mdp_banner

Tuesday, March 14, 2017

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެެމްބަރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރުން އެމްޑީޕީން ކުށްވެރިކުރަން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިސް މައުމޫން ކުއްލިގޮތަކަށް އަންގާރަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އަންގާފައިވާތީ އެކަން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ހަރު އަޑުން ކުއްވެރިކުރަމެވެ.

މިޕާޓީން ދެކޭ ގޮތުގައި ޢަޙްމަދު ފާރިސް މައުމޫން އޭސީސީއަށް ހާޒިރުކުރުވަނީީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭ މަސައްކަތްތައް އަޙްމަދު ފާރިސް މައުމޫން ކުރައްވަމުން ގެންދަވާތީ، އަޙްމަދު ފާރިސް މައުމޫނަށް ބިރުދައްކައި އެމަސައްކަތް ހުއްޓުވުމަށެވެ. މިއީ މިނިވަން މުވައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލި ސިޔާސީވެފައިވާ ކަމުގެ ހެއްކެެކެވެ.

ރައީސް ޢަބްދުﷲ ޔާމީނާއި ސަރުކާރުގެ ބާރުވެރިކަމަށް އަސަރުކުރާ ކޮންމެ ހިނދެއްގައިވެސް ސިޔާސީ ފަރާތްތަކާއި، ނޫސްވެރިން އަދި ސޯޝަލް މީޑިޔާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެކިގޮތްގޮތުން ބިރުދައްކައި ފިއްތުންތައް މުވައްސަސާތައް މެދުވެރިކޮށް ކުރިމަތި ކުރުވުމަކީ ރާވައިިގެން ހިންގާ ދަށުދަރަޖައިގެ ޢަމަލެކެވެ.

މިނިވަން މުވައްސަސާތަކާއި، ފުލުހުންނާއި އަދި މިނޫންވެސް އެފަދަ މުއައްސަސާތަކަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުސްތަޤިއްލު މުއައްސަސާތަކެކެވެ. އެ މުއައްސަސާތަކުގެ މަސައްކަތަކީ، ރައްޔިތުންގެ ޙައްޤުގައި ކުރާ އިޚްލާޞްތެރި މަސައްކަތަކަށް ވާން ޖެހެއެވެ. އެ މުވައްސަސާތަކަކީ ދިވެހި ވެރިކަމުގެ ސާފުކަން ދަމަހައްޓައިދޭ ދަައުލަތުގެ އެންމެ މުހިއްމު ވަޞީލަތްތަކެވެ. އެހެންކަމުން ވަގުތީ އުފަލެއްގެ ދަހިވެތިކަމުގައި ނުޖެހި ނަޒާހަތްތެރިކަމާއެކު މިފަދަ މުވައްސަސާތައް ހިންގުމަކީ މިއަދު ދިވެހި ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާ ކަމެއްކަމުގައިވާތީ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެެސް ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ، ރައްޔިތުންގެ އިތުބާރު އެކޮމިޝަނަށް ލިބޭނެ ގޮތަށް އަަމަލު ކުރުމަށް އިލްތިމާސްކުރަމެވެ.

ސިޔާސީ ކަންކަން ހަލަބޮލިވެ ރާއްޖޭގެ ޙާލަތު އެތައް ގުނައަކުން ދަށްވެފައިވާތީ، މި ދަނޑިވަޅުގައި ޤާނޫނުއަސާސީ އާއި ދިވެހި ރައްޔިތުންގެ ދިފާއުގައި ނިކުންނަވާ ޙައްޤު މަގުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް އެމްޑީޕީން ހިއްވަރުދީ މަރުޙަބާ ކިޔަމެވެ. އަދި ދިވެހިރާއްޖެ އިސްލާހްކުރުމަށް އެދޭ ހުރިހާ ފަރާތްތަކަކާއެކު މަސައްކަތްކޮށް ރައްޔިތުން އެދޭ ފަދަ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގައި އެމްޑީޕީން ދެމިތިބޭނެ ކަމުގައި ޔަޤީންކަން އަރުވަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 14 މާޗް 2017

No Comments »

No comments yet.

Leave a comment