނަސް އެމީހުން އެތަނަކަށް ދިޔައީކީ ޕާޓީން ފޮނުވައިގެންކަމަކަށް ގަބޫލެއްނުކުރެވޭ.. އެހެންވެއްޖެއްޔާ ޒިނޭކޮށްގެން ނިކުންނަ ޑީއާރުޕީ މީހާ އެކަންކޮށްފަވަނީ ޑީއާރުޕީންނޭ ބުނަންޖެހޭނެ
Comment by zkariyya — Tuesday, February 9, 2010 @ 12:57 pm
އެމް.ޑީ.ޕީ. މިއޮތީ ހަމަރަގަޅަށް ފޭލްވެފަ. ކަންކަން އޮޅުވާލަން ދެން މަސައްކަތްނުކުރޭ..އެދުވަހު ސިވިލް ސާވިސް ކޮމިޝަނަށް ދިޔަ މީހުންގެ ތެރެއިން އެކަކީ ހަމަގައިމުވެސް އެމް.ޑީ.ޕީ. އެއްޗެއް. ކަލޭމެންގެ ބޮޑުމީހާ މުސާރަދީގެން އެކަހަލަ ތަންތަނަށް ފޮނުވަން އިސްކޮށްފަ ހުންނަ އެއްޗެއް އެއީ. ކޮބާތަ ކަލޭމެންވީ ވަޢުދުތައް؟ބޯހިޔާވަހިކަން އަހަރެމެންގެ އަތްފޯރާ ފަށަކު ނެތް…އެވެސް ހުރީ ދޮންމީހުންގެ އަތްފޯރާފަށުގައި…ދުވަހެއް އޮތްކަން ވިސްނާލާ….
Comment by seexan — Saturday, February 13, 2010 @ 12:49 pm
އަޅު ގަނޑު އަކީ ވަރަށް ފަހުން އެމްޑީޕީ އަށް ސޮ އެކުރި މީހެއް އަދި އޮޅުން ފިލުވާލަން ބޭނުން ވަނީ.އެމް.ޑީ.ޕީ ސަރު ކާރުން ނާ އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ކުއްވެރިންނަށް މާބޮޑަ ހިމާޔައި ދޭތަން އެބަ ފެނޭ ، އަދި ކޯތު ތަކު ގެ އިސް ގާޒީން ނާ އަދި ފުލުހުން އަދި ޕުރޮސެކިއުޓާ ޖެނެރަލް ވެސް އެއްވަރަކަށް ހިއްސާ ވޭ.އަޅުގަނޑުގެ ވަރަށް އިޙްލާތެރި އެދުމެއް އެބަވޭ ހުރި ހާބޭފުޅުން ގެ އަރިހުން.ކުށްވެރިން ނަ އެހާ ބޮޑަށް މިނިވަންކަން ނުދިނުމަށާ އެމީހުންނަށް ދެވެން އޮއި އެންމެ ބޮޑު އަދަބު ދިނުމަށާ ،އެމީހުންގެ ކިބައިން ރަތްޔިތުނާ ގައުމު ހިމާޔައި ކޮށްދިނުމަށް ،ހުރިހާ ބޭފުޅުންގެ އަރި ހުން މި ނިކަމެތި އިންސާނާ ކަރުނުން ފޯވެގެން ވާހާލު ވަރަބޮޑަށް އެދެން.އަޅުގަނޑު އުއްމީދު ކުރަން މިއައް އަމަލީ ސިފަ އަންނާ ނެކަމަށް
Comment by fayaz — Sunday, February 21, 2010 @ 4:37 pm