mdp_banner

Friday, April 21, 2017

ލޯކަލް ގަވަރމެންޓް އޮތޯރިޓީ ވަނީ ކޮށާ ކުދިކޮށް ޔާމީނުގެ ޖީބަށް ލާފައި: މުޙައްމަދު ފަލާޙް

ލާމަރުކަޒީ ނިޒާމް ހިންގަން އެންމެ ބޮޑު އެހީތެރިކަމެއްވެދޭން އޮތީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ ކަމަށާއި، އެހެން ނަމަވެސް އެ އޮތޯރިޓީ އޮތީ ކޮށާ ކުދިކޮށް ރައީސް ޢަބްދުﷲ ޔާމީނުގެ ޖީބަށް ލައްވާފައި ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ފަލާޙް ވިދާޅުވެއްޖެއެވެ.

ލ.ގަމުގައި އެމްޑީޕީން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ވަރަށް ބުރަ މަސައްކަތެއް ކޮށްގެން ގެނައި ނިޒާމެއް ކަމަށާއި، އެހެންނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުން ގެންދަވަނީ ލާމަރުކަޒީ ނިޒާމް ހިންގުން ދަތިކުރުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ގަމުގައި ބޭއްވި މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ފަލާހު ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމަށް ރައީސް ޔާމީން އެއްވެސް މަސައްކަތެއް ނުކުރައްވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
“ޕީޕީއެމްގެ ކެންޑިޑޭޓުން ވެސް އެބަތިބި ނިކުމެ. ރައީސުލްޖުމްހޫރިއްޔާ އޭ ކިޔާ ބޭފުޅާ ވަޑައިގެން އެބޭފުޅުންނަށް ކެމްޕެއިންކޮށްލަން، އެ ބޭފުޅުންނާ އެކީ ގޭގެއަށް ވަދެވަޑައިގެން، މިއިން ގެއެއްގެ ހާލުބައްލަވާލައްވަން ކެރިވަޑައިނުގަންނަވާ. އެއަށްވުރެ ފިނޑިވާނެ. ގޭގަ ހުންނަވައިގެން އަނބިކަނބަލުން އެ ފޮނުއްވަނީ”، ފަލާހު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ފަލާހު ވިދާޅުވީ ރައީސް ޔާމީނުގެ “ގޮނޑިކޮއްކޮ މަސީހު” ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ބޭރުކުރަން ބޭނުންވާ 42 މެންބަރުން މިހާރު ހަމަވެއްޖެ ކަމަށާއި، މަޖިލީހުގެ ނައިބު ރައީސް ވެސް އެ މަގާމުން ބޭރުކުރާނޭ ކަމަށެވެ.

No Comments »

No comments yet.

Leave a comment