އެމްޑީޕީގެ ޚާއްޞަ ޖަލްސާ އަނެއްކާ ވެސް ކެންސަލްކޮށްފި
29 ޑިސެމްބަރ 2009
އެމްޑީޕީން މިރޭ 29 ޑިސެމްބަރ 2009 ވާ އަންގާރަ ދުވަހުގެ ރޭ ކަލާފާނު ސްކޫލުގައި ބާއްވާގޮތަށް ހަމަޖެއްސި ޚާއްޞަ ޖަލްސާ މިރޭވެސް ނުބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިފައިވާ މިޖަލްސާ މިރޭ ނުބާއްވާ ގޮތަށް ނިންމީ ޖަލްސާގައި ވާހަކަފުޅު ދައްކަވާ ގިނަ ބޭފުޅުންނަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަށް ވެފައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިރޭ ވެސް ކުރިޔަށް ގެންދާ ގޮތަށް އެމަޖިލީހުން ނިންމުމާ ގުޅިގެންނެވެ
މިއީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ސަބަބުން މި ޚާއްޞަ ޖަލްސާ ކެންސަލް ކުރަން ޖެހުނު 2 ވަނަ ފަހަރެވެ އެމްޑީޕީގެ މި ޚާއްޞަ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން ހަމަޖެއްސީ 23 ޑިސެމްބަރ 2009 ވީ ބުދަ ދުވަހުގެރޭ ގައެވެ. އެރޭގެ ޖަލްސާ ކެންސަލް ކުރަން ޖެހުނީ 2010 ވަނަ އަހަރަށް ދައުލަތުން ލަފާކުރައްވާ ބަޖެޓް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ރޭގަނޑަށް ބަދަލުކުރުމުގެ ސަބަބުން ނެވެ .









ހެ ހެ މީދެން އަޖައިބެއް ދޯ….. މި ވާނީ ޑީޜުޕީން ކުރާކަމަކައް…. މިލިއުން ކޮޅުގައި ޑީއާރުޕީގެ ވާހަކަ ހިމަނާލި ނަމަ ވަރައް ފުރިހަމަ ވީސް
Comment by masoodh — Thursday, December 31, 2009 @ 6:40 pm
މިވާންފެށިގޮތެއްނެއެގުނު ރާވާގޮތަކައްކަމެއްނުހިގާ މިއީއަނެއްކާ ރޭވުންދެކޮޅުނުޖެހެ
ނީބާ؟ނުވަތަވިސްނާނުލާރާވަނީބާ؟ނުވަތަރާވާއިރުއެކަމައްސަމާލުކަންނުދެވޭވަރައް
ވިސްނުންޣާފިލުވަނީބާ؟
Comment by މުސްލިމް — Thursday, March 4, 2010 @ 10:09 am