ކުރީގެ ރައީސް މައުމޫން ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތުމަށް ނިންމެވުމާގުޅިގެން އެކަމަށް މަރުހަބާ ކިޔުން
26 ޖެނުއަރީ 2010
“ޑީއާރުޕީ އިތުރަށް ހަރުދަނާވެ، އެޕާޓީއަކީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ދެމިއޮންނާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޑީއާރުޕީގެ ޒަޢާމަތުގެ ދަންމަރު އާޖީލަކަށް ބަދަލުވެގެން” ކަމަށް އަމިއްލަ ފުޅަށް އިޢުތިރާފްވެވަޑައިގެން ޑީއާރުޕީގެ ޒައީމްކަމަށް އާ ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށާއި، ޑީއާރުޕީގެ ޒަޢާމަތާ ދުރަށް ވަޑައިގަތުމަށްފަހު ސިޔާސީ ހަޔާތް ނިންމަވާލައްވައި އަމިއްލަފުޅު ދިރިއުޅުއްވުމަކަށް ވަޑައިގެންނެވުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ނިންމެވި ނިންމެވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މަރުހަބާ ކިޔަމެވެ.
އެމްޑީޕީން ދެކޭގޮތުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތުމަށް ނިންމެވީ ދިގު 30 އަހަރުގެ ވެރިކަމެއް ކުރައްވައި، އެވެރިކަމުގެ ދުވަސްވަރުގެ އަނިޔާވެރިކަމާއި، ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިޖުތިމާޢީ ޢަދާލާތާއި، އިންސާނީ ޙައްޤުތަކާއި، މަޤާމާއި ނުފޫޒުގެ ބޭނުންކުރައްވައިގެން އެވެރިކަމުގެ އިސް ފަރާތްތަކުން ނާޖާއިޒު ފައިދާތަކެއް ނަންގަވާފައިވާ ކަމަށް އުފުލިފައިވާ ތުޙުމަތުތަކާއި، ޢާއިލީ، ވިރާސީ ރަސްކަމެއްގެ ބީދައިން ވެރިކަން ބައްޓަންކުރައްވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކުންނާއި ޑިމޮކްރެޓިކް އިންތިޚާބަކުން އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްއަށް ކާމިޔާބު ލިބިވަޑައި ނުގަންނަވާނޭ ކަމަށް ދެކެވޭ ވާހަކަތަކުން ބަރީޢަވެވަޑައިގަތުމަށް ނަމަވެސް، ޕާޓީގެ ޒަޢީމްކަމުން ދުރުވެވަޑައިގެންނެވުމަށް ނިންމެވުމަކީ އެތައް ގޮތަކުން ދިވެހިރައްޔިތުންނަށް ފައިދާކުރާނޭ ކަމެއް ކަމުގައެވެ.
ކަންމިހެން އޮތްކަމުގައި ވިޔަސް ޑީއާރުޕީން އެޕާޓީގެ ކޮންގްރެސްގެ އެންމެހާ ކަމެއް އެމްޑީޕީ ފަދައިން ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ދެފުށްފެންނަ އުޞޫލުން ގެންދިޔުމަށް ޖާމިނުވާކަމީ އެމްޑީޕީން މަރުހަބާ ކިޔާކަމެކެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އުއްމީދުކުރަނީ ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތަށް މިއައި ހެޔޮބަދަލުގެ މަންފާ ލޮބުވެތި ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ޑިމޮކްރަސީ ފައްކާކުރުމަށް މަސައްކަތް ކުރަމުންދާ އެންމެހާ ފަރާތްތަކަށް ކުރާނޭ ކަމުގައެވެ.
ދިވެހިރައްޔިތުންނަށާއި، އެންމެހާ ސިޔާސީ ޕާޓީތަކަށް އަދަށްވުރެ ފަހި މާދަމާއަކަށް އެދެމެވެ.










މިއީ ވަރށް ރީތި މަލާމާތުގެ ބަޔާނެއް. މީނަމޫނާއެއް.
Comment by Adam — Tuesday, January 26, 2010 @ 6:00 pm
ތަސްމީނު އެ ނެރޭ ކަޑަ ވިސްނުމާދޭތެރޭ މަ ހަމަ ހައިރާންވޭ. ތަސްމީނު ހަގީގަތް ގަބޫލުކުރަން ބޭނުންނުވާތީ މި ބަޔާން ވެސްވާނީ ފަސާދަ އުފައްދަން ނެރުނު ބަޔާނަކަށް. އެހާ ހަނި ކޮށް ވިސްނާ މީހަކު ކިހިނެއްބާ ޕާޓީ އެއްގެ ޒައީމު ކަމުގަ ހުންނާނީ. ތަސްމީނު ކިތަންމެ ވަރެއްކުރިޔަސް މައުމޫނުގެ 30 އަހަރުގެ އަނދިރިފަރާތް އެއީ ނެތް އެއްޗަކަށް ހެދޭނެތަ. ރައީސް ނަޝީދުގެ ބަޔާނުގައި ވަނީ ހަގީގަތް ކުރުކޮށް އަދި ފޮނި ކޮށް!!! އަހަރެން ޑީއާރުޕީ ގެ މެންބަރުންނަށް ހެޔޮ ވިސްނުން ދެއްވުން އެދެން. ޑީއާރުޕީ އަށް ހަރުދަނާ ވެވޭނީ މާޒީ ގެ ހަގީގަތް ވެސް ގަބޫލު ކުރެވިގެން..
Comment by އަލީ — Tuesday, January 26, 2010 @ 7:17 pm
ޑީ އާރު ޕީ ގެ ބާނީ އަކީ މައުމޫނެއް ނޫނެވެ، އެ ޕާޓީގެ ބާނީ އަކީ ހޯރަފޫށީ ސަލީމް، ދެން ކޮން ބާނީ ކަމެއްތަ ދޭން މިއުޅުނީ، ލަދުން ބޯ ފަޅައިގެން ދާވަރުވޭ
Comment by shareef — Wednesday, January 27, 2010 @ 11:46 pm
ރ.ވާދޫގައި އެމްޑީޕީގެ ގޮތްޕެއް ހުޅުވުމަށް ވާދޫގެ ޒުވާނުން މަސައްކަތްކުރަމުން އެބަދޭ
Comment by Ali Nazim — Thursday, January 28, 2010 @ 3:54 pm
މައުމޫން އިސްތިއުފާ
Comment by ali nazim — Thursday, January 28, 2010 @ 10:19 pm