mdp_banner

Monday, January 9, 2017

ސަރުކާރުން މަސައްކަތް ކުރަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން

ސަރުކާރުން މަސައްކަތް ކުރަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަށް ނުފޫޒު ފޯރުވަން ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ސަރުކާރުގެ ހޯމް އެފެއާރޒް މިނިސްޓަރުކަން ކުރެއްވި ޙަސަން އަފީފް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަން (އެމް.ޔޫ.އޯ)ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޙަސަން އަފީފް ވިދާޅުވީ ރާއްޖޭގެ މަސްރަހު މިހާރު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންކަމަށާއި ، އިލެކްޝަންސް ކޮމިޝަނުން ކަން ކުރަމުން ދަނީ ޤާނޫނާއި ހިލާފުވެ ސަރުކާރުން ބޭނުންވާ ގޮތަށް އިންތިޙާބުތަކަށް ނުފޫޒުފޯރުވުމަށްކަމަށެވެ. މިގޮތުން އިލެކްޝަންސް ކޮމިޝަން އިން މިވަގުތު ލޯކަލް ކައުންސިލްގެ އިންތިޙާބަށް ނުފޫޒުފޯރުވުމަށް ކުރާ މަސައްކަތަކީ ހަމަ އެކަނި ލޯކަލް ކައުންސިލް އިންތިޙާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުން ނޫން ކަމަށާއި އިލެކްޝަންސް ކޮމިޝަނުން 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޙާބަށްވެސް ސަރުކާރުން އެދޭ ފަދަ ގޮތަކަށް ނުފޫޒު ފޯރުވާން ކުރެވޭ މަސައްކަތެއްކަމަށެވެ.

މިމަހުގެ 14 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ނިންމާފައި ވަނިކޮށް އެ އިންތިޚާބު ފަސް ކުރަން ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން މިހާރު ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ. މިމަހުގެ 14 ގައި ކައުންސިލް އިންތިޚާބު ބާއްވަން ނިންމާފައި ވަނިކޮށް އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި އެ ޕާޓީއަށް އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ކޯޓަށް ހުށަހެޅުމުންނެވެ.

No Comments »

No comments yet.

Leave a comment