ހަގީގަތުގައި ވެސް ތޮއްޑޫގެ ލޮބުވެތި ރައްޔިތުންގެ ފަރި ހެދުންތަކާއި، އެބޭފުޅުން އެމްޑީޕީއަށް ދެއްވި ހޫނު އިޚްލާސްތެރި މަރުހަބާއަކީ، އެމްޑީޕީގެ ހަޔާތުގައި ގ.ދ ތިނަދޫ ފިޔަވައި ބަޔަކު އެމްޑީޕީއަށް ދެއްވި އެންމެ ބޮޑު ރީދޫކުލައިގެ ދޫލައެވެ. އެކަމަށްޓަކާ މުޅި އެމްޑީޕީގެ ނަމުގަ އަދި އަޅުގަނޑުގެ ނަމުގައި ތޮއްޑޫގެ ލޮބުވެތި އެކުވެރި އުޚުއްވަތްތެރި ރައްޔިތުންނަށް މަރުހަބާ ދަންނަވަމެވެ. އަސްލު ރަނގަޅު ވެއްޖެ ކޮންމެ އެއްޗެއްގެ ފެށުން ރަނގަޅު ވާނެއެވެ. އަސްލު ގޯސްވެއްޖެ ކޮންމެ އެއްޗެއްގެ ފެށުން ގޯސްވާނެއެވެ. މިމޭރުމުން ވިސްނާއިރު، ރާއްޖޭގައި ފުރަތަމަ ރަޖިސްޓްރީ ކުރި އެމްޑީޕީއަކީ، އުފެދުމުގެ އަސްލު ރަނގަޅު ސިޔާސީ ޕާޓީއެކެވެ. ހަގީގަތުގައި އެމްޑީޕީގެ ސިޔާސީ ވިސްނުމަކީ، އަދުގެ ވިސްނުމެއް ނޫނެވެ. މާނައަކީ، އެމްޑީޕީގެ ސިޔާސީ ވިސްނުމަކީ 17 ވަނަ ގަރުނުގެ ތެރޭގައި ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވެސް އައްޑޫ ބޮޑު ފަނޑިޔާރު ފެއްޓެވި މަސައްކަތާއި ގުޅުންހުރި ސިޔާސީ ފިކުރެކެވެ. އެހެންކަމުން މި ސިޔާސީ ފިކުރުގެ ފަހުގެ މުގުލަކީ، ގ. ކެނެރީގޭ މުހައްމަދު ނަޟީދާއި އެފަދަ ވިސްނުން ހުރި މަދުފަރާތް ތަކެވެ. ޔަގީނެވެ. އެމްޑީޕީގެ ސިޔާސީ ފިކުރަކީ ނެތިގެންދާނެ ސިޔާސީ ފިކުރެއްނޫނެވެ. އެމްޑީޕީއަށް ފަހި މުސްތަގުބަލެއް ތޮއްޑޫގެ ލޮބުވެތި ރައްޔިތުންނަށް ބާއްޖަވެރި ޙަޔާތެއް.
Comment by Hassan Mahir/ ADDU — Sunday, February 7, 2010 @ 10:19 pm
މިމަންޒަރު ފެނުމުން އަޅޫގަނޑުގެ ހިތައްވެރިވި ޝުޢޫރުތައް’ ހަގީގަތުގައި ތޮއްޑޫގެ ލޮބުވެތި ރައްޔިތުންގެ ވިސްނުމަށް މިއާ ބަދަލުތަކުގެ މައްޗަށް އަޅުގަނޑު އަޖައިބުވެ އަންތަރީސްވިއެވެ. އެއީ ކީއްވެ ހެއްޔެވެ؟ ގ.ދ ތިނަދޫ ފިޔަވައި ރީދޫކުލައިގެ ދޫލެއްގެ މަރުހަބާ ކިއުއްވި2 ފަރާތަކީ ތޮއްޑޫ ކަމުގައިވުމެވެ. މީގެ ކުރިން އަޅުގަނޑަށް ލިބިފައި ހުރި މަޢުލޫމާތުގެ މައްޗަށް ނަޒަރު ހިންގާ އިރު، މިފޮޓޯތަކުން މިފެންނަ އަސަރުހުރި ނަލަނަލަ މަންޒަރު ތަކަކީ، ހުވަފެނެއްގައި ވެސް ތޮއްޑޫއިން ފެންނާނެ މަންޒަރެއް ނޫނެވެ. ނަމަވެސް ތޮއްޑޫގެ ލޮބުވެތި އުޚުއްވަތްތެރި ނަލަނަލަ ރައްޔިތުން އެމްޑީޕީއަށް ތިޔަދެއްވި ތަރުހީބާއި ހިންހެޔޮކަމުގެ ލާމަސީލު ދެވަނައެއް ނެތް ފަދަ މަރުހަބާއަށް އެމްޑީޕީގެ ފަރާތުންނާއި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަސްމީރު ނަލަރީތި ތޮއްޑޫގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރުގެ ތަރާނާ ފޮނުވަމެވެ. އެމްޑީޕީއަށް ފާގަތި މުސްތަގުބަލެއް ތޮއްޑޫގެ އުޚުއްވަތްތެރި ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ދެއްވުން އެދި ދުޢާކުރަމެވެ. މިއަދު ރާއްޖޭގެ ލޮބުވެތި ރައްޔިތުން ވިސްނަންވީ، ފެށުމުގައި މަގުޞަދު ރަނގަޅު ވެއްޖެ ކޮންމެކަމެއް އަލިވިލޭނީ ޙައްގު ފައުޅުވުމުގެ ފަތިހަކަށް ކަމެވެ. ޔަގީނެވެ’ އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލް އަނދިރިކަމުން ސަލާމަތް ކުރުމުގެ ކަމަރުބަނދެ ކަޅު އަނދިރި އުސޫލުތަކުގެ މަތީގައި އޮތް 2500 އަހަރުވީ ދަންމަރު ދޮވެ ސާފުކޮށް ލުމުގެ ސިޔާސީ ޕާޓީކަމުގައެވެ. މީލާދީ ސަނަތުން 17 ވަނަ ގަރުނުގެ ތެރޭގައި ރާއްޖޭގައި އޮތް ވިރާސީ ވަރުގަދަ ރަސްކަމުގެ ހުކޫމަތުގެ ވިސްނުމާއި، ތަސައްވަރު ބަދަލު ކޮށްލުމަށް އެންމެ ފުރަތަމަ ނަސޭހަތުގެ ގޮތުން އެއިރުގެ ކީރިތި މަހާރަދުން ކަމަށްވާ އައްސުލްޠާން މުޙައްމަދު ޝަމުސުއްދީން 1 އެކެއްގެ މައްޗަށް އެންމެ ފުރަތަމަ މާލޭ ހުކުރު މިސްކިތުގެ މިންބަރުގައި ގޮވާލެއްވި އިލްމީ އަފޫރުއްބަ މުރައްބީއަކީ، އަލް އައްލާމާ އަލްގާޞީ މުޙައްމަދު ޝަމުސުއްދީން އަލްކަބީރު ނުވަތަ ދިވެހިންގެ ތެރޭގައި މަޝްހޫރު އައްޑޫ ބޮޑު ފަނޑިޔާރު ތައްޚާނެވެ. އޭގެ ފަހުން 1860 ވަނަ އަހަރު ހިސާބުގައި އައްޑޫ ހިތަދޫ ރޮނޑާގޭ ދީދީ ސިލޯނުގައި ރާއްޖޭގެ ރަސްކަން ކުރަށްވާ ގޮތުގެ މައްޗަށް ފާޑު ކިޔާފައި ސިޓީތައް ބަހާފައި ވެއެވެ. ހެއްކާއި ގަރީނާ ތަކާއެކު ބޯދާ ވެރިކަމުގެ އުސޫލުތައް ނައްތާލުމަށްޓަކާ އައްސުލްޠާން މުހައްމަދު ޝަމުސުއްދީން3 ގެ ރަސްކަމުގައި އިޚުލާސްތެރި ކަމާއެކު، މަސައްކަތް ކުރެއްވީ ފަޞީލަތުއް ޝޭޚު އަލްއައްލާމާ ޙުސެއިން ޞަލާހުއްދީނުލް މަހައްލީއެވެ. ތަހުޒީބު ވިސްނުން ތަކުގެ އަލީގައި މިގައުމުގައި އޮތް ބޯދާ ރަސްކަމުގެ ހުކޫމަތު ބަދަލު ކުރެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅަކީ، ސުއްމުލް އަމީރު އަލްމަރުޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެހެންކަމުން 17 ވަނަ ގަރުނުން 21 ވަނަ ގަރުނާއި ހަމައަށް ދިގު ދެމިގެން ދިޔަ ޝާހީ ވެރިކަމުގެ އުސޫލުތަކާއި، ބޮޑެތި ވަށްޓަފާޅިތައް ބަދަލު ކޮށްލުމުގެ މުގުލުގައި ﷲގެ ރަޙުމަތުން ހިއްޕެވި ގައުމީ ފަހުލަވާނަކީ، އަދުގެ ރައީސުލް ޖުމުހޫރިއްޔާ ގ. ކެނެރީގޭ މުޙައްމަދު ނަޝީދާއި،( މިގައުމުގެ ސަލާހުއްދީނުލް އައްޔޫބީއެވެ) އާއި އެމަނިކުފާނު ފަދަ ވިސްނުން ހިއްސާ ކުރެއްވި ދިވެހި ލޮބުވެތި މަދު ދަރީންތަކެވެ. އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލުގެ ދަންމަރެވެ މިސަރުކާރަކީ، ދިވެހި ދަޢުލަތް ލާމަރުކަޒީ އުސޫލުން ހިންގާ މި ދައުލަތުގެ ގައުމީ ވާޖިބުތައް ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފަހިކޮށް ދެއްވާނެ އޯގާތެރި ސަރުކާރެވެ.
