mdp_banner

Monday, November 14, 2016

ރައިޒިން ޕީސް ފޯރަމްގައި ރައީސް މުޙައްމަދު ނަޝީދު ތަޤްރީރު ކުރައްވާނެ

އިނގިރޭސިވިލާތުގެ ކޮވެންޓްރީ ކައުންސިލާއި ކޮވެންޓްރީ ޔުނިވަރސިޓީ ގުޅިގެން ބާއްވާ ‘ރައިޒިން ޕީސް ފޯރަމް’ ނިންމާލުމުގެ ހާއްސަ ޙަފްލާގައި ރައީސް މުޙައްމަދު ނަޝީދު ނޮވެމްބަރ 15 ވަނަ ދުވަހު ވާހަކަފުޅު ދައްކަވާނެއެވެ.

ހަމަނުޖެހުން ހައްލުކުރުމަށް މަޝްވަރާއާއި ޞުލްޙަވެރި އުސޫލް ބޭނުންކުރުމަށް ބާރުއަޅައި ދުނިޔޭގައި ހިނގަމުން އަނަން ބޮޑެތި ހަމަނުޖެހުން ޙައްލުކުރުމާ މެދު ދުނިޔޭގެ ލީޑަރުންނާއި ފަންނީ ޢިލްމުވެރިން ހިމެނޭ ގޮތަށް ބާއްވާ ޕީސް ފޯރަމް އޮންނާނީ އިނގިރޭސިވިލާތުގެ ކޮވެންޓްރީގައި ނޮވެމްބަރު 15 ން 16 އަށެވެ.

މި އަހަރުގެ ފޯރަމްގައި ރެފިއުޖީ ޙާލަތާއި، އަންހެނުންނާއި އަންހެން ކުދިންގެ ޙާއްޤުތަކާއި، ޞުލްޙަވެރި މުޖުތަމައެއް ބިނާކުރެވޭނެ ގޮތްތަކާއި، ހައްދުފަހަނައެޅުމާއި މުޖުތަމަޢުގެ ރައްކާތެރިކަމާއި، ޚުދުމުހުތާރު ވެރިކަންފަދަ މައުޞޫތަކާމެދު މަޝްވަރާ ކުރެވޭނެއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން މި އަހަރުގެ ފޯރަމްގައި މަލާވީގެ ފުރަތަމަ އަންހެން ރައީސް ޖޮއިސް ބަންޑާއާއި ކޮމަންވެލްތުގެ ސެކެޓަރީ ޖެނެރެލް ރައިޓް ހޮނަރަބަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި މަޝްހޫރު އިސްލާމީ ޢިލްމުވެރިންވެސް ވާހަކަ ދައްކަވާނެއެވެ.

No Comments »

No comments yet.

Leave a comment