mdp_banner

Thursday, January 5, 2017

އެ.މް.ޑީ.ޕީގެ ހަޤީގީ ބެލެނިވެރިންނަކީ ޕާޓީގެ ޝަރަފްވެރި މެމްބަރުން ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާރޕާރސަންގެ ނައިބް އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ގެ ބެލެނިވެރިންނަކީ އިލެކްޝަން ކޮމިޝަން ނޫންކަމާއި އެމްޑީޕީ ގެ ޙަޤީޤި ބެލެވެރިންނަކީ ޕާޓީގެ ޝަރަފްވެރި މެމްބަރ އިން ކަމުގައި އެމްޑީޕީ ގެ ޗެއެޕާސންގެ ނައިބް ޢަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.އެމްޔޫއޯގެ ފަރާތުން ކައުންސިލް އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ހާއްސަ ކޮށްގެން އެމްޑީޕީ ހަރުގޭގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ އެމްޑީޕީ އިން 2016 ވަނަ އަހަރު ހޯދި ކަމީޔާބީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއްކާމިޔާބަކީ ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް އޮތުމަށް ޕާޓީގެ އާއްމު މެމްބަރުން ކުރި ހިތްވަރުކަމަށާއި، ޕާޓީ ނިޒާމް ފުނޑުފުނޑުކޮށްލުމަށް ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން ކުރި މަސައްކަތާ ދެކޮޅަށް އެމްޑީޕީ ގެ މެމްބަރުން ވަނީ ހިތްވަރާއެކު މަސައްކަތް ކޮށް ކާމިޔާބު ހޯދާފާކަމަށެވެ. ދައުލަތުގެ މުއައްސަސާތަކުން ކުރި ޖެއްސުމުގައި ޕާޓީތަކުގެ ބެލެނިވެރިޔާ ކަމަށް އަމިއްލައަށް ދައުވާ ކުރާ އިލެކްޝަންސް ކޮމިޝަން އިން ކުރި އުނދަގޫތަކަށް އިޝާރަތް ކޮށް ނިޔާޒް ވިދާޅުވީ، ދައުލަތުން ސިޔާސީ ޕާޓީތަކަށް ބަޖެޓް އިން ޚާއްސަކުރި ފައިސާ ނުދީ އިލެކްޝަންސް ކިމިޝަން އިން ހިފެހެއްޓީ މާލީ ގޮތުން އެމްޑީޕީ ބަލަކަށިކޮށް ހަރަކާތްތައް މަދުކުރުމަށް ކަމަށެވެ. އެހެންނަމަވެސް އެކަން ކާމިޔާބުނުވީ ޕާޓީގެ އާއްމު މެމްބަރުންނާއި ގިނަޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމް ރާއްޖޭގައި އޮތުމަށް އެދޭ ވިޔަފާރިވެރިން ދިން ދީލަތި އެހީތެރިކަމުގެ ސަބަބުން ކަމަށެވެ. އެހެންވެ އެފަރާތްތަކަށް ނިޔާޒް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ވިދާޅުވީ “އެމްޑީޕީ ގެ ބެލެނިވެރި ފަރާތަކީ އިލެކްޝަން ކޮމިޝަން އެއްނޫންއެމްޑީޕީ ގެ ޙަޤީޤި ބެލެވެރިންނަކީ ޕާޓީގެ ޝަރަފްވެރި މެމްބަރއިން”

ލޯކަލް ކައުންސިލް އިންތިޚާބް އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އެއްބަސްވި ނަމަވެސް މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުން އަލުން ކުރިމަތިލުމަށް އެމްޑީޕީން ގަބޫލު ނުވާނެ ކަމަށެވެ.

“އެމް.ޑީ.ޕީ ގެ ކެންޑިޑޭޓުން ވަނީ ޤާނޫނީ ފޯމް ފުރާ ހުރިހާ ޕްރޮސީޖަރ ތަކެއް ފުރިހަމަ ކޮށްފައި، އަޅުގަނޑުމެން ބޭނުމެއް ނުވޭ އެމް.ޔޫ.އޯގެ ކެންޑިޑޭޓުންނަށް އިތުރު ތަކުލީފް ތަކެއް ޖައްސުވާކަށް،” ނިޔާޒް ވިދާޅުވި އެވެ.
އަދި އެހެންމެ ވަކި ބަޔަކަށް އިންތިޚާބަށް ތައްޔާރު ނުވެވިގެން ޤާނޫން އަސަސީގައި ބުނެފައިވާ ތާރީޙަށް އިންތިޙާބް ނުބާއްވާ ލަސްކޮށްގެން ނުވާނެ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ފާއިތުވި އަހަރުގައި އެމްޑީޕީ އިން ކޮށްފައިވާ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކެއްކަން ނިޔާޒް ފާހަގަ ކުރެއްވި އެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމިން އެކަނިކޮށް އިދިކޮޅު އިއްތިހާދެއް އަދާލަތު ޕާޓީއާއެކު ހަދައި، ކުރިއަށް ދިއުމަކީ ލިބިގެންދިޔަ ކާމިޔާބީ އެކަން އޭނާ ވިދާޅުވި އެވެ.

އަދި އެމްޑީޕީއާ އަދާލަތު ޕާޓީއާ ގުޅިގެން މިއަހަރުގެ ތެރޭގައި އިތުރު މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ، މިހާރު ކައުންސިލް އިންތިހާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ހިތްވަރު ދެއްވި އެވެ. އަދި އެމްޔޫއޯގެ ކެންޑީޑޭޓުނަށް ވޯޓު ދިނުމަށް ގޮވާލި އެވެ.

No Comments »

No comments yet.

Leave a comment