އެމް.ޑީ.ޕީގެ މެމްބަރު އަލީ ޝިފާހް (ބޮޑީ އައްޔަ) ނިޔާވުމުގެ ހިތާމައިގައި ބައިވެރިވުން:

އެމް.ޑީޕީގެ މެމްބަރު އަލީ ޝިފާހް (ބޮޑީ އައްޔަ) އިއްޔެގެ ވަގުތެއްގައި ނިޔާވެފައިވާތީ އެކަމުގެ ފުންހިތާމައިގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ބައިވެރިވަމެވެ. އަދި އެމަރުޙޫމުގެ އާއިލާއަށް ކެއްތެރިކަން މިންވަރުކޮށްދެއްވުމަށް ދުޢާކުރަމެވެ.
މި ޕާޓީގެ ސެކިއުރިޓީ ޓީމް ގެ މެމަބަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރުން އަލީ ޝިފާހް (ބޮޑީ އައްޔަ) އަކީ ރައީސް ނަޝީދުގެ ޕްރައިވެޓް ސެކިއުރިޓީ ޓީމްގެ މެމްބަރެކެވެ.
އަލީ ޝިފާހް ( ބޮޑީ އައްޔަ) އަކީ މި ޕާޓީންން ކުރަމުން އައި އިސްލާހީ މަސައްކަތުގެ ތެރޭގައި ތަޖުރިބާ ކުރި ކޮންމެ ހާލަތެއްގައި ވެސް ނުހަނު ސާބިތުކަމާއިއެކު، ދެގޮތެއްނުވެ ދެމިހުރި އިހްލާސްތެރި މެމްބަރެކެވެ. އަނިޔާވެރިކަމާއި ދެކޮޅަށް ނިކުމެ، އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ދޫކޮށްލި ފިސާރި ހިއްވަރުގަދަ މެމްބަރެކެވެ.
އަލީ ޝިފާހް (ބޮޑީ އައްޔަ) އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުމަށް މާތްﷲ ހަޒްރަތުގައި ދުޢާ ދަންނަވަމެވެ. އާމީން!
28 ޑިސެމްބަރު 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓް