ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

C5LXSdkWcAEcWO2

ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގައި ހުންނެވި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ހިތްވަރުފުޅުގަދަކަން ފާހަގަކޮށް، ޖެނީވާ ސަމިޓްގައި އެ މަނިކުފާނަށް އެވޯޑެއް ދެއްވައިފި އެވެ.

އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ސަމިޓް ކަމުގައިވާ ޖެނީވާ ސަމިޓްގައި، ހިތްވަރުގަދަ ކަމުގެ އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ވަނީ ތަގްރީރު ވެސް ކުރައްވައިފަ އެވެ.