Comment by Hassan Mahir/ ADDU — Monday, February 8, 2010 @ 1:40 am
މާހިރު އެބަޔާން ކުރީ ވަރަށް ބޮޑުތެދު ޙަޤީޤަތެކެވެ. ހަޤީޤަތަށް ލޯބިކުރަން އަހަރެމެން ދަސްކުރަން ވެއްޖެއެވެ. ޢެމް.ޑީ.ޕީ އަށް އެދެނީ އަދަށްވުރެފެހި މާދަމަ އެކެވެ.
Comment by Didi — Monday, February 8, 2010 @ 3:20 pm
` އަމިއްލަ ޚިޔާލު. ސިވިލް ސަރވެންޓުންގެ ކުރީގެ މުސާރަ އިޢާދަ ކުރުމުގައި ސަރުކާރާއި ސިވިލްސަރ ވެންޓުންނާއި، ދެމެދު ދިމާވެފައިވާ މިޠަރޫރީ މައްސަލަ ތަކުގެ މައްޗަށް ކެއްތެރި ވުމަކީ، މިވަގުތު ގައުމުގެ އިގުތިސާދީ ޙާލަތު އެދި ގޮވާގޮތެވެ. އެހެންކަމުން މިވަގުތަކީ ލޮބުވެތި ރައްޔިތުންގެ މާއްދީ އެދުންތަކަށް ވުރެ، ބޮޑަށް ގައުމީ މަސްލަހަތު އިސްކުރުމުގެ ވަގުތެވެ. ޚާއްސަކޮށް، މާއްދީ ކަންކަމުގެ މައްޗަށް ކެއްތެރި ކަމާއި މުސާފަޙާތު ކުރުމުގެ މަތިވެރި ސިފަ މިވަގުތު ދައްކަން ޖެހެއެވެ. މިސިފަތަކުން އެއްކިބާ ވެއްޖެނަމަ، އެބަޔަކަށް ނުވަތަ އެ ގައުމަކަށް ކުރިމަތި ވެގެންދާނީ ނިކަމެތިކަމާއި، ޢަރީބުކަމެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް މިވަގުތުގެ ބޭނުން ހިފާ މިކަމުގައި ސިޔާސީ ކުލަ ޖެއްސުމަށްޓަކާ ގައުމަށް ހެޔޮއެދޭ ކަމުގެ ގިރިޓީ ދައްކާ ބަޔަކު އަޑީގައި ތިބެ ކުރަމުންދާ ބޭކާރު މި މަސައްކަތަކީ، އެބަޔަކަށް ފޮނި މޭވާތަކެއް ލިބޭނެ ހައްގު މަސައްކަތެއް ނޫނެވެ. މިމަސައްކަތުގެ ތެރެއިން އެފަދަ ފަރާތްތަކަށް ލިބޭނެ ހިތި މޭވާއަކީ ގައުމުގައި ހަމަނުޖެހުން އުފެދުމާއި، މުޖުތަމަޢު ފަސާދަވުމެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، އިގުތިސާދީ ގޮތުން މިގައުމު މިފަދަ ޙާލަތަކަށް ވެއްޓުނު މައިގަނޑު ސަބަބުތައް ދިރާސާކޮށް، ހޯދަން އެބަޖެހެއެވެ. އެގޮތުން އަޅުގަނޑު ގަބޫލުކުރާ މައިގަނޑު 3 ސަބަބު ބަޔާންކުރާ ހުށީމެވެ. (1) ކުރީގެ ސަރުކާރުގައި އޮތް މާލީ ސިޔާސަތުގައި ހަރުދަނާކަން ނެތުމާއި، (2) ދައުލަތައް ލިބޭ އާމްދަނީ އަށް ވުރެ ކުރީ ސަރުކާރުގެ ޚަރަދު ބޮޑުކޮށް، ސަރުކާރު ބައްޓަން ކުރުމާއި، (3) އިގުތިސާދީ ގޮތުން ވަގުތީ ހައްލު ހޯދުމަށްޓަކާ އިގުތިސާދީ ވިސްނުން ތަކުން އެއްކިބާވެ ބައިނަލް އަގުވާމީ މާލީ ސިޔާސަތާއި، ފުށުއަރާ އުސޫލުން ފައިސާ ޗާޕްކޮށް، ގާނޫނީ މަނީސަރ ކިއުލޭޝަނުގެ ތެރެއަށް ކުރީގެ ސަރުކާރުން ވެއްދުމެވެ. މިއީ މުޙައްމަދު ނަޝީދުގެ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް މިކަން ހައްލުވާނީ ދުވަސް ކޮޅެއްގެ ގުރުބާނީ ތަކެއްގެ ތެރެއިން ކަމުގައި ވިޔަސް، މިކަމުގެ ފިތުނަ ވެރިކަމާއި، މިކަމުގެ ސަބަބުން މުޖުތަމަޢުގެ ތެރެއަށް ކުރާ ނޭދެވޭ އަސަރުތަކަކީ، ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ މިސަރުކާރުން ރާވާފައިވާ ހަރުދަނާ ސިޔާސަތުގެ ފޮނިމޭވާ ދޮންވެ ފަތްކާ ވަންދެން، ނުތިބެ މި ފިތުނަވެރި ކަމުގެ ސަބަބުން ރައްޔިތުންގެ ކެއްތެރިކަން ފަހަރެއްގައި ފާލުންނެއްޓި ހިނގައި ދާނެއެވެ. އެހެންކަމުން އަޅުގަނޑު މިސަރުކާރަށް ގޮވާލަނީ، މިހާރަށް ވުރެ ބޮޑަށް ސިޔާސީ ދުޝްމަނުންގެ ނުބައި ރޭވުންތެރިންގެ މައްޗަށް ސުލްހަވެރި ކަމާއެކު، ފާރަލާ ރައްޔިތުންނަށް ރާއްޖޭގެ އިގުތިސާދު މިފަދަ ހާލަތެއްގެ މައްޗަށް ވެއްޓުނު ސަބަބު ސަރުކާރުން ޒިންމާދާރު ގޮތެއްގައި މީޑިޔާ މެދުވެރިކޮށް، މެދު ނުކެނޑި ސާފުކޮށް ދެއްވާށެވެ. ރައްޔިތުންނަށް ތެދު މައުލޫމާތާއި ޚަބަރު ގެނަސް ދިނުމުގެ ގޮތުން ރާއްޖޭގައި ނެރޭ ހަވީރާއި، އާފަތިހަކީ، އެ ދެނޫސް ކިޔާލުން ބުއްދީގެ އަހުލުވެރިންނަށް އެދެނޫހުގެ ފަސްބައި ވަރަށް ރަނގަޅަށް ސާބިތު ކުރެވި ދާނެއެވެ. އަދި އެދެނޫހަށް މީހުން ފޮނުވާ ކޮމެންޓުތަކުގެ ތެރެއިން އެމީހުން ސައިޓަށް ލޯޑުކުރާ ކޮމެންޓުތައް ނިކަން ބައްލަވާށެވެ’ ތިޔަ ދެނޫހަށް ސާބަހެވެ’
Comment by Hassan Mahir/ ADDU — Tuesday, February 9, 2010 @ 3:20 am
ތިކުރާހިއްވަރަށް ސާބަސް އެމްޑީޕީ ކުރިއަށް. ގޮ*ބޯ އަށް ފެނޭތަ ހަގީގީ މަންޒަރު. އަދިވެސް ތިމާވަރުގެ މީހަކު ނެތިގެން ތިއުޅެނީ. އަދި ޗަންޕާ އަށް ބުނަންއޮތީ މިހާރު އަތުގަ ފައިސާކޮލެއް ހުޓަކަކަސް މާދަން ވާނެ ގޮތް އެގޭބާ އަހަރުމެންނައް ޔަގީން ކަމެއް އެބައޮތް ލިބުނު ގޮތަކަށް ގެންދަވާނެ ކަން. ހޭބަހަޓައިގެން އުޅޭތި، އާއިލާގެ މީހުނަށް ދިމާވި ގޮތާ ދިމާވަމުން ދާގޮތް ފިލާވަޅަކަށް ބަލާ. ރައްޔިތުން ނުނުކުންނަނީސް މައިތިރިވޭ؟
Comment by munnaru777@live.com — Tuesday, February 9, 2010 @ 11:16 am
އަމިއްލަ ޚިޔާލު’ ތެދެކެވެ’ ސިވިލް ސަރވެންޓުންގެ މުސާރައާއި މެދު ފިނޭންސްއާއި ސިވިލް ސަރވިސް ކޮމިޝަނާއި ދެމެދު މިކަމުގައި މައްސަލަ އެބައޮތެވެ. މިކަމުގައި ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވަނީ، ސިވިލް ސަރވެންޓުންގެ މުސާރަ ފިނޭންސްއިން ކުޑަކޮށްފައި ވަނީ، 3 މަހުގެ މުއްދަތުގެ މައްޗަށް ކަމުގައެވެ. މިމައްސަލައާއި ގުޅިގެން ފިނޭންސްއިން ވިދާޅުވަނީ، ސިވިލް ސަރވެންޓުންގެ މުސާރަ ކުޑަކުރީ ރާއްޖޭގެ އިގުތިސާދީ ޙާއްސަހާލަތު ނިމުމަކަށް އަންނަންދެން ކަމުގައެވެ. ބޭރުފުށުން ނަމަވެސް، ސިވިލް ސަރވެންޓުންގެ މުސާރައާއި މެދު ފިނޭންސްއާއި ސިވިލް ސަރވިސް ކޮމިޝަނާއި ދެމެދު މިކަމުގައި މައްސަލަ އެބައޮތެވެ. އެހެންކަމުން މިމައްސަލައާއި ގުޅިގެން ފިނޭންސް މިނސްޓަރ ވަނީ މީޑިޔާ މެދުވެރިކޮށް ދާދި ފަހުން ރަސްމީ ބަޔާނެއް ވެސް ދެއްވާފައެވެ. އެބަޔާނުގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ އިގުތިސާދީ ޙާއްސަ ހާލަތު ނިމުނުކަމުގައި ވާނީ ދައުލަތުގެ އާމްދަނީ 7 ބިލިއަނަށް އެރުން ކަމުގައެވެ. އަދި އަރާނެ ކަމުގެ އެއްވެސް އުއްމީދެއްވެސް ނެއްކަމުގައެވެ. އެހެންމެ ވަރަށް ޔަގީންކަމާއެކު އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ބަޖެޓް 7 ބިލިއަނަށް އަދި ނާރާ ކަމުގައެވެ. ވީހިނދު، ދެފަރާތުން ކުރެ ކޮންމެވެސް އެއްފަރާތް އިންސާފުން އެބަ ކަސިޔާރުވެއެވެ. އެންމެ ރަނގަޅެވެ’ މިއީ ތަހުގީގު ކުރަންޖެހޭ މައްސަލައެކެވެ. ނަމަވެސް މިމައްސަލައާއި މެދު ހިކިމަތުގެ މައްޗަށް ރުޖޫޢަވާން އެބަޖެހެއެވެ. މިސާލަކަށް މިކަމުގައި ރާއްޖޭގެ މަރުކަޒީ ބޭންކުގެ ބަސް ހޯދަންޖެހެއެވެ އެހެންމެ ފިނޭސްގެ ބަސްހޯދަން ޖެހެއެވެ. ދައުލަތުގެ އާމްދަނީ މިދިޔަ 3 މަހުގެ ތެރޭގައި 7 ބިލިއަނަށް އަރާފައި ވާނަމަ، އެކަން އެންމެ ރަނގަޅަށް އެނގިވަޑައި ގަންނަވާނީ މަރުކަޒީ ބޭންކަށާއި، ފިނޭންސަށް ކަމުގައި ވީހިނދު، މަރުކަޒީ ބޭންކާއި، ފިނޭންސްއިން ދައުލަތުގެ އާމްދަނީ މިދިޔަ 3 މަހުގެ ތެރޭގައި 7 ބިލިއަނަށް ނާރާކަމުގައި ވިދާޅުވެއްޖެ ނަމަ، މިމައްސަލާގައި ނިޔާ ކަނޑަ އެޅުމަށް ފަނޑިޔާރުން ހޭރިޔާ ކުރަށްވާނީ ކޮންދިމާލަކަށް ބާވައެވެ؟ ނުވަތަ މަރުކަޒީ ބޭންކާއި، ފިނޭންސްއިން މިދިޔަ 3 މަހުގައި ދައުލަތުގެ އާމްދަނީ 7 ބިލިއަނަށް އަރާފައި ވާކަމަށް ވިދާޅުވެއްޖެނަމަ، ކުރީގެ މުސާރަ ސިވިލް ސަރވެންޓުންނަށް އިއާދަ ނުކުރި މައްސަލާއިގެ މައްޗަށް ކޯޓުން ހުކުމް ކުރައްވާނީ ދައުލަތުގެ މައްޗަށް ހެއްޔެވެ؟ ނުވަތަ ސަރުކާރުގެ މައްޗަށް ހެއްޔެވެ؟ ނުވަތަ ފިނޭންސް މިނިސްޓަރގެ މައްޗަށް ހެއްޔެވެ؟ އޭސަހަރޯއެވެ’ ސިވިލްސަރ ވިސް ކޮމިޝަނުގެ ގާނޫނުގެ ތެރެއިން އެކޮމިޝަނުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި މިފަދަ އިގުތިސާދީ ހާއްސަ ހާލަތެއް ދައުލަތަށް ދިމާވެއްޖެ ނަމަ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން އަޅުއްވާ މިފަދަ ޚާއްސަ ފިޔަވަޅު ތަކާއި ދެކޮޅަށް ފިނޭންސްގެ މައްޗަށް ދައުވާ ކުރުމުގެ އިޚުތިޔާރު ގާނޫނު އަސާސީން އެކޮމިޝަނަށް ބާރު ލިބިދީފައި ވޭހެއްޔެވެ؟ މިމައްސަލަ ކޯޓަށް ވެއްދުމުގެ މޭސްތިރީންނަކީ، އެއްވެސް ޝަރުޠެއް ނެތި މިސަރުކާރަށް ތާއިދު ކުރެއްވި ކުރީގެ ސަރުކާރުގެ ބަންޑާރަނައިބު ކަންކުރެއްވި އަދި އަމިއްލަ ގޮތުން މިދިޔަ ރިޔާސީ އިންތިޙާބުގައި ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމަށް ވާދަކުރެއްވި އަދި މިސަރުކާރުގެ ރައީސުލް ޖުމުހޫރިއްޔާގެ އިސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި އިންނަވާ ހަރުދަނާ ސަބަބުތަކެއް ނެތި އިސްތިޢުފާ ދެއްވި ޑރ ހަސަން ސައީދާއި، ކުރީ ސަރުކާރުގެ ޖަސްޓިސްޓް މިނިސްޓަރުކަން ކުރެއްވި އަދި މިސަރުކާރުގައި ޓްރާންސްޕޯރޓް މިނިސްޓަރުކަން ކުރެއްވި ޑރ ޖަމީލާއި ޑރ ހަސަން ސައީދު ކަމުގައި ވުން ދޭހަކޮށް ދެނީ، މިކަމުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމެވެ.
Comment by Hassan Mahir/ ADDU — Wednesday, February 10, 2010 @ 11:00 pm
ހަވީރު ނޫހަކީ އަޅިގަނޑު އެއްމެކުރީއްސުރެ ވެސް ކިޔާ ހަމައެކަނި ނޫހަކީ،މިހާރު ހަވީރުނޫސްކިޔާލުމުން ހީވަނީ ކޮންމެވެސް ސިޔާސީޕާޓީއަކުން ނެރޭ ނޫހެއްހެން،ވަރަށްސިޔާސަ،ވަކިޕާޓީއަކަށް ސަނާކިޔާފަ ހުންނަ އާޓިކަލްތައްވެސްހުރޭ،އަދިސަރުކާރާ ރައްޔިތުންނާ ޖެހޭފަދަ އިބާރާތްތައް ބޭނުންކޮށްފަހުންނަ ލިއުންތައްވެސް ހުރޭ،މިހާރުގެ ސަރުކާރުން ހަމައެއްވެސްކަމެއް ރަގަޅަށް ކުރިވާހަކަ ލިއެފައޮތް އާޓިކަލެއް މީންދުވަހަކުވެސް ނުދެކެން،ބައެއް އާޓިކަލްތަކުގަ ސަރުކާރާ އިދިކޮޅު ގާނޫނީ ވަކީލެއްގެ ރޯލެއް އަދާކޮށްފަ ހުންނަތަންވެސް ފެނޭ.ހަވީރުނޫހަކީ ޒިންމާދާރު ނޫހެކޭ ބުނަން މިހާރު އަޅުގަނޑު ފަސްޖެހެން، އެކަމަކުވެސް މިހާރުވެސް ކިޔާހަމައެކަނި ނޫހަކީ ހަވީރު ނޫސް،ކުރިޔަށް އޮތްތަނުގާ ކިޔާނީވެސް ހަވީރުނޫސް،ނޫސްވެރިކަމުގެ މިނިވަންކަން ނަހަމަގޮތުގާ ބޭނުން ނުކުރުމަށް،ހަމައެކަނި ހަވީރުނޫސް ކިޔާ ކިއުންތެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު އެދެން،ވަރަށްގިނަފަހަރަށް ހަގީގަތާޚިލާފަށް ދޮގު ޚަބަރު ލިއެފަހުންނަކަން ފާހަގަކުރަން، އެގޮތުން ޖެނުއަރީ 28 ވަނަދުވަހުގެރޭ ސަރުކާރާ އިދިކޮޅު ފަރާތްތަކުން މުލީއާގޭދޮށަށް އެއްވެހިންގިހަރަކާތްތައްވެސް ހުރީ ވަރަށްބޮޑަށް އޮޅިވާލާ،ދޮގުޚަބަރުކަން އަޅުގަނޑު ފާހަގަކުރަން،އަޅުގަނޑުމީ އެހާދިސާހިގަން ފެށީއްސުރެ އެހިސާބުންމީހުންފަހާ ދުރަށްލަންދެން ވަރަށްކާރީގަ އެބުރުނުމީހެއް،ހަމަކަން ބެލުމުގެ ބޭނުމުގަ،އެހެންވެކަންހިގިގޮތް އަޅުގަޑުގެ ހަމަ ލޮލުނެދުށިން،މުނިސިޕަލްޓީގެ ރައީސްއަށް ހަމަލާދޭން ބަޔަކުއުޅުމުން އާންމުންގެބަޔަކު އޭނާހިމާޔަތްކުރިވާހަކަ އޮތީމަ ހަމަކޮސްވި،މީހާނުފެންނަވަރަށް ހުކުރުމިސްކިތް ތެރޭން އާދަމް މަނިކު ގަޔަށް ވަށައިގެންވެލިޖެހިތަން ނުފެނުނީމަ،ބުނެލަންއޮތީ ތިރިޕޯޓަރު ހުރީ ހަމަހޭގަބާއޭ،ނޫނީ ހަގީގަތްހާމަކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫންބާއޭ!؟ އަޅުގަނޑު ފޮނުވާ ކޮމެންޓު ނުޖެހިޔަސް އަދިވެސްކިޔާނީ ހަވީރު ނޫސް،އެވަރެއްނެތް.
