mdp_banner

Friday, September 4, 2015

އެމްޑީޕީ ބަލިކުރެވޭނެ ސިޔާސީ ފިކުރެއް އަދި ޕާޓީއެއްވެސް ރާއްޖޭގައި ނެތް: ޝިފާޒް

ދިވެހި ރައްޔިތުންޣެ ޑިމޮކްރެޓިކް ޕާޓީގެ ނައިބު ރައީށް މުޙައްމަދު ޝިފާޒް މިރޭގެ ޖަލްސާގައި ވިދާޅުވީ ރައީސް ޔާމީންއަށް ފާޑު ވިދާޅުވެ އެފަދަ ވާހަކަތައް ދެއްކުމުން ހުރިހާ ސިޔާސީ ފަރާތްތަކެއް ޓެރަރިސްޓުންނަށް ހެއްދެވުމުގެ ވިސްނުން ގެންގުޅުއްވާނަމަ ރައީސް ޔާމިން އެކަން ކުރައްވަންވީ ކަމަށެވެ. ޝިފާޒް ވިދާޅުވީ އަމިއްލަ މަޤާމެއްގެ ދަހިވެތިކަމުގައި ރާއްޖޭގެ ރައްޔިތުން ނިކަމެތި ކޮށްލެވިގެން ނުވާނެ ކަމަށެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސިޔާސީ ޙަރަކާތްތައް ދެން މަޑުކޮށްލަ ދިނުމަށް ސަރުކާރުން އެދިގެން ނުވާނެ ކަމަށެވެ. އަދި އެމްޑީޕީ ބަލިކުރެވޭނެ ސިޔާސީ ފިކުރެއް އަދި ޕާޓީއެއްވެސް ރާއްޖޭގައި ނެތް ކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ޖަލުގައި ހުންނަވާ ކޮންމެ ދުވަހަކު އެމްޑީޕީގެ މެންބަރުން އެމަނިކުފާން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ދުވަހެއްކަމުގައިވެސް ދެންނެވިއެވެ.

އެމްޑީޕީގެ ޗެއާރޕާރސަނގެ ނައިބް އަލީ ނިޔާޒްގެ ވާހަކަފުޅުގައި ރައީސް ޔާމީންގެ އެއްފަސް ކުރުމުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުން ހުޅުމާލެއަށް ބަދަލުކުރުން ކަމަށެވެ. ހަމައެފަދައިން ރައީސް މައުމޫން އެއްފަސްކުރުގެ ސިޔާސަތުގެ ދަށުން ހިންގެވި ޕްރޮޖެކްޓްތަކުން ، އެއްފަސް ކުރެވިފައި ނުވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި މިއަދުގެ ސަރުކާރުގެ އަމަލުތަކުން ނިކަމެތިން ތިބީ ނިކަމެތިކަންމަތީގައެވެ.

އަދި އަބްދުﷲ ޝާހިދުގެ ވާހަކަފުޅުގައި ފުވައްމުލަކު ރައްޔިތުންނަކީ ނަމޫނާ ރައްޔިތުންތަކެއް ދިރިއުޅޫ ރަށެއް ، ފުވައްމުލަކުގެ ރައްޔިތުންގެ ސަބަބުން އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތް އަމާން ބަދަރަކަށް ދެވޭނެކަމަށާއި ރައީސް ނަޝީދު ޖަލުގައި އެ ހުންނަވަނީ އަޅުގަނޑުމެންގެ ހައްގުގައި، އަޅުގަނޑުމެން މިއަދު މި ވަނީ ހިތްދަތިކަމެއްގެ ތެރޭގައި އެހެންނަމަވެސް ހިތް ދަތިކަން ފަހަނަ އަޅާ އަޅުގަނޑުމެން ކުރިއަށް ދާނެކަމަށެވެ.

No Comments »

No comments yet.

Leave a comment