ސިޔާސީ އިދިކޮޅު ހަރަކާތްތަށް ހިންގުމަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން ކީއްވެބާ؟

0_1382902736fdd_news

ދިވެހި ރާއްޖޭގެ އެންމެ ބޮޑު އިނދިކޮޅު ސިޔާސީ ޕާޓީ އަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް ދައުރެއް ޑިމޮކްރެޓިކް ވެއްޓެއްގައި އަދާކުރަންޖެހޭ ފަރާތަކީވެސް މިވަގުތު އެމް.ޑީ.ޕީ އާއި އެހެނިހެން ސިޔާސީ އިނދިކޮޅު ޕާޓީތަކުންނެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އިނދިކޮޅު ސިޔާސީ ހަރަކާތް ހިންގުމަކީ އެއްގޮތަކަށްވެސް މުޖުތަމައު ބަލައިގަންނަކަމެއް ނޫންކަމުގެ ދަޅަ ދެއްކުމަށްފަހު ސިޔާސީ ޕާޓީތަކަށް އެކި އެކި ފިއްތުންތަށް ދަނީ ކުރިމަތިކުރުވަމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ ކަމަކަށް ބަލާލާނަމަ މިދިޔަ އޯގަސްޓު މަހުގެ 27 ވަނަ ދުވަހު އެމްޑީޕީން އާރޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެއްސި ޖަލްސާއަށް ހުރަސް އެޅުމުގެ ގޮތުން ވަނީ އާރޓިފިޝަލް ބީޗުގެ މެދުގައި ހަދާފައިވާ ސްކޭޓިންގް ބުރު ވަށާ ސަތަރި ޖަހާ ބަންދުކޮށްފައެވެ.

މި އުނދަގޫތަކާއި އެކުވެސް އެމް.ޑީ.ޕީން ވަނީ 27 ވަނަދުވަހުގެ ރޭ ޖަލްސާ ބާއްވާފައެވެ. ހަމަ އެފަދައިން މަސް ދުވަސް ކުރިން ޖަލްސާ ބޭއްވުމަށް ތަނެއް ހޯދުމަށް ހައުސިންގ މިނިސްޓްރީން އެދުނުކަމުގައި ވީ ނަމަވެސް ޖަލްސާ ފެށުމާއި ހަމަޔަށްވެސް ޖަވާބެއް ނުލިބިވެސް ހިނގައިދާނެއެވެ. ސަރުކާރުގެ އިދާރާއެއްގެ ޒިންމާ އެންމެ ރަނގަޅުގޮތުގައި އަދާކުރާކަމަށް ބެލެވިދާނެތޯއެވެ؟ ޤައުމެއްގެ ޑިމޮކްރަސީ ހަރުދަނާވެ ދާނީ މުޖުތަމައުގެ ކަންކަން ހުރިނެތް ގޮތެއްގެ މަތިން ހިންގޭ ސިޔާސީ ހަރަކާތުންނެވެ. ތިމާއަށް ތިމާގެ އައިބެއް ނުފެންނަ ބީދައިން ސަރުކާރާށް ސަރުކާރުގެ ތެރޭގައި ހިނގާ ނޭތްގާނީ ކަންކަމެއް ގިނަ ފަހަރު ނުފެންނާނެއެވެ.

އިނދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ ސަރުކާރަށް މުޖުތަމައުގެ ބޭނުންތަށް ނުވިސްނޭނަމަ ވިސްނައިދެވޭނެ ހަމައެކަނި މަގަކީ ސިޔާސީ ހަރަކާތްތަކާއި އިހްތިޖާޖްތަކުންނެވެ.