Comment by huxain riyax — Thursday, February 11, 2010 @ 12:14 am
` އަމިއްލަ ޚިޔާލު. ގަބޫލު ކުރަންޖެހޭ ވަރަށް ބޮޑު ހަގީގަތެއް އެބައޮތެވެ. 2500 އަހަރު ވަންދެން މިރާއްޖޭގައި ދެމިގެން އައި ޝާހީ ރަސްކަމުގެ އުސޫލުތަކާއި ވަށްޓަފާޅިތައް މީހުންގެ ހިތްތަކުން އަދިވެސް ކެނޑިގެން ނުދާކަމެވެ. ދައުލަތުގެ އެންމެހާ ގާނޫނީ ބާރުތައް ރަދުން ބޭނުންފުޅުވި ގޮތެއްގެ މައްޗަށް ޙުކުމް ކުރުމުގެ ވިސްނުމާއި، އެކަމުގެ ލައްޒަތު އަދިވެސް ދިވެހިންގެ ހިތްތަކުން ބީވެގެން އަދި ނުދެއެވެ. ވަރުގަދަ ޝާހީ ރަސްކަމުގެ ފުރަމާނަ ޘަޤާފަތް ބީވެގޮސް، ދުސްތޫރެއްގެ މައްޗަށް ކަނޑަ އެޅިފައިވާ ހަރުދަނާ ގާނޫނީ ހަމަތަކެއްގެ މަތީން ރައްޔިތުންގެ އަޢުލަބިއްޔަތުގެ މައްޗަށް ހިންގޭ ގާނޫނީ ވެރިކަމެއް މިރާއްޖޭގައި އޮތުމަކީ، ޑިމޮކްރަސީ ބާރުތަކުގެ ތެރެއިން އިހުގެ ކާބަފައިންނާއި، މިއަދުގެ ބައެއްގައުމީ އަޝްރާފުން ވެސް ހިތް އެދޭ ކަމަކަމަށް ނުވާހިނދު، ދިރިހުރި މިސާލެއް ދަންނަވަން ތޯއެވެ. ސުއްމުލް އަމީރު އަލްމަރުޙޫމު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ، މިރާއްޖޭގެ ވެރިކަމުގެ ބޯދާ އުސޫލުތައް ނުވަތަ ކައްޓަރު ވަށްޓަފާޅިތައް ބަދަލު ކުރައްވާ ރާއްޖޭގެ ވެރިކަން ހިންގެވުމުގެ ހަރުދަނާ ވިސްނުންތަކެއް ގެންގުޅުއްވި ބޭފުޅަކަށް ވީހިނދު، މުހައްމަދު އަމީނަށް ޖެހުނު ދަތުރުން ޢިބުރަތް ހާސިލް ކުރައްވާށެވެ. އެހެންކަމުން ޙައްގު ވެރިކަމެއްގެ އެންމެ އުސް ކުންނުގައި ތިބޭ ގައުމާއި، ރައްޔިތުންނަށް ވަފާތެރި މަދު ބައެއްގެ ދުވަސް ދުއްވާލުމަކީ، މިރާއްޖޭގެ ސަޤާފަތުގެ ތެރެއިން އަބަދުވެސް ވާރުތަވެ ނަގުލުވަމުން އަންނަ ގައުމީ މުސީބާތެކެވެ. އެހެނީ، ބޯދާ ވެރިކަމުގެ ޝާހީ ހުކޫމަތުގެ ފުރަމާނަ ދަނައޫ، މިވިސްނުމުން މިންޖުވެ ގައުމަށް ހެޔޮއެދޭ ގިނަ ބައެއްގެ ބުރަ މަސަތްކަތުން، ޚާއްސަކޮށް، އެމްޑީޕީއަށް ނިސްބަތްވީ މަދު ދިވެހިންގެ ބުރަ މަސައްކަތުން އިސްލާޙު ކުރެވުނު ޤާނޫނު އަސާސީގެ ދަށުން އުފެދުނު ޤާނޫނީ ވެރިކަން ހަމަ މަގުން ހިންގުމަށް ދަތިވަނީ އެގާނޫނު އަސާސީގެ ދަށުން އިންތިހާބުވީ ގާނޫނީ ސަރުކާރުކަމަށް ދައްކަން މިރާއްޖޭގައި އުފެދުނު ފަސްބައި ސާފު ޤާނޫނީ ބޮޑެތި މުރައްބީންނާއި، އުސްތާޒުން މަސައްކަތް ކުރާކަމުގެ މައްޗަށް އަޖާއިބުވާކަށް ނުޖެހެއެވެ. އެހެނީ، ސިވިލްސަރ ވެންޓުން ނުވަތަ ދިވެހިސަރުކާރުގެ މުއައްޒުފުންގެ މުސާރައިގެ މައްސަލާގައި ސަރުކާރާއި ސިވިލްސަރވިސް ކޮމިޝަނާއި ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމުގެ މައްސަލާގައި ސިޔާސީ ކުލަޖައްސާ މިހާރު ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރުގެ އަގުވަށްޓާ ލުމަށްޓަކާ ބަޔަކު ގަސްދުގައި މަސައްކަތް ކުރަމުންދާކަމީ، މިރާއްޖޭގެ އުދަރެހުގައި ހުރި ކެތިވެސް ސާބިތުކޮށް ދޭކަމެކެވެ. މިކަން މިކުރެވެނީ، އަބޫ ޖަހުލުގެ ބޮޑާކަމުގެ ވާރުތަ ލިބިފައި ތިބި ބަޔަކު އަޑީގައި ތިބެ ނާޖާއިޒު ގޮތުގައި ހޯދާފައިވާ މުދަލާއި، ޗާލާކީނު ދިރިއުޅުމާއި، ރައްޔިތުންގެ ފަރާތުން ތިމާމެންނަށް ޖައްސުވަމުން ދިޔަ ސަޖިދަ ޖެހުން ހުއްޓުވުމާއި، މުޅި ރާއްޖޭގެ އުތުރާއި ދެކުނު ފަޅުކޮށް މީހުން އަޅުވެތި ކުރުމުގެ ސަގާފަތް މިރާއްޖެއިން ނެތިގެން ދިއުމާއި، ކުރީގައި އޮންނަހެން ބޮޑެތި ބަޖެޓްތައް އޮފީހުގެ ވެރިންނާއި ހަވާލު ކުރުމުގެ ސަގާފަތް ނެތިދިއުމާއި، ރާއްޖޭގެ މަރުކަޒީ ބޭންކް ތިމާމެންގެ ދުއްކާނަކަށް އޮތުމުގެ ސަގާފަތް ނެތި ދިއުމާއި ލާމަރުކަޒީ އުސޫލުގެ މައްޗަށް ދައުލަތް ހިންގުމުގެ ސިޔާސަތު މިސަރުކާރުން ގެންގުޅުމާއި ރާއްޖޭގެ ޓޫރިޒަމް ފުޅާ ކުރުމަށް މިސަރުކާރުން މަސައްކަތް ކުރުމާއި ހަރުދަނާ އުސޫލުން ވިޔަފާރިން ޓެކްސް ނަގަން މިސަރުކާރުން މަސައްކަތް ކުރުމާއި، ކުރީގެ ސަރުކާރުން ހިންގާފައިވާ ކަމަށް މީހުންބުނާ މައްސަލަތައް ބަލަން މިސަރުކާރުން މަސައްކަތް ކުރުމެވެ. ކަންއޮތީ މިހެންކަމަށް ވީހިނދު، ސިވިލްސަރވިސް މުއައްޒުފުންގެ މުސާރައިގެ މައްސަލާގައި ރާއްޖެ ޗެމްބާސް މިމައްސަލަގައި ސިވިލްސަރވިސް ކޮމޮޝަނުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރާ ބައެއްގެ ގޮތުގައިވުން އެއީ ރައްޔިތުން އަޖައިބުވެ އަންތަރީސްވާން ޖެހޭ ކަމެއްނޫނެވެ. މިކަމުންވެސް މިއެނގެނީ، މިކަމުގައި ސިޔާސީ ކުލަޖެހިފައިވާ މިންވަރެވެ. ޑ.ރ ހަސަން ސައިދާއި، ޑރ ޖަމީލުއެވެ’ ތަޢައްސުބުން އެއްކިބާވެ ލިބިފައިވާ ސަނަދުގެ ބޭނުން ރަނަގަޅަށް ހިއްޕަވާށެވެ. ދިވެހި ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގެ 182 ހ. ގެ 1-2 ގައި ސިވިލްސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތާއި، ޒިންމާ ބަޔާންކުރާ ބާބުގައި ބުނާ މަފްހޫމަށް ވިސްނާއިރު، ފިނޭސް މިނިސްޓްރީ ގޮވާއިގެން ސިވިލްސަރވިސް ކޮމިޝަނުން ކޯޓަށް ދެވޭނެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް އަޅުގަނޑަށް ނުފެނުނެވެ.
Comment by Hassan Mahir/ ADDU — Thursday, February 11, 2010 @ 12:49 pm
ތޮއްޑޫގެ ލޮބުވެތި ރައްޔިތުން، އެމް. ޑީ. ޕީ. ސަރުކާރުގެ ފުރަތަމަ ހަތަރު އަހަރު ނިމެންދެން ރީނދޫ ކުލައިގައި ތިބޭނަމެވެ. ނަމަވެސް ފުރަތަމަ ހަތަރު އަހަރު ނިމޭއިރު، ރައީސް ނަޝީދު ތޮއްޑޫއަށްކޮށްދެއްވަން ވަޢުދުވީ ކަންތައްތަށް ނުކޮށްދެއްވައިފި ނަމަ ރީނދޫކުލަ ދޫކޮށް އެހެން ކުލަޔަކަށް ބަދަލުވާން ޖެހޭނެއެވެ. ރައީސް ނަޝީދު ތޮއްޑޫގެ ރައްޔިތުންނަށްވީ ވަޢުދުތަށް: ބޭންކެއް ހުޅުވައިދިނުން (.) ސަތޭކަ ފުލެޓް އަޅައިދިނުން (.) ބޮޑެތި މަގުތަކުގައި ތާރުއަޅައިދިނުން (.) މާލެއާ އެއްއަގުގައި، އެއްފެންވަރުގައި ކަރަންޓުގެ ޚިދުމަތްދިނުން.
Comment by Naseem — Thursday, February 11, 2010 @ 5:54 pm
މިސަރުކާރުން ކުރާކަންތައްތަކަށް ގޮތްނިންމާ ހަމައެކަނި ފަރާތަކީ ހަވީރުނޫސްބާ؟!
