ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންފި

އެމް.ޑީ.ޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިއަދު އިނގިރޭސި ވިލާތުގެ ލަންޑަން އަށް ވަޑައިގެންފިއެވެ. އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެންފައިވަނީ ބޭސްފަރުވާފުޅަކަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ހުއްދަ ލިބިވަޑައިގަތުމާއި ގުޅިގެންނެވެ.

އެމަނިކުފާނަށް ލަންޑަންގެ ހީތްރޯ އެއާރޕޯޓް އިން މަރުހަބާ ދެންނެވީ އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އާއި އެމް.ޑީ.ޕީގެ ޗެއާރޕާރސަން އަލީ ވަހީދުއާއި ރައީސް ނަޝީދުގެ އިންޓަރނޭޝަނަލް ޤާނޫނީ ވަކީލުންގެ ޓީމްގެ ބޭފުޅުން ކަމުގައިވާ އާމާލް ކްލޫނީ އާއި ޖެރަޑް ޖެންސަރއެވެ.

އެމަނިކުފާނު އިނގިރޭސި ވިލާތަށް ވަޑައިގެން މަގުމަތީގައި ސްރީލަންކާގައި މަޑުކޮށްލެއްވި ކޮށްލެއްވުމުގައި ބޭރުގެ ވަރަށް ގިނަ ސަފީރުންނާއި ޑިޕްލޮމެޓުނާއި ބައްދަލުކުރައްވާފައިވެއެވެ.