ހުކުރުނަމާދަށް ތިއްބާ ފުލުހުން އަނިޔާވެރިވި މައްސަލަ އައްޑޫސިޓީ އެމްޑީޕީ އިން ކުށްވެރިކުރަން

22 ޖުލައި 2016 ވީ، ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒު ކުރިމަތީ، އެހެން ހުކުރު ދުވަހެކޭވެސް އެއްގޮތަށް ދުޢާކުރަން ދިވެހި ރައްޔަތުން ތިއްބާ ފުލުހުންވަނީ ދުޢާކުރިމީހުން ލޮލަށް ސްޕްރޭޖަހައި އަނިޔާވެރިވެފައެވެ. އަދި މީގެ އިތުރުން ބައެއް މީހުން ހައްޔަރުކޮށްފައިވެސް ވެއެވެ. އެހެންކަމުން މި ޖަރީމާ ދިވެހިރައްޔިތުންގެ ޕާރޓީ ( އެމްޑީޕީ) އައްޑޫ ސިޓީ އިން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެެވެ.މިކަމަކީ އިއްޔެގެ މިޖަރީމާއިން ދައްކުވައިދެނީ ރާއްޖޭގެ ފުލުހުންނަކީ، އިސްލާމް ދީނާ ދިވެހި ރާއްޖޭގެ ޤާނޫނާ ޚިލާފަށް ޖަރީމާތައް ހިންގަމުންދާ ބައެއްގެ ގޮތުގައެވެ،އަދި މިސްކިތްތަކުގު ކަރާމާތްނަގާ،އަޅުކަމަެށްވެސް ހުރަސް އަޅަމުންދާތަނެވެ. މިފަދަ ބޭއިންސާފު ޖަރީމާތައް ހިންގުމުން މިކަމުން ދައްކުވައިދެނީ މިހާރު މިއޮއް ރައީސް ޔާމީންގެ ސަރުކާރަކީ،އެއްވެސް ކަމަކަށް ކުފޫހަމަނުވާ އަދި ރައްޔިތުންގެ ތާޢީދު ނެތި ހިގަމުންދާ ސަރުކާރެއްގެ ގޮތުގައި ކަމަށާ މިސަރުކާރު ފެއިލްވެފައިވާ ކަމުގެ ހެއްކެވެ.

22 ޖުލައި 2016 ވީ ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު ދުޢާކުރަން ތިއްބާ ފުލުހުން ސްޕްރޭ ޖަހައި އަނިޔާވެރިވި މީހުންގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަލީ ނިޒާރު އާއި ޤަވްމީ މަޖްލިސްގެ މެމްބަރު އައްސަދު ޢަބްދުލް ޤަނީ އާއި އިތުރު 2 މެމްބަރުން ވަނީ ހައްޔަރުކޮށްފައެވެ. މިފަދަ ޖަރީމާތައް ހިންގާލުން ހުއްޓާލުމަށާއި ރައްޔިތުންނަށް އަނިޔާ ނުކުރުމަށް މިފުރުޞަތުގައި މިހާރު މިއޮއް ސަރުކާރަށް ގޮވާލަމެވެ.

ބަޔާން ނެރުނީ:
އަޙްމަދު އަދުހަމް
އައްޑޫ ސިޓީ އެމްޑީޕީ ރައީސް