Comment by hgbsgdbs coite — Friday, February 12, 2010 @ 12:58 am
Name
Mail (will not be published)
Website
ހަގީގަތުގައި ވެސް ތޮއްޑޫގެ ލޮބުވެތި ރައްޔިތުންގެ ފަރި ހެދުންތަކާއި، އެބޭފުޅުން އެމްޑީޕީއަށް ދެއްވި ހޫނު އިޚްލާސްތެރި މަރުހަބާއަކީ، އެމްޑީޕީގެ ހަޔާތުގައި ގ.ދ ތިނަދޫ ފިޔަވައި ބަޔަކު އެމްޑީޕީއަށް ދެއްވި އެންމެ ބޮޑު ރީދޫކުލައިގެ ދޫލައެވެ. އެކަމަށްޓަކާ މުޅި އެމްޑީޕީގެ ނަމުގަ އަދި އަޅުގަނޑުގެ ނަމުގައި ތޮއްޑޫގެ ލޮބުވެތި އެކުވެރި އުޚުއްވަތްތެރި ރައްޔިތުންނަށް މަރުހަބާ ދަންނަވަމެވެ.
އަސްލު ރަނގަޅު ވެއްޖެ ކޮންމެ އެއްޗެއްގެ ފެށުން ރަނގަޅު ވާނެއެވެ. އަސްލު ގޯސްވެއްޖެ ކޮންމެ އެއްޗެއްގެ ފެށުން ގޯސްވާނެއެވެ. މިމޭރުމުން ވިސްނާއިރު، ރާއްޖޭގައި ފުރަތަމަ ރަޖިސްޓްރީ ކުރި އެމްޑީޕީއަކީ، އުފެދުމުގެ އަސްލު ރަނގަޅު ސިޔާސީ ޕާޓީއެކެވެ. ހަގީގަތުގައި އެމްޑީޕީގެ ސިޔާސީ ވިސްނުމަކީ، އަދުގެ ވިސްނުމެއް ނޫނެވެ. މާނައަކީ، އެމްޑީޕީގެ ސިޔާސީ ވިސްނުމަކީ 17 ވަނަ ގަރުނުގެ ތެރޭގައި ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވެސް އައްޑޫ ބޮޑު ފަނޑިޔާރު ފެއްޓެވި މަސައްކަތާއި ގުޅުންހުރި ސިޔާސީ ފިކުރެކެވެ. އެހެންކަމުން މި ސިޔާސީ ފިކުރުގެ ފަހުގެ މުގުލަކީ، ގ. ކެނެރީގޭ މުހައްމަދު ނަޟީދާއި އެފަދަ ވިސްނުން ހުރި މަދުފަރާތް ތަކެވެ. ޔަގީނެވެ. އެމްޑީޕީގެ ސިޔާސީ ފިކުރަކީ ނެތިގެންދާނެ ސިޔާސީ ފިކުރެއްނޫނެވެ. އެމްޑީޕީއަށް ފަހި މުސްތަގުބަލެއް ތޮއްޑޫގެ ލޮބުވެތި ރައްޔިތުންނަށް ބާއްޖަވެރި ޙަޔާތެއް.
Comment by Hassan Mahir/ ADDU — Sunday, February 7, 2010 @ 10:19 pm
މިމަންޒަރު ފެނުމުން އަޅޫގަނޑުގެ ހިތައްވެރިވި ޝުޢޫރުތައް’
ހަގީގަތުގައި ތޮއްޑޫގެ ލޮބުވެތި ރައްޔިތުންގެ ވިސްނުމަށް މިއާ ބަދަލުތަކުގެ މައްޗަށް އަޅުގަނޑު އަޖައިބުވެ އަންތަރީސްވިއެވެ. އެއީ ކީއްވެ ހެއްޔެވެ؟ ގ.ދ ތިނަދޫ ފިޔަވައި ރީދޫކުލައިގެ ދޫލެއްގެ މަރުހަބާ ކިއުއްވި2 ފަރާތަކީ ތޮއްޑޫ ކަމުގައިވުމެވެ. މީގެ ކުރިން އަޅުގަނޑަށް ލިބިފައި ހުރި މަޢުލޫމާތުގެ މައްޗަށް ނަޒަރު ހިންގާ އިރު، މިފޮޓޯތަކުން މިފެންނަ އަސަރުހުރި ނަލަނަލަ މަންޒަރު ތަކަކީ، ހުވަފެނެއްގައި ވެސް ތޮއްޑޫއިން ފެންނާނެ މަންޒަރެއް ނޫނެވެ. ނަމަވެސް ތޮއްޑޫގެ ލޮބުވެތި އުޚުއްވަތްތެރި ނަލަނަލަ ރައްޔިތުން އެމްޑީޕީއަށް ތިޔަދެއްވި ތަރުހީބާއި ހިންހެޔޮކަމުގެ ލާމަސީލު ދެވަނައެއް ނެތް ފަދަ މަރުހަބާއަށް އެމްޑީޕީގެ ފަރާތުންނާއި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަސްމީރު ނަލަރީތި ތޮއްޑޫގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރުގެ ތަރާނާ ފޮނުވަމެވެ. އެމްޑީޕީއަށް ފާގަތި މުސްތަގުބަލެއް ތޮއްޑޫގެ އުޚުއްވަތްތެރި ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ދެއްވުން އެދި ދުޢާކުރަމެވެ.
މިއަދު ރާއްޖޭގެ ލޮބުވެތި ރައްޔިތުން ވިސްނަންވީ، ފެށުމުގައި މަގުޞަދު ރަނގަޅު ވެއްޖެ ކޮންމެކަމެއް އަލިވިލޭނީ ޙައްގު ފައުޅުވުމުގެ ފަތިހަކަށް ކަމެވެ. ޔަގީނެވެ’ އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލް އަނދިރިކަމުން ސަލާމަތް ކުރުމުގެ ކަމަރުބަނދެ ކަޅު އަނދިރި އުސޫލުތަކުގެ މަތީގައި އޮތް 2500 އަހަރުވީ ދަންމަރު ދޮވެ ސާފުކޮށް ލުމުގެ ސިޔާސީ ޕާޓީކަމުގައެވެ.
މީލާދީ ސަނަތުން 17 ވަނަ ގަރުނުގެ ތެރޭގައި ރާއްޖޭގައި އޮތް ވިރާސީ ވަރުގަދަ ރަސްކަމުގެ ހުކޫމަތުގެ ވިސްނުމާއި، ތަސައްވަރު ބަދަލު ކޮށްލުމަށް އެންމެ ފުރަތަމަ ނަސޭހަތުގެ ގޮތުން އެއިރުގެ ކީރިތި މަހާރަދުން ކަމަށްވާ އައްސުލްޠާން މުޙައްމަދު ޝަމުސުއްދީން 1 އެކެއްގެ މައްޗަށް އެންމެ ފުރަތަމަ މާލޭ ހުކުރު މިސްކިތުގެ މިންބަރުގައި ގޮވާލެއްވި އިލްމީ އަފޫރުއްބަ މުރައްބީއަކީ، އަލް އައްލާމާ އަލްގާޞީ މުޙައްމަދު ޝަމުސުއްދީން އަލްކަބީރު ނުވަތަ ދިވެހިންގެ ތެރޭގައި މަޝްހޫރު އައްޑޫ ބޮޑު ފަނޑިޔާރު ތައްޚާނެވެ. އޭގެ ފަހުން 1860 ވަނަ އަހަރު ހިސާބުގައި އައްޑޫ ހިތަދޫ ރޮނޑާގޭ ދީދީ ސިލޯނުގައި ރާއްޖޭގެ ރަސްކަން ކުރަށްވާ ގޮތުގެ މައްޗަށް ފާޑު ކިޔާފައި ސިޓީތައް ބަހާފައި ވެއެވެ. ހެއްކާއި ގަރީނާ ތަކާއެކު ބޯދާ ވެރިކަމުގެ އުސޫލުތައް ނައްތާލުމަށްޓަކާ އައްސުލްޠާން މުހައްމަދު ޝަމުސުއްދީން3 ގެ ރަސްކަމުގައި އިޚުލާސްތެރި ކަމާއެކު، މަސައްކަތް ކުރެއްވީ ފަޞީލަތުއް ޝޭޚު އަލްއައްލާމާ ޙުސެއިން ޞަލާހުއްދީނުލް މަހައްލީއެވެ. ތަހުޒީބު ވިސްނުން ތަކުގެ އަލީގައި މިގައުމުގައި އޮތް ބޯދާ ރަސްކަމުގެ ހުކޫމަތު ބަދަލު ކުރެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅަކީ، ސުއްމުލް އަމީރު އަލްމަރުޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.
އެހެންކަމުން 17 ވަނަ ގަރުނުން 21 ވަނަ ގަރުނާއި ހަމައަށް ދިގު ދެމިގެން ދިޔަ ޝާހީ ވެރިކަމުގެ އުސޫލުތަކާއި، ބޮޑެތި ވަށްޓަފާޅިތައް ބަދަލު ކޮށްލުމުގެ މުގުލުގައި ﷲގެ ރަޙުމަތުން ހިއްޕެވި ގައުމީ ފަހުލަވާނަކީ، އަދުގެ ރައީސުލް ޖުމުހޫރިއްޔާ ގ. ކެނެރީގޭ މުޙައްމަދު ނަޝީދާއި،( މިގައުމުގެ ސަލާހުއްދީނުލް އައްޔޫބީއެވެ) އާއި އެމަނިކުފާނު ފަދަ ވިސްނުން ހިއްސާ ކުރެއްވި ދިވެހި ލޮބުވެތި މަދު ދަރީންތަކެވެ. އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލުގެ ދަންމަރެވެ މިސަރުކާރަކީ، ދިވެހި ދަޢުލަތް ލާމަރުކަޒީ އުސޫލުން ހިންގާ މި ދައުލަތުގެ ގައުމީ ވާޖިބުތައް ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފަހިކޮށް ދެއްވާނެ އޯގާތެރި ސަރުކާރެވެ.
