mdp_banner

Thursday, February 16, 2017

އިނގިރޭސިވިލާތުގެ ކުއީން މޭރީ ޔުނިވާރސިޓީ އޮފް ލަންޑަންގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް މުޙައްމަދު ނަޝީދު އިއްޔެ ތަޤްރީރު ކުރައްވައިފި

ދުނިޔާގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުޙައްމަދު ނަޝީދު ފެބްރުވަރީ 15 ވަނަ ދުވަހު ތަޤްރީރުކުރައްވައިފިއެވެ.

މި ކޮންފަރެންސް އިންތިޒާމްކޮށްފައިވަނީ ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގެ ފަރާތުނެވެ. މޫސުމަށް އަންން ބަދަލުތަކާ ގުޅޭ ގޮތުން ބޭއްވުނު މި ހާއްސަ ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އަސަރު ދިވެހިރާއްޖެއަށް ކުރަމުން އަންނަ މިންވަރާ ގުޅޭ ގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް ދިމާވާ ގޮންޖެހުންތަކާއި ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް މިމައްސަލަ ހައްލުކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސް ނަޝީދު އަލިއަޅުވައިލެއްވިއެވެ. އަދި ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގައި ހެޔޮވެރިކަމުގެ ނިޒާމެއް އޮތުމުގެ މުހިއްކަމާމެދުވެސް ވާހަކަފުޅު ދެއްކެވިއެވެ.

No Comments »

No comments yet.

Leave a comment