mdp_banner

Wednesday, May 10, 2017

އިންތިޚާބު ކާމިޔާބުކޮށްފައި މިވަނީ އަޅުގަނޑުމެންގެ ބެންޗު ޓީމް: މޫސާ އަލި މަނިކު

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށްފައި މިވަނީ އެމްޑީޕީއާ އެ ޕާޓީއާ ގުޅިފައިވާ އިއްތިހާދުގެ ބެންޗު ޓީމުން ކަމަށް އެމްޑީޕީ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކު ވިދާޅުވެއްޖެއެވެ.

މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޫސާ އަލި މަނިކު ވިދާޅުވީ ގުޅިފައިވާ އިއްތިހާދުގެ ހުރިހާ ލީޑަރުން ޖަލަށްލާފައި ވަނިކޮށް، އެ އިއްތިހާދުގެ ބެންޗު ޓީމު ނިކުމެ ރައީސް ޢަބްދުﷲ ޔާމީންގެ ޓީމު މި ވަނީ ބަލިކޮށްފައިވާ ކަމަށާއި، ރައްޔިތުން ރައީސް ޔާމީނުގެ އަރިހުގައި ވަރަށް ސާފުކޮށް ބުނެފައި އެވަނީ އިސްތިއުފާދީފައި ގެއަށް ވަޑައިގަތުމަށް ކަމަށެވެ.

މޫސާ އަލި މަނިކު ވިދާޅުވީ ގަދަބަސް ބުނި ހުރިހާ މަޖިލިސް މެންބަރުން އެ ބޭފުޅުންގެ ދާއިރާތަކުން ފެއިލްވެއްޖެ ކަމަށާއި، އިއްޔެ ޝުކުރިއްޔާ މެޑަމްއެ ވިދާޅުވީ ބޭފުޅުން މިއަދު ބުނަން ޖެހިފައި މި ވަނީ ސޮރީ މެޑަމް ކަމަށެވެ. ރައްޔިތުން އެ ދިން މެސެޖު މަޖިލިސް މެންބަރުން ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުން ދިން މެސެޖަކީ އަމިއްލަ އެދުން އިސްކުރެއްވުން ދޫކުރައްވައި، އެންމެ މީހަކަށް ޓަކައި ގައުމު ހަލާކުކޮށް ނުލައްވައި ގުޅިފައިވާ އިއްތިހާދާ ގުޅިވަޑައިގަތުމަށް ކަމަށެވެ.

މޫސާ އަލި މަނިކު ވިދާޅުވީ ވެރިކަން ދިފާއުކުރަން ބޭނުން ނަމަ ރައީސް ޔާމީނަށް އޮތީ ހަމަ އެންމެ ގޮތެއް ކަމަށާއި، އެ ގޮތަކީ ތައުބާވެވަޑައިގެން ރައްޔިތުންނަށްދޭ އަނިޔާ ހުއްޓަވާލައްވައި ސިޔާސީ ބޭފުޅުން މިނިވަންކުރައްވައި ސިޔާސީ މަސައްކަތަށް ދޫކޮށްލެއްވުން ކަމަށެވެ.

No Comments »

No comments yet.

Leave a comment