Comment by Hassan Mahir/ ADDU — Monday, February 8, 2010 @ 1:40 am
މާހިރު އެބަޔާން ކުރީ ވަރަށް ބޮޑުތެދު ޙަޤީޤަތެކެވެ. ހަޤީޤަތަށް ލޯބިކުރަން އަހަރެމެން ދަސްކުރަން ވެއްޖެއެވެ. ޢެމް.ޑީ.ޕީ އަށް އެދެނީ އަދަށްވުރެފެހި މާދަމަ އެކެވެ.
Comment by Didi — Monday, February 8, 2010 @ 3:20 pm
`
އަމިއްލަ ޚިޔާލު.
ސިވިލް ސަރވެންޓުންގެ ކުރީގެ މުސާރަ އިޢާދަ ކުރުމުގައި ސަރުކާރާއި ސިވިލްސަރ ވެންޓުންނާއި، ދެމެދު ދިމާވެފައިވާ މިޠަރޫރީ މައްސަލަ ތަކުގެ މައްޗަށް ކެއްތެރި ވުމަކީ، މިވަގުތު ގައުމުގެ އިގުތިސާދީ ޙާލަތު އެދި ގޮވާގޮތެވެ. އެހެންކަމުން މިވަގުތަކީ ލޮބުވެތި ރައްޔިތުންގެ މާއްދީ އެދުންތަކަށް ވުރެ، ބޮޑަށް ގައުމީ މަސްލަހަތު އިސްކުރުމުގެ ވަގުތެވެ. ޚާއްސަކޮށް، މާއްދީ ކަންކަމުގެ މައްޗަށް ކެއްތެރި ކަމާއި މުސާފަޙާތު ކުރުމުގެ މަތިވެރި ސިފަ މިވަގުތު ދައްކަން ޖެހެއެވެ. މިސިފަތަކުން އެއްކިބާ ވެއްޖެނަމަ، އެބަޔަކަށް ނުވަތަ އެ ގައުމަކަށް ކުރިމަތި ވެގެންދާނީ ނިކަމެތިކަމާއި، ޢަރީބުކަމެވެ.
ކަންއޮތީ މިހެންކަމުގައި ވިޔަސް މިވަގުތުގެ ބޭނުން ހިފާ މިކަމުގައި ސިޔާސީ ކުލަ ޖެއްސުމަށްޓަކާ ގައުމަށް ހެޔޮއެދޭ ކަމުގެ ގިރިޓީ ދައްކާ ބަޔަކު އަޑީގައި ތިބެ ކުރަމުންދާ ބޭކާރު މި މަސައްކަތަކީ، އެބަޔަކަށް ފޮނި މޭވާތަކެއް ލިބޭނެ ހައްގު މަސައްކަތެއް ނޫނެވެ. މިމަސައްކަތުގެ ތެރެއިން އެފަދަ ފަރާތްތަކަށް ލިބޭނެ ހިތި މޭވާއަކީ ގައުމުގައި ހަމަނުޖެހުން އުފެދުމާއި، މުޖުތަމަޢު ފަސާދަވުމެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، އިގުތިސާދީ ގޮތުން މިގައުމު މިފަދަ ޙާލަތަކަށް ވެއްޓުނު މައިގަނޑު ސަބަބުތައް ދިރާސާކޮށް، ހޯދަން އެބަޖެހެއެވެ. އެގޮތުން އަޅުގަނޑު ގަބޫލުކުރާ މައިގަނޑު 3 ސަބަބު ބަޔާންކުރާ ހުށީމެވެ. (1) ކުރީގެ ސަރުކާރުގައި އޮތް މާލީ ސިޔާސަތުގައި ހަރުދަނާކަން ނެތުމާއި، (2) ދައުލަތައް ލިބޭ އާމްދަނީ އަށް ވުރެ ކުރީ ސަރުކާރުގެ ޚަރަދު ބޮޑުކޮށް، ސަރުކާރު ބައްޓަން ކުރުމާއި، (3) އިގުތިސާދީ ގޮތުން ވަގުތީ ހައްލު ހޯދުމަށްޓަކާ އިގުތިސާދީ ވިސްނުން ތަކުން އެއްކިބާވެ ބައިނަލް އަގުވާމީ މާލީ ސިޔާސަތާއި، ފުށުއަރާ އުސޫލުން ފައިސާ ޗާޕްކޮށް، ގާނޫނީ މަނީސަރ ކިއުލޭޝަނުގެ ތެރެއަށް ކުރީގެ ސަރުކާރުން ވެއްދުމެވެ. މިއީ މުޙައްމަދު ނަޝީދުގެ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ނަމަވެސް މިކަން ހައްލުވާނީ ދުވަސް ކޮޅެއްގެ ގުރުބާނީ ތަކެއްގެ ތެރެއިން ކަމުގައި ވިޔަސް، މިކަމުގެ ފިތުނަ ވެރިކަމާއި، މިކަމުގެ ސަބަބުން މުޖުތަމަޢުގެ ތެރެއަށް ކުރާ ނޭދެވޭ އަސަރުތަކަކީ، ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ މިސަރުކާރުން ރާވާފައިވާ ހަރުދަނާ ސިޔާސަތުގެ ފޮނިމޭވާ ދޮންވެ ފަތްކާ ވަންދެން، ނުތިބެ މި ފިތުނަވެރި ކަމުގެ ސަބަބުން ރައްޔިތުންގެ ކެއްތެރިކަން ފަހަރެއްގައި ފާލުންނެއްޓި ހިނގައި ދާނެއެވެ. އެހެންކަމުން އަޅުގަނޑު މިސަރުކާރަށް ގޮވާލަނީ، މިހާރަށް ވުރެ ބޮޑަށް ސިޔާސީ ދުޝްމަނުންގެ ނުބައި ރޭވުންތެރިންގެ މައްޗަށް ސުލްހަވެރި ކަމާއެކު، ފާރަލާ ރައްޔިތުންނަށް ރާއްޖޭގެ އިގުތިސާދު މިފަދަ ހާލަތެއްގެ މައްޗަށް ވެއްޓުނު ސަބަބު ސަރުކާރުން ޒިންމާދާރު ގޮތެއްގައި މީޑިޔާ މެދުވެރިކޮށް، މެދު ނުކެނޑި ސާފުކޮށް ދެއްވާށެވެ.
ރައްޔިތުންނަށް ތެދު މައުލޫމާތާއި ޚަބަރު ގެނަސް ދިނުމުގެ ގޮތުން ރާއްޖޭގައި ނެރޭ ހަވީރާއި، އާފަތިހަކީ، އެ ދެނޫސް ކިޔާލުން ބުއްދީގެ އަހުލުވެރިންނަށް އެދެނޫހުގެ ފަސްބައި ވަރަށް ރަނގަޅަށް ސާބިތު ކުރެވި ދާނެއެވެ. އަދި އެދެނޫހަށް މީހުން ފޮނުވާ ކޮމެންޓުތަކުގެ ތެރެއިން އެމީހުން ސައިޓަށް ލޯޑުކުރާ ކޮމެންޓުތައް ނިކަން ބައްލަވާށެވެ’ ތިޔަ ދެނޫހަށް ސާބަހެވެ’
Comment by Hassan Mahir/ ADDU — Tuesday, February 9, 2010 @ 3:20 am
ތިކުރާހިއްވަރަށް ސާބަސް އެމްޑީޕީ ކުރިއަށް. ގޮ*ބޯ އަށް ފެނޭތަ ހަގީގީ މަންޒަރު.
އަދިވެސް ތިމާވަރުގެ މީހަކު ނެތިގެން ތިއުޅެނީ. އަދި ޗަންޕާ އަށް ބުނަންއޮތީ މިހާރު އަތުގަ ފައިސާކޮލެއް ހުޓަކަކަސް މާދަން ވާނެ ގޮތް އެގޭބާ އަހަރުމެންނައް ޔަގީން ކަމެއް އެބައޮތް ލިބުނު ގޮތަކަށް ގެންދަވާނެ ކަން. ހޭބަހަޓައިގެން އުޅޭތި، އާއިލާގެ މީހުނަށް ދިމާވި ގޮތާ ދިމާވަމުން ދާގޮތް ފިލާވަޅަކަށް ބަލާ. ރައްޔިތުން ނުނުކުންނަނީސް މައިތިރިވޭ؟
Comment by munnaru777@live.com — Tuesday, February 9, 2010 @ 11:16 am
އަމިއްލަ ޚިޔާލު’
ތެދެކެވެ’ ސިވިލް ސަރވެންޓުންގެ މުސާރައާއި މެދު ފިނޭންސްއާއި ސިވިލް ސަރވިސް ކޮމިޝަނާއި ދެމެދު މިކަމުގައި މައްސަލަ އެބައޮތެވެ. މިކަމުގައި ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވަނީ، ސިވިލް ސަރވެންޓުންގެ މުސާރަ ފިނޭންސްއިން ކުޑަކޮށްފައި ވަނީ، 3 މަހުގެ މުއްދަތުގެ މައްޗަށް ކަމުގައެވެ. މިމައްސަލައާއި ގުޅިގެން ފިނޭންސްއިން ވިދާޅުވަނީ، ސިވިލް ސަރވެންޓުންގެ މުސާރަ ކުޑަކުރީ ރާއްޖޭގެ އިގުތިސާދީ ޙާއްސަހާލަތު ނިމުމަކަށް އަންނަންދެން ކަމުގައެވެ.
ބޭރުފުށުން ނަމަވެސް، ސިވިލް ސަރވެންޓުންގެ މުސާރައާއި މެދު ފިނޭންސްއާއި ސިވިލް ސަރވިސް ކޮމިޝަނާއި ދެމެދު މިކަމުގައި މައްސަލަ އެބައޮތެވެ. އެހެންކަމުން މިމައްސަލައާއި ގުޅިގެން ފިނޭންސް މިނސްޓަރ ވަނީ މީޑިޔާ މެދުވެރިކޮށް ދާދި ފަހުން ރަސްމީ ބަޔާނެއް ވެސް ދެއްވާފައެވެ. އެބަޔާނުގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ އިގުތިސާދީ ޙާއްސަ ހާލަތު ނިމުނުކަމުގައި ވާނީ ދައުލަތުގެ އާމްދަނީ 7 ބިލިއަނަށް އެރުން ކަމުގައެވެ. އަދި އަރާނެ ކަމުގެ އެއްވެސް އުއްމީދެއްވެސް ނެއްކަމުގައެވެ. އެހެންމެ ވަރަށް ޔަގީންކަމާއެކު އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ބަޖެޓް 7 ބިލިއަނަށް އަދި ނާރާ ކަމުގައެވެ. ވީހިނދު، ދެފަރާތުން ކުރެ ކޮންމެވެސް އެއްފަރާތް އިންސާފުން އެބަ ކަސިޔާރުވެއެވެ.
