mdp_banner

Tuesday, October 27, 2015

އެމް.ޑީ.ޕީގެ ރޭގެ އިހްތިޖާޖަށް ފުލުހުން ހުރަސްއަޅައި އެކަކު ހައްޔަރުކުރި

CSQtdAUVAAA9AYz

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި ރޭ އެމް.ޑީ.ޕީގެ ޤައުމީ އިދާރާ ކުރިމަތީ ބޭއްވި އެމްޑީޕީގެ “ސީދާ ހަރަކާތް”، އެއްވެސް އިންޒާރެއް ނުދީ ފުލުހުން ރޫޅާލައި އެކަކު ވަނީ ހައްޔަރުކޮށްފައެވެ.

އެމްޑީޕީގެ ފިކުރަށް ތާއީދު ކުރައްވާ ގިނަ ރައްޔިތުންތަކެއް ބައިވެރިވި މި އިހްތިޖާޖު ފެށުމުގެ ކުރިން އެހެން ރޭތަކެކޭ ހިލާފަށް ޕާޓީގެ އިސް ބޭފުޅުން ވާހަކަ ދެއްކެވީ އެމްޑީޕީގެ އޮފީހުގެ ބެލްކަނީގައި ތިއްބަވައިގެންނެވެ. މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިއާޒް ފަހުމީ ވިދާޅުވީ ފައިސާގެ ނުފޫޒު ފުލުހުންގެ ތެރެއަށާއި ފުލުހުންގެ ވެރިންނަށް އިންތިހާއަށް ފޯރާފައިވާ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ އިދާރާ ފަސާދަވެފައިވާ ކަމަށް ރައީސް ޔާމީން އެއްބަސްވެވަޑައިގެންފައި ވާއިރު، “ފުލުހުންނަކީ މިއަދު ދުވަހު ކުއްޔަށް، މަހު ކުއްޔަށް ނެގޭ ބައެއް” ކަމަށް އިންތިޔާޒު ސިފަކުރެއްވެވި އެވެ.

ސީދާ ހަރަކާތުގެ ބައިވެރިން ސޯސަން މަގުން ގޮސް، މަޖީދީ މަގު ގަލޮޅު ދަނޑާ ހަމައަށް ދިޔަ ތަނާ ފުލުހުން ގޮސް، އެއްވެސް އިންޒާރެއް ނުދީ ހިނގާލުން ރޫޅާލައިފައިވެއެވެ.

No Comments »

No comments yet.

Leave a comment