ޤާނޫން އަސާސީގެ މަހްފޫމްތައް ނެގެހެއްޓޭނެ ފަޑިޔާރުން ތިބެގެން މެނުވީ ފަނޑިޔާރުގެ އިސްލާހެއް ނުކުރެވޭނެ

CIC3ShuUkAA2mr4

ރާއްޖޭގެ އަދުލް އިންސާފުގެ ނިޒާމް ރަނގަޅުކުރަނީ ނަމަ ފުރަތަމަ ވެސް، ޤާނޫނުއަސާސީގައި ބުނާ މަފްހޫމްތައް ނެގެހެއްޓޭވަރުގެ ފަނޑިޔާރުން ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގައި ތިބުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ގަބޫލްކުރެއްވެން އެބަ ޖެހޭ ކަމަށާއި، ފަންޑިޔާރުންގެ އަޚުލާގީ އަދި ސުލޫކި މިންގަނޑުތައް ޤާނޫނު އަސާސީ ބުނާ މިންގަނޑަށް ފެތެން ޖެހޭކަމަށާއި، މި ރާއްޖޭގެ ފަނޑިޔާރުގޭގައި ގޯސްތަކެއް އެބަ ހުރިކަމަށް ޖުމްލަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އަށް ޤަބޫލުކުރެއްވިގެން މެނުވީ އިންސާފްވެރި އަދުލުގެ ނިޒާމެއް މިރާއްޖެއަށް ނުހޯދޭނޭ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސްޕޯކްސްޕާރސަން އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާއި އެކުގައި ތަފާތު މުއާމަލާތްތައް ކުރަންޖެހޭނީ ރަނގަޅު އިންސާފްވެރި ފަނޑިޔާރުގެއެއް މި ޤައުމުގައި ޤާއިމްކުރުމަށް ފަހުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އިމްތިޔާޒް ފަހުމީގެ ވިދާޅުވިއެވެ.