mdp_banner

Wednesday, May 10, 2017

ޢާއިލާއެއްގެ ތެރެއިން އެކަކު ވަޒީފާއިން ކަނޑާލައިފިނަމަ އެ އާއިލާގެ އެތައް ބައެއްގެ ނަފްރަތު ސަރުކާރަށް ލިބޭނެ: އަޙްމަދު އަދުހަމް

އާއިލާއެއްގެ ތެރެއިން އެކަކު ވަޒީފާއިން ކަނޑާލައިފިނަމަ އެ އާއިލާގެ އެތައް ބައެއްގެ ނަފްރަތު ސަރުކާރަށް ލިބޭނޭ ކަމަށް އެމްޑީޕީ އައްޑޫ ސިޓީ ދާއިރާ ރައީސް އަހުމަދު އަދުހަމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ އިއްތިހާދުން އަންގާރަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުހަމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުން ނާކާމިޔާބުވީމާ އެތައް ބަޔަކު ވަޒީފާއިން ކަނޑަމުން އެބަގެންދާ ކަމަށާއި، އޭގެ ސަބަބުން ސަރުކާރަށް ލިބޭނީ އިތުރު ގެއްލުން ކަމަށެވެ.

އަދުހަމް ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަރިހުގައި އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އެ ބޭބޭފުޅުންގެ ދާއިރާއިން ނާކާމިޔާބީއާ ކުރިމަތިވީ އެ ބޭފުޅުންގެ ނާގާބިލްކަމުން ކަމަށެވެ. އެގޮތުން ރައީސް ޢަބްދުﷲ ޔާމީންއާ، ނައިބު ރައީސް ޢަބްދުﷲ ޖިހާދުއާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހާއި، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ޕީީޖީ ނައިބު ލީޑަރު ރިޔާޒް ރަޝީދަށް އެ ބޭފުޅުންގެ ދާއިރާތަކުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވިކަން އަދުހަމް ފާހަގަކުރެއްވިއެވެ.

އަދުހަމް ވިދާޅުވީ ދިވެހިރައްޔިތުން އަނިޔާވެރިކަމަށް ނޫނެކޭ ބުނެފި ކަމަށާއި، އިންތިޚާބުން ބަލިވީ ދިވެހި އެތައް ރައްޔިތުންނެއްގެ ތާއީދު ހޯދާފައިވާ އިދިކޮޅު ލީޑަރުންނަށް ސަރުކާރުން އަނިޔާކުރާތީ ކަމަށެވެ.

ގޭގައި ތާސްކުޅެން އިންނަ މީހަކަށް ރައްޔިތުންގެ އިހްސާސް ނޭނގޭނޭ ކަމަށާއި، އެ މީހަކަށް އެނގޭނީ އެކުގައި ކުޅެން ތިބި 3 މީހުންނާ ކުޅިބަލަން ކައިރީގައި ތިބި ބައެއްގެ އިހްސާސް ކަމަށެވެ. މީގެ އިތުރުން އެތައް ބޮޑީގާޑުންނަކާއި ބަރު ހަތިޔާރެއް ހިފައިގެން ރަށްރަށަށް އަރާ މީހަކަށް ރައްޔިތުންގެ އިހްސާސް ނޭނގޭނޭ ކަމަށާއި، ރައްޔިތުންގެ އިހްސާސްތައް އެނގޭނީ އެ ރައްޔިތުންގެ ހިތްތަކާ ހަމައަށް ދެވިގެން ކަމަށް ވެސް އަދުހަމް ވިދާޅުވިއެވެ.

No Comments »

No comments yet.

Leave a comment