އެންމެ ރަނގަޅެވެ’ މިއީ ތަހުގީގު ކުރަންޖެހޭ މައްސަލައެކެވެ. ނަމަވެސް މިމައްސަލައާއި މެދު ހިކިމަތުގެ މައްޗަށް ރުޖޫޢަވާން އެބަޖެހެއެވެ. މިސާލަކަށް މިކަމުގައި ރާއްޖޭގެ މަރުކަޒީ ބޭންކުގެ ބަސް ހޯދަންޖެހެއެވެ އެހެންމެ ފިނޭސްގެ ބަސްހޯދަން ޖެހެއެވެ. ދައުލަތުގެ އާމްދަނީ މިދިޔަ 3 މަހުގެ ތެރޭގައި 7 ބިލިއަނަށް އަރާފައި ވާނަމަ، އެކަން އެންމެ ރަނގަޅަށް އެނގިވަޑައި ގަންނަވާނީ މަރުކަޒީ ބޭންކަށާއި، ފިނޭންސަށް ކަމުގައި ވީހިނދު، މަރުކަޒީ ބޭންކާއި، ފިނޭންސްއިން ދައުލަތުގެ އާމްދަނީ މިދިޔަ 3 މަހުގެ ތެރޭގައި 7 ބިލިއަނަށް ނާރާކަމުގައި ވިދާޅުވެއްޖެ ނަމަ، މިމައްސަލާގައި ނިޔާ ކަނޑަ އެޅުމަށް ފަނޑިޔާރުން ހޭރިޔާ ކުރަށްވާނީ ކޮންދިމާލަކަށް ބާވައެވެ؟ ނުވަތަ މަރުކަޒީ ބޭންކާއި، ފިނޭންސްއިން މިދިޔަ 3 މަހުގައި ދައުލަތުގެ އާމްދަނީ 7 ބިލިއަނަށް އަރާފައި ވާކަމަށް ވިދާޅުވެއްޖެނަމަ، ކުރީގެ މުސާރަ ސިވިލް ސަރވެންޓުންނަށް އިއާދަ ނުކުރި މައްސަލާއިގެ މައްޗަށް ކޯޓުން ހުކުމް ކުރައްވާނީ ދައުލަތުގެ މައްޗަށް ހެއްޔެވެ؟ ނުވަތަ ސަރުކާރުގެ މައްޗަށް ހެއްޔެވެ؟ ނުވަތަ ފިނޭންސް މިނިސްޓަރގެ މައްޗަށް ހެއްޔެވެ؟ އޭސަހަރޯއެވެ’ ސިވިލްސަރ ވިސް ކޮމިޝަނުގެ ގާނޫނުގެ ތެރެއިން އެކޮމިޝަނުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި މިފަދަ އިގުތިސާދީ ހާއްސަ ހާލަތެއް ދައުލަތަށް ދިމާވެއްޖެ ނަމަ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން އަޅުއްވާ މިފަދަ ޚާއްސަ ފިޔަވަޅު ތަކާއި ދެކޮޅަށް ފިނޭންސްގެ މައްޗަށް ދައުވާ ކުރުމުގެ އިޚުތިޔާރު ގާނޫނު އަސާސީން އެކޮމިޝަނަށް ބާރު ލިބިދީފައި ވޭހެއްޔެވެ؟
މިމައްސަލަ ކޯޓަށް ވެއްދުމުގެ މޭސްތިރީންނަކީ، އެއްވެސް ޝަރުޠެއް ނެތި މިސަރުކާރަށް ތާއިދު ކުރެއްވި ކުރީގެ ސަރުކާރުގެ ބަންޑާރަނައިބު ކަންކުރެއްވި އަދި އަމިއްލަ ގޮތުން މިދިޔަ ރިޔާސީ އިންތިޙާބުގައި ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމަށް ވާދަކުރެއްވި އަދި މިސަރުކާރުގެ ރައީސުލް ޖުމުހޫރިއްޔާގެ އިސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި އިންނަވާ ހަރުދަނާ ސަބަބުތަކެއް ނެތި އިސްތިޢުފާ ދެއްވި ޑރ ހަސަން ސައީދާއި، ކުރީ ސަރުކާރުގެ ޖަސްޓިސްޓް މިނިސްޓަރުކަން ކުރެއްވި އަދި މިސަރުކާރުގައި ޓްރާންސްޕޯރޓް މިނިސްޓަރުކަން ކުރެއްވި ޑރ ޖަމީލާއި ޑރ ހަސަން ސައީދު ކަމުގައި ވުން ދޭހަކޮށް ދެނީ، މިކަމުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމެވެ.
Comment by Hassan Mahir/ ADDU — Wednesday, February 10, 2010 @ 11:00 pm
ހަވީރު ނޫހަކީ އަޅިގަނޑު އެއްމެކުރީއްސުރެ ވެސް ކިޔާ ހަމައެކަނި ނޫހަކީ،މިހާރު ހަވީރުނޫސްކިޔާލުމުން ހީވަނީ ކޮންމެވެސް ސިޔާސީޕާޓީއަކުން ނެރޭ ނޫހެއްހެން،ވަރަށްސިޔާސަ،ވަކިޕާޓީއަކަށް ސަނާކިޔާފަ ހުންނަ އާޓިކަލްތައްވެސްހުރޭ،އަދިސަރުކާރާ ރައްޔިތުންނާ ޖެހޭފަދަ އިބާރާތްތައް ބޭނުންކޮށްފަހުންނަ ލިއުންތައްވެސް ހުރޭ،މިހާރުގެ ސަރުކާރުން ހަމައެއްވެސްކަމެއް ރަގަޅަށް ކުރިވާހަކަ ލިއެފައޮތް އާޓިކަލެއް މީންދުވަހަކުވެސް ނުދެކެން،ބައެއް އާޓިކަލްތަކުގަ ސަރުކާރާ އިދިކޮޅު ގާނޫނީ ވަކީލެއްގެ ރޯލެއް އަދާކޮށްފަ ހުންނަތަންވެސް ފެނޭ.ހަވީރުނޫހަކީ ޒިންމާދާރު ނޫހެކޭ ބުނަން މިހާރު އަޅުގަނޑު ފަސްޖެހެން، އެކަމަކުވެސް މިހާރުވެސް ކިޔާހަމައެކަނި ނޫހަކީ ހަވީރު ނޫސް،ކުރިޔަށް އޮތްތަނުގާ ކިޔާނީވެސް ހަވީރުނޫސް،ނޫސްވެރިކަމުގެ މިނިވަންކަން ނަހަމަގޮތުގާ ބޭނުން ނުކުރުމަށް،ހަމައެކަނި ހަވީރުނޫސް ކިޔާ ކިއުންތެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު އެދެން،ވަރަށްގިނަފަހަރަށް ހަގީގަތާޚިލާފަށް ދޮގު ޚަބަރު ލިއެފަހުންނަކަން ފާހަގަކުރަން، އެގޮތުން ޖެނުއަރީ 28 ވަނަދުވަހުގެރޭ ސަރުކާރާ އިދިކޮޅު ފަރާތްތަކުން މުލީއާގޭދޮށަށް އެއްވެހިންގިހަރަކާތްތައްވެސް ހުރީ ވަރަށްބޮޑަށް އޮޅިވާލާ،ދޮގުޚަބަރުކަން އަޅުގަނޑު ފާހަގަކުރަން،އަޅުގަނޑުމީ އެހާދިސާހިގަން ފެށީއްސުރެ އެހިސާބުންމީހުންފަހާ ދުރަށްލަންދެން ވަރަށްކާރީގަ އެބުރުނުމީހެއް،ހަމަކަން ބެލުމުގެ ބޭނުމުގަ،އެހެންވެކަންހިގިގޮތް އަޅުގަޑުގެ ހަމަ ލޮލުނެދުށިން،މުނިސިޕަލްޓީގެ ރައީސްއަށް ހަމަލާދޭން ބަޔަކުއުޅުމުން އާންމުންގެބަޔަކު އޭނާހިމާޔަތްކުރިވާހަކަ އޮތީމަ ހަމަކޮސްވި،މީހާނުފެންނަވަރަށް ހުކުރުމިސްކިތް ތެރޭން އާދަމް މަނިކު ގަޔަށް ވަށައިގެންވެލިޖެހިތަން ނުފެނުނީމަ،ބުނެލަންއޮތީ ތިރިޕޯޓަރު ހުރީ ހަމަހޭގަބާއޭ،ނޫނީ ހަގީގަތްހާމަކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫންބާއޭ!؟ އަޅުގަނޑު ފޮނުވާ ކޮމެންޓު ނުޖެހިޔަސް އަދިވެސްކިޔާނީ ހަވީރު ނޫސް،އެވަރެއްނެތް.
Comment by huxain riyax — Thursday, February 11, 2010 @ 12:14 am
`
އަމިއްލަ ޚިޔާލު.
