mdp_banner

Thursday, January 19, 2017

އެމް.ޔޫ.އޯގެ ހާއްސަ ހަރަކާތްތަކެއް ބުރާސްފަތި އަދި ހުކުރުދުވަހު ރ. ދުވާފަރުގައި

ދިވެހި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމް.ޑީ.ޕީ ހިމެނޭ އެމް.ޔޫ.އޯގެ ހާއްސަ ހަރަކާތްތަކެއް މި ހަފްތާގެ ބުރާސްފަތި އަދި ހުކުރު ދުވަހު ރ. އަތޮޅުގައި ކުރިއަށް ގެންދާ ގޮތަށްހަމަޖައްސައިފިއެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ރ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ރ. ދުވާފަރުގައެވެ. މިކަން އިޢުލާނު ކުރީ ހޮނިހިރު ދުވަހު ހަވީރު މިނިވަން އިންސާފުވެރި އިންތިހާބަކަށް ގޮވާލާ އެމް.ޑީ.ޕީން މާލޭގައި ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތް ނިންމާލަމުންނެވެ.

މި ހަރަކާތްތައް ފެށޭނީ 19 ވަނަ ދުވަހު ކަމަށާއި، އެދުވަހު ކުރިއަށްދާނީ އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށް އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބާއްވާ ވޯކްޝޮޕަކުންނެވެ. އޭގެ ފަހުން 20 ވަނަ ދުވަހު ހަވީރު ހިނގާލުމަކާއި އެކު މުޒާހަރާއެއް ކުރިއަށްދާނެއެވެ.އަދި 20 ވަނަ ދުވަހުގެ ރޭ ދުވާފަރުގައި ބޮޑު ޖަލްސާ އެއް އޮންނާނެއެވެ. މި ޖަލްސާގައި އެމް.ޑީ.ޕީ ޤައުމީ މަޖިލީހުގެ 30 ބޭފުޅުން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ. މި އަތޮޅުގެ އެކި ރަށްރަށުން ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު މި ހަރަކާތްތަކުގައި ބައިވެރިވެދެއްވުމަކީ އެމް.ޑީ.ޕީގެ ވަރަށް ބޮޑު އެދުމެކެވެ.

ކުރީގައި ތާވަލް ކުރެވިފައިވާ ގޮތަށް ލޯކަލް ކައުންސިލް ބޭއްވިގެން ނުދިއުމުންނާއި މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަމުގެ ބިރު އެބައޮތް ކަމަށްބުނެ އެމް.ޑީ.ޕީ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގަ އާއި މާލޭގައި ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ދާދި ފަހުން ބ. އަތޮޅުގައިވެސް އެ ޕާޓީގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

No Comments »

No comments yet.

Leave a comment