އެމްޑީޕީގެ އެއްވުން ބާއްވާނީ ޤާނޫނީ އިމުގެ ތެރެއިން ސުލްހަވެރިކަމާއެކު

CR53UVIU8AAh6VB

ސިޔާސީ ގޮތުން ހަމަޖެހުން ހޯދުމަށް މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށާއި މުޅި ދުނިޔެއާ ރާއްޖޭގެ ތާއީދު އޮތް ބޭފުޅުންނަށް އަނިޔާ ދިނުމަކީ ޤައުމަށް ހަމަޖެހުން ލިބޭނެ ކަމެއްނޫންކަމަށް އަލީ އާޒިމް މިއަދުގެ އެމް.ޑީ.ޕީގެ ޕްރެސްކޮންފަރރެންސްގައި ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިއަދު ކުރައްވަންވީ ކަމަކީ ސިޔާސީ ބޭފުޅުން ޖަލަށް ލުމުގެ ބަދަލުގައި މަޝްވަރާކޮށްގެން އެންމެންވެގެން ހިންގަންވީ ޤައުމު ކަމުގަވިދާޅުވިއެވެ. ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ސްޓްރެޓަޖީ ފެއިލް ވެފައިވާކަން މިހާރު އެންގެން ވެއްޖެކަމަށެވެ.

ޤައުމު މިހާލަތުން ސަލާމަތް ކުރުމަށް ހުރިހާ އެންމެން ބައިވެރިވާން ޖެހޭނެކަމަށް އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. އަޅުގަނޑުމެން ގޮވާލަމުން މިދަނީ ޤާނޫނީގޮތުން ލިބިދޭ ހައްޤުތައް ލިބިދިނުމަށެވެ. އަދި ނުހައްޤުން ޖަލުގައި ރައީސް ނަޝީދުއާއި އިމްރާން، ނާޒިމް އަދި ސިޔާސީ އެތަކެއް ހައްޔަރީން ވަގުތުން ދޫކޮށްލުމަށް ގޮވާލެއްވިއެވެ.

އަވަހަށް އދ ގެ ނިންމުން ޤަބޫލުކޮށް ގޮތެދޫކުރައްވާ ރައީސް ނަޝީދު ދޫކޮށްލައްވަން ގޮވާލައްވަމުން އެމް.ޑީ.ޕީގެ ޗެއާރޕާރސަންގެ ނައިބު އަލީ ޝިޔާމް ވިދާޅުވީ ޤާނޫނީ އިމުގެ ތެރެއަށް ވެންނެވުމަށް މިއީ ރައީސް ޔާމީނަށް ލިބިފައިވާ ރަނުގެ ފުރުސަތެއްކަމަށެވެ. އަދި ނޮވެމްބަރު 6ގައި ރާއްޖޭގެ ހުރިހަ ކަންކޮޅުތަކުން މާލެ އައުމަށް ރައްޔިތުންގެ ކިބައިން އެދިލެއްވިއެވެ.