mdp_banner

Monday, October 19, 2015

އެމްޑީޕީގެ ބައިނަލްއަޤްވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ވަފުދެއް ބެލްޖިއަމްގެ ބްރެސަލްސްއަށް

ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ބައިނަލްއަގްވާމީ ފަރާތްތަކަށް މައުލޫމާތު ދިނުމަށް އެމްޑީޕީގެ ބައިނަލްއަޤްވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ވަފުދެއް ބެލްޖިއަމްގެ ބްރެސަލްސްއަށް ފުރައިފިއެވެ.

ބެލްޖިއަމްއަށް ފުރާފައިވަނީ އެމްޑީޕީގެ ބައިނަލްއަޤްވާމީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި އެކޮމެޓީގެ ދެ މެންބަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަދި އުމަރު އަބްދުއްރައްޒާގް ކަމަށެވެ.

އެދަތުރުގައި އެމްޑީޕީގ ބައިނަލްއަޤްވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ވަފްދުގެ ބޭފުޅުން ބްރަސަލްސްގައި ތިއްބަވާ ޔޫރަޕިއަން ޔޫނިއަންގެ އޮފިޝަލުންނާއި ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރުންނާ ބައްދަލުކުރެއްވާ މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

No Comments »

No comments yet.

Leave a comment