mdp_banner

Wednesday, February 15, 2017

ސަރުކާރުގެ މުވައްޒަފުން މަޖުބޫރުން ސަރުކާރު ހިންގާ ޕާޓީއަށް ވެެއްދުމާ ގުޅޭ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދި އައި.އެލް.އޯއަށް އެމް.ޑީ.ޕީގެ ފަރާތުން ސިޓީއެއް ފޮނުވައިފި

ދައުލަތުގެ އެކިއެކި އިދާރާތަކުގައި، ވަކިން ޙާއްސަކޮށް ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސަރަވިސްގެ އެކިއެކި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާއިން ވަކިކޮށް، މަޤާމުގެ ކުރިއެރުންތަކަށް ހުރަސްއެޅުމާއި، މުސާރަ ދަށްކޮށް އެލަވަންސް އުނިކުރުމަށް ބިރުދައްކައި ސަރުކާރު ހިންގާ ޕީޕީއެމަށް ސޮއިކުރުމަށް މަޖުބޫރު ކުރަމުން ގެންދާތީ އެކަމުގެ ޝަކުވާ އެމް.ޑީ.ޕީއަށް ތަކުރާރުކޮށް ލިބެމުން އަންނާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝާނުން ދިވެހި ސަރުކާރާމެދު ފިޔަވަޅު އަޅައި އެކަން ހުއްޓުވުމަށް އައި.އެލް.އޯގެ އެހީތެރިކަމަށް އެދި އެމް.ޑީ.ޕީގެ ފަރާތުން އަންގާރަ ދުވަހު އައި.އެލް.އޯއަށް ސިޓީއެއް ފޮނުވައިފިއެވެ.

މި ސިޓީގައި، ދިވެހިރާއްޖެއަކީ އައި.އެލް.އޯގައި ބައިވެރިވެ އެ ވަޒީފާގެ ރައްކާތެރިކަން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދޭ މުޢާޙަދާތަކުގައި ބައިވެރިވެފައިވާ ޤައުމެއް ކަމުގައިވާތީ މިހާރު ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދާ ކަންކަން ބައްލަވައިދެއްވުމަށް ވަނީ އެދިފައެވެ.

ވަޒީފާގެ ބިރު ދައްކައިގެން ރައްޔިތުންގެ އެންމެ ނާޒުކު ޙާލަތު ބޭނުންކޮށްގެން އެމީހަކު ބޭނުންނުވާ ސިޔާސީ ފިކުރަކާ ގަދަބާރުން ގުޅުވުމަކީ އިންސާނީ ޤަދާރު ގެއްލުވާލާ ދަށު ދަރަޖައިގެ ކަމެއް ކަމުގައިވާތީ އެކަން މިހާރުން މިހާރަށް ބައްލަވައި ހުއްޓުވޭނެ ހުރިހާ ކަމެއް ކޮށްދެއްވުމަށްވެސް މި ސިޓީގައި ވާނީ އެދިފައެވެ. ދިވެހިރާއްޖޭގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ގިނަވެ، އަދި 30 އިންސައްތަ މީހުން ވަޒީފާ އަދާ ކުރަނީ ސިވިލް ސަރވިސްގައި ކަމުގައިވާތީއާއި ދައުލަތް ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ފުނޑާލައި މުޅި ޢަދުލު އިންސާފުގެ ނިޒާމު ގަޑުބަޑުކޮށްފައިވާ ހިނދު މިފަދަ މަޖުބޫރުކުރުންތަކުން އެތައް ބައެއްގެ ހައްޤުތައް ގެއްލިގެންދާ ކަމުގައި ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެމް.ޑަބްލިއު.އެސް.ސީ، ކުންފުންޏާއި، ސްޓެލްކޯ، އެމް.އޭ.ސީ.އެލް، އެމް.އާރު.ޑީ.ސީ، އެމް.ޓީ.ސީ.ސީގެ ނަން ވަކިން ޙާއްސަކޮށް ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

No Comments »

No comments yet.

Leave a comment