ލީޑާރޝިޕްގެ ފަރާތުން ނ އަތޮޅުގެ ކައުންސިލަރުންނާއި ގުޅައި ރައްޔިތުންގެ ހާލުއަހުވާލު އޮޅުންފިލުވައިފި

CO2kZzXUcAE8nZH

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑާރޝިޕްގެ ފަރާތުން ނ އަތޮޅުގެ ކައުންސިލަރުންނާއި ފޯންކޮންފަރރެންސް މެދުވެރިކޮށް ގުޅައި އެ އަތޮޅުގެ ރައްޔިތުންގެ ހާލުއަހުވާލު އޮޅުންފިލުވައިފިއެވެ. އެމް.ޑީ.ޕިގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އަދި ޗެއާރޕާރސަންގެ ނައިބު ނ އަތޮޅުގެ ކައުންސިލަރުންނާއި ގުޅައި ފޯންކޮންފަރރެންސްގައި 40 މިނިޓް ވަރު ވަނީ ހޭދަކުރަށްވާފައެވެ.

މި ފޯންކޮންފަރރެންސްގެ ޒަރީއާއި ޕާޓީގެ ލީޑާރޝިޕްގެ ފަރާތުން ނ އަތޮޅުގެ އެކި އެކި ކައުންސިލަރުންގެ އަރިހުން ރަށުގެ ހާލަތާއި ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުންފިލުވާ ރައްޔިތުންގެ ހާލުވަނީ އަހާއޮޅުންފިލުވައިފައެވެ. އަދި ރަށްރަށުގައި އެމް.ޑީ.ޕީގެ ހަރަކާތްތަކާއި ބެހޭ މައުލޫމާތުވެސް ވަނީ އޮޅުންފިލުވާފައެވެ. ލީޑާރޝިޕްގެ ފަރާތުން ރާއްޖޭގެ ހުރިހާ އަތޮޅު ތަކުގެ ތެރެއިން ކޮންމެ ހަފްތާއަކުވެސް ދަނީ ވަކި އަތޮޅުތަކަކަށް ފޯންކޮންފަރރެންސް މެދުވެރިކޮށް ގުޅަމުންނެވެ.