އައްޑޫގައި ބޭއްވި ބޮޑު ޖަލްސާއަށްފަހު މުޒާހަރާކޮށްފި

އެމްޑީޕީން މިރޭ އައްޑުސިޓީގައި ބޭއްވި “ބޮޑު ޖަލްސާ”އަށްފަހު ހިތަދޫގެ މަގުތަކުގައި މުޒާހަރާކޮށްފިއެވެ.

ސީދާ ހަރަކާތުގެ ނަމުގައި ޖަލްސާ ނިންމާލުމަށްފަހު މުޒާހަރާކޮށްފައިވަނީ އައްޑުސިޓީ ލިންކު ރޯޑުގެ ހިތަދޫއާއި ވީ ހިސާބުގައާއި، ހިތަދޫ ބޮޑު މަގުގައެވެ. މުޒާހަރާގެ ބައިވެރިންވަނީ ކުރީގެ ރައީސް އަދި އެމް.ޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެހެނިހެން ވެސް ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް ގޮވާ އަޑު އުފުލާފައެވެ.

މިރޭގެ ޖަލްސާގައި އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތިންގެ މަޖިލީހުގެ މެންބަރުންނައި، އައްޑުސިޓީ ކައުންސިލާއި އެމްޑީޕީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިރޭގެ ޖަލްސާއަށްފަހު މުޒާހަރާއެއްކޮށްފައިވެއެވެ.

އެމްޑީޕީގެ ފަރާތުން މިއަދު ހަވީރު މާލޭގައި ބޭއްވުނު މުޒާހަރާގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ރައީސް ނަޝީދު ރިހީނު ކޮށްގެން ނުގެންގުޅެ ވަގުތުން ދޫކޮށްލުމަށް ގޮވާހަދާފައިވެއެވެ.