ގަބޫލު ކުރަންޖެހޭ ވަރަށް ބޮޑު ހަގީގަތެއް އެބައޮތެވެ. 2500 އަހަރު ވަންދެން މިރާއްޖޭގައި ދެމިގެން އައި ޝާހީ ރަސްކަމުގެ އުސޫލުތަކާއި ވަށްޓަފާޅިތައް މީހުންގެ ހިތްތަކުން އަދިވެސް ކެނޑިގެން ނުދާކަމެވެ. ދައުލަތުގެ އެންމެހާ ގާނޫނީ ބާރުތައް ރަދުން ބޭނުންފުޅުވި ގޮތެއްގެ މައްޗަށް ޙުކުމް ކުރުމުގެ ވިސްނުމާއި، އެކަމުގެ ލައްޒަތު އަދިވެސް ދިވެހިންގެ ހިތްތަކުން ބީވެގެން އަދި ނުދެއެވެ. ވަރުގަދަ ޝާހީ ރަސްކަމުގެ ފުރަމާނަ ޘަޤާފަތް ބީވެގޮސް، ދުސްތޫރެއްގެ މައްޗަށް ކަނޑަ އެޅިފައިވާ ހަރުދަނާ ގާނޫނީ ހަމަތަކެއްގެ މަތީން ރައްޔިތުންގެ އަޢުލަބިއްޔަތުގެ މައްޗަށް ހިންގޭ ގާނޫނީ ވެރިކަމެއް މިރާއްޖޭގައި އޮތުމަކީ، ޑިމޮކްރަސީ ބާރުތަކުގެ ތެރެއިން އިހުގެ ކާބަފައިންނާއި، މިއަދުގެ ބައެއްގައުމީ އަޝްރާފުން ވެސް ހިތް އެދޭ ކަމަކަމަށް ނުވާހިނދު، ދިރިހުރި މިސާލެއް ދަންނަވަން ތޯއެވެ. ސުއްމުލް އަމީރު އަލްމަރުޙޫމު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ، މިރާއްޖޭގެ ވެރިކަމުގެ ބޯދާ އުސޫލުތައް ނުވަތަ ކައްޓަރު ވަށްޓަފާޅިތައް ބަދަލު ކުރައްވާ ރާއްޖޭގެ ވެރިކަން ހިންގެވުމުގެ ހަރުދަނާ ވިސްނުންތަކެއް ގެންގުޅުއްވި ބޭފުޅަކަށް ވީހިނދު، މުހައްމަދު އަމީނަށް ޖެހުނު ދަތުރުން ޢިބުރަތް ހާސިލް ކުރައްވާށެވެ. އެހެންކަމުން ޙައްގު ވެރިކަމެއްގެ އެންމެ އުސް ކުންނުގައި ތިބޭ ގައުމާއި، ރައްޔިތުންނަށް ވަފާތެރި މަދު ބައެއްގެ ދުވަސް ދުއްވާލުމަކީ، މިރާއްޖޭގެ ސަޤާފަތުގެ ތެރެއިން އަބަދުވެސް ވާރުތަވެ ނަގުލުވަމުން އަންނަ ގައުމީ މުސީބާތެކެވެ. އެހެނީ، ބޯދާ ވެރިކަމުގެ ޝާހީ ހުކޫމަތުގެ ފުރަމާނަ ދަނައޫ، މިވިސްނުމުން މިންޖުވެ ގައުމަށް ހެޔޮއެދޭ ގިނަ ބައެއްގެ ބުރަ މަސަތްކަތުން، ޚާއްސަކޮށް، އެމްޑީޕީއަށް ނިސްބަތްވީ މަދު ދިވެހިންގެ ބުރަ މަސައްކަތުން އިސްލާޙު ކުރެވުނު ޤާނޫނު އަސާސީގެ ދަށުން އުފެދުނު ޤާނޫނީ ވެރިކަން ހަމަ މަގުން ހިންގުމަށް ދަތިވަނީ އެގާނޫނު އަސާސީގެ ދަށުން އިންތިހާބުވީ ގާނޫނީ ސަރުކާރުކަމަށް ދައްކަން މިރާއްޖޭގައި އުފެދުނު ފަސްބައި ސާފު ޤާނޫނީ ބޮޑެތި މުރައްބީންނާއި، އުސްތާޒުން މަސައްކަތް ކުރާކަމުގެ މައްޗަށް އަޖާއިބުވާކަށް ނުޖެހެއެވެ.
އެހެނީ، ސިވިލްސަރ ވެންޓުން ނުވަތަ ދިވެހިސަރުކާރުގެ މުއައްޒުފުންގެ މުސާރައިގެ މައްސަލާގައި ސަރުކާރާއި ސިވިލްސަރވިސް ކޮމިޝަނާއި ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމުގެ މައްސަލާގައި ސިޔާސީ ކުލަޖައްސާ މިހާރު ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރުގެ އަގުވަށްޓާ ލުމަށްޓަކާ ބަޔަކު ގަސްދުގައި މަސައްކަތް ކުރަމުންދާކަމީ، މިރާއްޖޭގެ އުދަރެހުގައި ހުރި ކެތިވެސް ސާބިތުކޮށް ދޭކަމެކެވެ. މިކަން މިކުރެވެނީ، އަބޫ ޖަހުލުގެ ބޮޑާކަމުގެ ވާރުތަ ލިބިފައި ތިބި ބަޔަކު އަޑީގައި ތިބެ ނާޖާއިޒު ގޮތުގައި ހޯދާފައިވާ މުދަލާއި، ޗާލާކީނު ދިރިއުޅުމާއި، ރައްޔިތުންގެ ފަރާތުން ތިމާމެންނަށް ޖައްސުވަމުން ދިޔަ ސަޖިދަ ޖެހުން ހުއްޓުވުމާއި، މުޅި ރާއްޖޭގެ އުތުރާއި ދެކުނު ފަޅުކޮށް މީހުން އަޅުވެތި ކުރުމުގެ ސަގާފަތް މިރާއްޖެއިން ނެތިގެން ދިއުމާއި، ކުރީގައި އޮންނަހެން ބޮޑެތި ބަޖެޓްތައް އޮފީހުގެ ވެރިންނާއި ހަވާލު ކުރުމުގެ ސަގާފަތް ނެތިދިއުމާއި، ރާއްޖޭގެ މަރުކަޒީ ބޭންކް ތިމާމެންގެ ދުއްކާނަކަށް އޮތުމުގެ ސަގާފަތް ނެތި ދިއުމާއި ލާމަރުކަޒީ އުސޫލުގެ މައްޗަށް ދައުލަތް ހިންގުމުގެ ސިޔާސަތު މިސަރުކާރުން ގެންގުޅުމާއި ރާއްޖޭގެ ޓޫރިޒަމް ފުޅާ ކުރުމަށް މިސަރުކާރުން މަސައްކަތް ކުރުމާއި ހަރުދަނާ އުސޫލުން ވިޔަފާރިން ޓެކްސް ނަގަން މިސަރުކާރުން މަސައްކަތް ކުރުމާއި، ކުރީގެ ސަރުކާރުން ހިންގާފައިވާ ކަމަށް މީހުންބުނާ މައްސަލަތައް ބަލަން މިސަރުކާރުން މަސައްކަތް ކުރުމެވެ. ކަންއޮތީ މިހެންކަމަށް ވީހިނދު، ސިވިލްސަރވިސް މުއައްޒުފުންގެ މުސާރައިގެ މައްސަލާގައި ރާއްޖެ ޗެމްބާސް މިމައްސަލަގައި ސިވިލްސަރވިސް ކޮމޮޝަނުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރާ ބައެއްގެ ގޮތުގައިވުން އެއީ ރައްޔިތުން އަޖައިބުވެ އަންތަރީސްވާން ޖެހޭ ކަމެއްނޫނެވެ. މިކަމުންވެސް މިއެނގެނީ، މިކަމުގައި ސިޔާސީ ކުލަޖެހިފައިވާ މިންވަރެވެ. ޑ.ރ ހަސަން ސައިދާއި، ޑރ ޖަމީލުއެވެ’ ތަޢައްސުބުން އެއްކިބާވެ ލިބިފައިވާ ސަނަދުގެ ބޭނުން ރަނަގަޅަށް ހިއްޕަވާށެވެ. ދިވެހި ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގެ 182 ހ. ގެ 1-2 ގައި ސިވިލްސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތާއި، ޒިންމާ ބަޔާންކުރާ ބާބުގައި ބުނާ މަފްހޫމަށް ވިސްނާއިރު، ފިނޭސް މިނިސްޓްރީ ގޮވާއިގެން ސިވިލްސަރވިސް ކޮމިޝަނުން ކޯޓަށް ދެވޭނެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް އަޅުގަނޑަށް ނުފެނުނެވެ.
Comment by Hassan Mahir/ ADDU — Thursday, February 11, 2010 @ 12:49 pm
ތޮއްޑޫގެ ލޮބުވެތި ރައްޔިތުން، އެމް. ޑީ. ޕީ. ސަރުކާރުގެ ފުރަތަމަ ހަތަރު އަހަރު ނިމެންދެން ރީނދޫ ކުލައިގައި ތިބޭނަމެވެ. ނަމަވެސް ފުރަތަމަ ހަތަރު އަހަރު ނިމޭއިރު، ރައީސް ނަޝީދު ތޮއްޑޫއަށްކޮށްދެއްވަން ވަޢުދުވީ ކަންތައްތަށް ނުކޮށްދެއްވައިފި ނަމަ ރީނދޫކުލަ ދޫކޮށް އެހެން ކުލަޔަކަށް ބަދަލުވާން ޖެހޭނެއެވެ. ރައީސް ނަޝީދު ތޮއްޑޫގެ ރައްޔިތުންނަށްވީ ވަޢުދުތަށް: ބޭންކެއް ހުޅުވައިދިނުން (.) ސަތޭކަ ފުލެޓް އަޅައިދިނުން (.) ބޮޑެތި މަގުތަކުގައި ތާރުއަޅައިދިނުން (.) މާލެއާ އެއްއަގުގައި، އެއްފެންވަރުގައި ކަރަންޓުގެ ޚިދުމަތްދިނުން.
Comment by Naseem — Thursday, February 11, 2010 @ 5:54 pm
މިސަރުކާރުން ކުރާކަންތައްތަކަށް ގޮތްނިންމާ ހަމައެކަނި ފަރާތަކީ ހަވީރުނޫސްބާ؟!
Comment by hgbsgdbs coite — Friday, February 12, 2010 @ 12:58 am