mdp_banner

Tuesday, December 29, 2015

އެމް.ޑީ.ޕީގެ މެމްބާރޝިޕް ފޯމްގައި ރައީސް ނަޝީދުގެ ފިންގަރޕްރިންޓް ޖެހޭނެ އިންތިޒާމެއް ހަމަޖައްސައި ދެއްވުމަށްއެދި ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްފާޟިލް މުޙައްމަދު ޙުޝާމަށް ސިޓީއެއް ފޮނުވައިފިއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްފާޟިލް މުޙައްމަދު ޙުޝާމަށް ސިޓީއެއް ފޮނުވައިފިއެވެ.

މި ސިޓީގައި އެމް.ޑީ.ޕީން އެދި ދަންނަވާފައިވަނީ 31 ޑިސެމްބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ކުރިން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ތެރެއިން ފިންގަރޕްރިންޓް ޖެހުމަށްފަހު ފޯމު ހުށަހަޅަންޖެހޭ މެމްބަރުންގެ ތެރޭގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާތީ އެމަނިކުފާނުގެ މެންބަރޝިޕް ފޯމު ފުރުމަށް ފަހު ފިންގަރޕްރިންޓް ޖެހުމަށް މި ޕާޓީގެ ފަރާތުން މި ޕާޓީގެ ނައިބު ރައީސް އަލްފާޟިލް މުޙައްމަދު ޝިފާޒު އާއި ޗެއަރޕާސަންގެ ނައިބު މާލީ އަލްފާޟިލް ޢަލީ ނިޔާޒު އާއި ޕާލަމަންޓްރީ ގްރޫޕުގެ ސެކްރެޓަރީ ޖެނަރަލް އަލްފާޟިލް މުޙައްމަދު ރަޝީދު ޙުސައިން ރައީސް މުޙައްމަދު ނަޝީދުއާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދި އެމް.ޑީ.ޕީގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްފާޟިލް މުޙައްމަދު ޙުޝާމަށް ފޮނުވި ސިޓީއެކެވެ.

No Comments »

No comments yet.

Leave a comment