mdp_banner

Tuesday, June 21, 2016

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މަޞްލަޙަތު އޮންނަ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ “ޞަދަޤާތު ފައުންޑޭޝަން” ގެ އެކައުންޓަށް 12000 ޑޮލަރު ޖަމާކޮށްދިނުމަށް އެދި އިސްލާމިކް މިނިސްޓަރު އެދިފައިވަނީ މާލިއްޔަތު ޤާނޫނާ ޚިލާފަށްކަމަށްވާތީ ، މި މައްސަލަ ބަލައިދިނުމަށް އެދި ޢޭ.ސީ.ސީއަށް

މިއަދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވި ސިޓީގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއަށްބަލައިދިނުމަށް އެދިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މަޞްލަޙަތު އޮންނަ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ “ޞަދަޤާތު ފައުންޑޭޝަން” އަށް އަބޫދާބީ ޚަލީފާ ފައުންޑޭޝަނުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ދީނީ ވަޤުފު ފަންޑަށް ޖަމާކޮށްފައިވާ 24،000 (ސައްވީސްހާސް) އެމެރިކާ ޑޮލަރުގެ ތެރެއިން 12،000 (ބާރަހާސް) އެމެރިކާ ޑޮލަރު ޞަދަޤާތު ފައުންޑޭޝަނުގެ އެކައުންޓަށް ޖަމާކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީއަށް އިސްލާމިކް މިނިސްޓަރު ވަނީ ސިޓީއެއް ފޮނުވާފައިވާ މައްސަލައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މަޞްލަޙަތު އޮންނަ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ “ޞަދަޤާތު ފައުންޑޭޝަން” ގެ އެކައުންޓަށް ޖަމާކޮށްދިނުމަށް އެދި އިސްލާމިކް މިނިސްޓަރު އެދިފައިވަނީ މާލިއްޔަތު ޤާނޫނާ ޚިލާފަށްކަމަށްވާތީ މި މައްސަލަ ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަޝާއި ޞަދަޤާތު ފައުންޑޭޝަނަށް އަބޫދާބީ ޚަލީފާ ފައުންޑޭޝަނުން ފޮނުވާފައިވާ އެހީ ބަލައިގަތުމުގެ ހުއްދައަކަށް ހޯމް މިނިސްޓްރީގައި އެދިފައިވޭތޯ ބަލައިދިނުމަށް އެދި ހޯމް މިނިސްޓްރީއަށްވެސް އެމް.ޑީ.ޕީން މިއަދު ސިޓީ ހުށަހަޅާފައިވެވެ.

މިފަދައިން ހޯމް މިނިސްޓްރީއަށް މައްސަލަ ބަލައިދިނުމަށް އެދިފައިވަނީ ޤާނޫނު ނަންބަރު 2003/1 (ޖަމިއްޔާތަކާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާއާއި ޖަމިއްޔާތަކާބެހޭ ޤަވާޢިދުގެ 27 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކުރެވިގެން ހިންގާ އެއްވެސް ޖަމިއްޔާއަކަށް ބޭރުގެ އެހީއެއް ހޯދަންވާނީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒަށް ހުށަހަޅާ އެ އެހީއެއް ހޯދަނީ ކޮން ފަރާތަކުންތޯއާއި އެ އެހީއެއްގެ ޢަދަދާއި އެ އެހީއެއްގެ ދަށުން ކުރަން ގަސްދުކުރާ ކަންތައްތަކުގެ ތަފްޞީލު ހުށަހަޅާ އެ އެހީއެއް ހޯދުމުގެ ހުއްދަ އެ މިނިސްޓްރީން ދިނުމުންކަމަށް ބަޔާންކޮށްފައިވާތީ ޞަދަޤާތު ފައުންޑޭޝަނަށް އަބޫދާބީ ޚަލީފާ ފައުންޑޭޝަނުން ފޮނުވާފައިވާ އެހީ ބަލައިގަތުމުގެ ހުއްދައަކަށް ހޯމް މިނިސްޓްރީގައި އެދިފައިވޭތޯ ބަލައިދިނުމަށް އެދިއެވެ.

No Comments »

No comments yet.

Leave a comment