ތަޢުޒިޔާގެ މެސެޖް

ލ އަތޮޅުގެ އަތޮޅު ކައުންސިލަރުކަމުގައި ހުންނެވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ މެމްބަރ، ލ.މާވަށު އަކިރިއާގެ މުޙައްމަދު ޢަބްދުލް ރަޙްމާން ވަރަށް ހިތާމަވެރި ޙާދިސާއެއް މެދުވެރިވެ، ރޭގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވާތީ އެކަމުގެ ފުން ހިތާމާގައި މި ޕާރޓީ އިން ބައިވެރިވަމެވެ.
އުމުރުފުޅުން 33 އަހަރުގެ އަތޮޅު ކައުންސިލަރ މުޙައްމަދު ޢަބްދުލް ރަޙްމާން ނިޔާވެފައިވަނީ ޑިންގީއެއްގައި މަސް ބޭނުއްވުމަށް ނުކުމެ އުޅުއްވަނިކޮށް ޑިންގީ ބަންޑުން ޖަހާލުމުގެ ސަބުން އޭނާ މޫދަށް ގެނބުނު ހިތާމަވެރި ޙާދިސާގައެވެ.
އަލްމަރުޙޫމް މުޙައްމަދު ޢަބްދުލް ރަޙްމާންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުމަށް މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވާހިނދު، އެ މަރުޙޫމުގެ ޢާއިލާއަށް ކެއްތެރިކަން މިންވަރުކުރެއްވުމަށް ދުޢާ ދަންނަވަމެވެ. އާމީން!