ނިހާން ހުސެއިން މަނިކު، ރޮޒައިނާ އާދަމްގެ މޫނުފުޅަށް، އަނގަތެރެއަށް ފެންއަޅާފައި ބުރުވާލި މައްސަލަ އެޗް.އާރު.ސީއެމް އަށް

ނިހާން ހުސެއިން މަނިކު، ރޮޒައިނާ އާދަމްގެ މޫނުފުޅަށް، އަނގަތެރެއަށް ފެންއަޅާފައި ބުރުވާލި މައްސަލަ
އެޗް.އާރު.ސީއެމް އަށް ހުށަހަޅައިފިއެވެ.

ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސާ އަލްފާޟިލާ އާމިނަތު އީނާސް އަށް މިއަދު އެމް.ޑީޕީން މި މައްސަލަ ބަލައިދިނުމަށް އެދި ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ 24 ފެބްރުވަރީ 2016 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އޮތް ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް ތަޅުމުގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރ އަހްމަދު ނިހާން ހުސެއިން މަނިކު، މިޕާޓީގެ ޑެޕިއުޓީ ލީޑަރ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރ ރޮޒައިނާ އާދަމްގެ މޫނުފުޅަށް، އަނގަތެރެއަށް ފެންއަޅާފައި ބުރުވާލައި، ނަފުސަށް ހަމަލާދީފައިވާތީ އަޙްމަދު ނިހާން ޙުސައިން މަނިކު ހިންގާފައިވާ މިދަށުދަރަޖައިގެ އަމަލު، ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި ދެއްވުމަށެވެ.