އެމްޑީޕީގެ އާންމު ޖަލްސާއެއް މިރޭ އެމްޑީޕީ ހަރުގޭގައި
7 ފެބްރުއަރީ 2010
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިންތިޒާމްކޮށްގެން އެޕާޓީގެ ހަރުގޭގައި ސިލްސިލާކޮށް، ކޮންމެ ހޯމަ ދުވަހެއްގެރޭ ބާއްވަމުން އަންނަ ޖަލްސާ މިރޭ(8 ފެބްރުއަރީ 2010 ވާ ހޯމަ ދުވަހުގެރޭ) ވެސް އޮންނާނެއެވެ. މިޖަލްސާ ފެށޭނީ މިރޭ 9:00 ގައެވެ.
މި އާންމު ޖަލްސާގައި އެމްޑީޕީގެ މެންބަރުންނާއި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ. މިފުރުޞަތުގައި އާންމު މެންބަރުންގެ ފަރާތުން ޖަލްސާތަކަށް ދެއްވާ ޚާއްޞަ އަހަމިއްޔަތާއި ތަރުހީބަށްޓަކައި އެމްޑީޕީގެ އެންމެހާ ލޮބުވެތި މެންބަރުންނަށާއި ޕާޓީއަށް ހެޔޮއެދި ވަޑައިގަންނަވާ އެންމެހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.










އެމްޑީޕީގެ ކޮންގުރެސް އޮންނަނީކޮށްދުވަހަކުންތަ؟
Comment by jallle — Sunday, February 7, 2010 @ 10:56 am