ޖީސީއީ އޯ ލެވެލް އިމްތިހާނު

ި އަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނު 5 އޮކްޓޫބަރ ގައި ފެށޭ އިރު އެ އިމްތިޙާނުގައި ބައިވެރިވުމަށްޓަކައި ތައްޔާރުވަމުން ގެންދާ 7000 އަށް ވުރެ ގިނަ ދަރިވަރުންނަށް އެ އިމްތިހާނުގައި ފުރިހަމަ ކާމިޔާބީއެއް ލިބުމަށް އެމްޑީޕީން ނުހަނު ބޮޑަށް އެދެމެވެ.
މިއަހަރު ޖީސީ އޯލެވެލްގައި ބައިވެރިވާން ޖެހޭނެ 1000 އަށް ވުރެން ގިނަ ދަރިވަރަކު، ފުރިހަމަ ސާނަވީ ތަޢުލީމުން ބާކީކޮށް، ބައިކުޅަބައި ތަޢުލީމެއްދީގެން އެކުދިންގެ ސްކޫލް ނިންމުން އެހެން ގޮތަކަށް ގެންދަވާ ވާހަކަ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން އިޢުލާންކުރައްވާފައެވެ. ބައެއް ދަރިވަރުންނާ މެދު މިފަދައިން ބޭ އިންސާފުން މިނިސްޓްރީން އޮފް އެޑިޔުކޭޝަނުން ޢަމަލުކުރައްވަމުން ގެންދަވާތީ މި ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ދަނޑިވަޅުގައިވެސް މިކަން ފާހަގަކޮށް ހުރިހާ ދަރިވަރުންނަށް ވެސް އިންސާފުވެރިކަމާއެކު ޢާންމު ތަޢުލީމެއް ލިބިދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީއަށް ތަކުރާރުކޮށް ގޮވައިލަމެވެ.
މި އަހަރަކީ ސަރުކާރުން ކަންކަން ރާއްވަވަމުން ގެންދެވި ގޮތުން ސްކޫލްތަކުގެ ކިޔަވައިދިނުމުގެ ދުވަސްތައް މަދުވެ، ކިޔަވައިދިނުމުގެ ޙަރަކާތްތަކަށް ބުރޫތަކެއް އެރައި ދަރިވެރުންނަށް ދަތިތަކަކާ ކުރިމަތިލާންޖެހުނު އަހަރެއްކަމަށް މި ޕާޓީން ފާހަގަކުރަމެވެ. މީގެ ފަހުން އަހަރުގެ އެކަޑަމިކް ކަލަންޑަރު، އަހަރު ފެށުމުގެ ކުރިން ރޭވި އިޢުލާންކުރެވިފައިވާ ގޮތަށް ތަންފީޒުކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީއަށް ގޮވައިލަމެވެ.
ބަޔާން ނެރުނީ : އެމް.ޑީ.ޕީގެ ތައުލީމާއި ތަމްރީނާއި ބެހޭ ކޮމިޓީ
ތާރީހް: 4 އޮކްޓޫބަރު 2015