އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަވަހާރަވުމުގެ ހިތާމައިގައި ތަޢުޒިޔާ ދެންނެވުން

އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ އާލާސްކަންފުޅަށް އިންޑިއާގައި ފަރުވާ ލިބިވަޑައިގަންނަވަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި އަވަހާރަވެފައިވާތީ، އެކަމުގެ ހިތާމައިގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އިން ބައިވެރިވަމެވެ.

އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ ދިވެހި ދައުލަތުގެ ވަރަށް ގިނަ އިސް މަޤާމުތަކެއް ދިގު މުއްދަތަކަށް އަދާކުރައްވައި، ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަވަހާރަމުމުގެ ހިތާމައިގައި އެ މަރުޙޫމުގެ އާއިލާ އަށް ހަމްދަރުދީ އާއި ތަޢުޒިޔާ އަރިސްކުރަމެވެ. އަދި އެ މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް ދުޢާ ދަންނަވަމެވެ. އާމީން!

ބަޔާން ނެރުނީ : އެމްޑީޕީގެ ސެކްރެޓޭރިއަޓް
18 އޯގަސްޓު 2015