ޕާޓީ ޓޯކްސްގައި ޝެއިޙް އިމްރާން އާއީ ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމްގެ އިތުރުން 1700 ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ހުށަހެޅުނު

medium_57753

ހަމައެކަނި ރައީސް ނަޝީދު މިނިވަން ކުރުމެއް ނޫން ކަމަށާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދުމަށް ބޮޑު ޤުރުބާނީއެއް ވެލެއްވި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާންވެސް އެހުރީ ޖަލުގައިކަން ފާހަގަ ކުރައްވަމުން އެމްޑީޕީގެ ޑެޕިއުޓީ ޝެއާރޕާރސަން އަލީ ނިޔާޒް ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމަށް ވެސް ނާއިންސާފުން ޝަރީއަތެއްކޮށް ނުހައްޤުން ޖަލަށް ލާފައިވާތީ އެމަނިކުފާނު ވެސް ސަލާމަތް ކުރުމަށް ޕާޓީ ޓޯކްސްއަށް ދިޔައިރުގައި އެޖެންޑާގައި އެކަން އޮތް. ‘ސަރުކާރަށް ހުށަހެޅިންވެސްމެ. އަދި ސަރުކާރުން އެކަމަށް އެއްބަސްވެސްވި. އަދި ފެބްރުއަރީ 7 ން ފެށިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި 1700 އަށް ވުރެ ގިނަ ރައްޔިތުންގެ ލިސްޓް ފޮނުވިން. އެލިސްޓު ބަލާ އެމީހުން މިނިވަން ކުރެވޭނޭ ގޮތްތައް ހިއްސާ ކުރަމުން ދިޔަ.” ނިޔާޒް ވިދާޅުވިއެވެ..

ނިޔާޒް ވިދާޅުވީ ވާހަކަތަކަށް ދިޔަ އެންމެބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ޝަރުޢީ ނިޒާމް ރަނގަޅު ކުރުން ކަމަށާއި ރާއްޖޭގެ ޝަރުޢީ ނިޒާމަށް ގެންނަން ފެންނަ 21 އިސްލާހެއް ހުށަހެޅުއްވި ކަމަށެވެ. އަދި ހުރިހާ ކަމަކާއެކީގައި ސަރުކާރާ ވާހަކަ ދައްކަމުން ދިޔައީ އަދި ސަރުކާރުން އެދޭ ކަންތައްތަކަށް އެއްބަސްވަމުން ދިޔައީ އެއްވެސް ހާލެއްގައި ވަކި ފަރުދަކު ނުވަތަ އެންމެ މީހެއްގެ މިނިވަން ކަމަކަށް ނޫން ކަމަށެވެ.